އޭސީސީގެ ރައީސް ޝާމިލް "މިހާރު"އާ ވާހަކަ ދައްކަވަނީ: އެ ކޮމިޝަނުން އެންމެ އިސްކަމެއް ދެނީ ގެއްލުނު ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ޑިސެމްބަރ 2022 - 13:08
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެ ނޫން ވެސް ބޮޑެތި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ރިކަވާ ކުރެވޭނެ ނިޒާމެއް ދެނެގަނެވިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެކި މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދާނެ އެކަށީގެންވާ ނިޒާމެއް ރާއްޖޭގައި މިހާތަނަށް އެކުލަވާލައިފައެއް ނުވެ އެވެ. މިއީ, މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް, އެމްއެމްޕީއާރުސީ މެދުވެރިކޮށް ގެއްލުވާލި ފައިސާ ދައުލަތަށް ހޯދަން ބެލިއިރު ވެސް ކުރިމަތިވި ގޮންޖެހުމެކެވެ.
އޭސީސީ އާއި އޮޓިޑް އޮފީހުން ވެސް މިހާތަނަށް ބެލި މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުހޯދި އެބަހުއްޓެވެ. ފައިސާ ދައްކަން މުއައްސަސާތަކުން އަންގާފައި އޮތަސް އެ ފައިސާ ނުދައްކަ އެވެ.
އޭސީސީން ބުނި ގޮތުގައި މިހާރުގެ ކޮމިޝަނުގެ މެމްބަރުން ހަވާލުވެ، އެންމެ އިސްކަމެއްގެ ގޮތުގައި މަސައްކަތްކުރީ އެސެޓް ރިކަވާ ކުރެވޭނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށެވެ. މުއައްސަސާތަކާ އެކު ކުރި މަސައްކަތުން އެ މަގު ދެނެގަނެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ކޮމިޝަންގެ ރައީސް އާދަމް ޝާމިލް "މިހާރު" އަށް މިދިޔަ ހަފުތާގައި ވިދާޅުވީ، ކުށްކުރުމުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދޭނެ ގޮތްތަކެއް މީގެ ކުރިން ވެސް އެކި ދިމާތަކުގައި ކަނޑައެޅިފައި އޮންނަ ކަމަށެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ނެތީ ފައިސާ އާއި މުދާ ރިކަވާ ކުރާނެ ވަށައިޖެހޭނެ ފުރިހަމަ ނިޒާމެއް ކަމަށް ވިދާޅުވި އެވެ. އެއީ ކުށްކުރަން ބޭނުންކުރި ފައިސާ އާއި ކުށް ކޮށްގެން ހޯދި ފައިސާ ދައުލަތަށް ނެގޭނެ ގޮތުގެ އޮނިގަނޑެކެވެ.
"އެއާއެކު ކުށްކޮށްގެން ހޯދާފައިވާ ފައިސާއާ މުދާ މަދަނީ މިންގަނޑުން ސާބިތުކޮށްފައި، ދައުލަތުން ގެއްލުނު ފައިސާ އާއި މުދާ އަނބުރާ ދައުލަތަށް ރުޖޫއަ ކުރުމުގެ ނިޒާމް ރާއްޖޭގައި ނެތް ކަޅާއި ހުދުން ލިޔެވިފައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭސީސީން މުއައްސަސާތަކާ އެކު ކުރި މަސައްކަތުން ތައްޔާރުވެ ނިމިފައި މިއޮތީ މި ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވީ ކިހިނެއްކަން. ގުޅުން ހުރި މުއައްސަސާތަކާ އެއްކޮށް ފަހު ބައްދަލުވުން ދެން ބާއްވާނީ. އެއީ ޓައިމްލައިނެއް ކަނޑައަޅަން."
އޭސީސީގެ ރައީސް ޝާމިލް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭސީސީން މަސައްކަތާ ހަވާލުވި އިރު އެސެޓް ރިކަވާކުރާނެ އެދެވޭ ރަނގަޅު މަގެއް ނެތަސް ނިޒާމުގައި ހުރި މައްސަލަތަކާއި ދޯހަޅިކަންތައްތަކާއި ނިޒާމު ރަނގަޅު ކުރަން ޖެހޭ ކަންކަމަށް މަސައްކަތްތައް އޮތީ ނުކުރެވި ކަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން ދައުލަތަށް ގެއްލުނު ފައިސާ ރާއްޖެ އިން ބޭރުގައި ހުރި ކަމަށް ވެސް ތުހުމަތުކުރެ އެވެ. ރާއްޖެ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ މުއާހަދާގައި ބައިވެރިވެފަ އެވެ. އެ މުއާހަދާގައި އެސެޓް ރިކަވަރީ ވެސް ހިމެނޭއިރު ބައިވެރިންގެ މެދުގައި އެއްކޮށް މަސައްކަތްކުރަން ޖެހޭނެ ގޮތްތަކެއް ވަނީ އެކަށައަޅައިފަ އެވެ.
ރާއްޖޭގެ ގާނޫނީ ނިޒާމު އޮތް ގޮތުން ރާއްޖެއާ އެއްކޮށް މަސައްކަތްކުރާނެ ގައުމުތަކެއް ކަނޑައަޅަން ޖެހެ އެވެ. މި ބައިވެރިވުމާ އެކު ގައުމުތަކާ ގުޅިގެން ވެސް ރަނގަޅު ހައްލުތަކެއް ހޯދަން އޭސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ ކޮމިޝަނުން މިހާތަނަށް ހޯދި ހައްލަކީ ރާއްޖޭގެ އެތެރޭގެ ނިޒާމުގައި ކަންކަން ހަރުދަނާވުމެވެ.
އޭސީސީން ބުނި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ވަރަށް ދުވަސްވީ މައްސަލައަކަށް ވުމާ އެކު ހެކި ހޯދުމުގައި ދިމާވާ ކަންކަމެވެ. އެއާއެކު ވެސް އޭސީސީން މި ތަހުގީގުގެ ސްޕީޑް އަވަސްކޮށްފައިވާ ކަމަށާއި ނަތީޖާ ވެސް ފެންނާނެ ކަމަށް ވިދާޅުވި އެވެ. ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެފައިވާ ކަމެވެ. އޭސީސީން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށެވެ. އެމްއެމްޕީއާރުސީން ގެއްލުނު ފައިސާގެ ތެރެއިން ބޮޑެތި އަދަދުތަކެއް ދައުލަތަށް ހޯދަން ޖެހިފައިވާކަމަށް އޭސީސީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު..
04 December 2022
ރައްޔިތުންނަށް މަސައްކަތެއް ކޮށްނުދީ ނަހަލާލު މުސާރަ ނަގައިގެން އަނބިދަރިންނަށް ކާންދޭ މީހުން ގިނައީ. މަރު ހަދާންނުވެ ހަލާލު ނޫން ގޮތުގައި މުދަލާއި ފައިސާ ހޯދައިގެން ހަރާމް ކަންކަން ކުރަން ދުނިޔޭގައި ގިނަދުވަހު ހުރުމުގެ ވިސްނުން ގިނަމީހުން ގެ ހުންނަނީ. ވިސްނުމެއްނެތި މުދަލާ ފައިސާ އަށް ވޯޓް ވިއްކާ ނަޒާހަތްތެރިކަމެއްނެތް އަމިއްލައެދުން ބޮޑު ނާގާބިލު ބަޔަކާއި ގައުމުގެ ކަންކަން ކުރަން ހަވާލުކުރީމާ ވާނެގޮތް ފެންނަމުން މިދަނީ.
ހުސްއަނގަ
03 December 2022
އެމްޑީޕީ 2008ގަ އެމްޑީޕީވެރިކަމައްއައިސް އެންމެފުރަތަމަ ރައީސްކަމުގެހުވާކޮއްފަ 2 ވަނަޔައްކުރިކަމަކީ ބޭސްގެންނަން ސިއުނާއައް 12މިލިއަންރުފިޔާ ދިނުމެވެ.ކޮބައިތޯ ބޭސް ކޮބައިތޯފައިސާމިހާރުަ އަދިކިރިޔާ ހިންމަފުށީގާއެބޭސްބަލާދާބޯޓުގެ އޮނިގަނޑުބަނދެނިމުނީމިހާރުމިކަންދެނެހުރި ހަނދާންހުރިމީހެއްއަންނިއާ,ސިއުނާ ނޫނީއެބަހުރިބަާ?އަބަދުވެސްދައްކަނީވެންޓިލޭޓަރުގެވާހަކަ!!
އޭސީ
03 December 2022
ތިޔަތަނަކަށް އެެއްވެސް އިތުބާރެއް ނެތް
ލީލާ.
03 December 2022
ރީކޯމޫސަ އާއި މަވޯޓާ ދައުލަތަށް ދައްކަން ޖެހޭ ބައި ހޯދާއިފިއްޔާ މަބުނާނަން މޮޅޭ
އަންގުރަސިއްޓޭ
02 December 2022
ހެހޭ. މޮޅު ވާހަކައެއް ބުނެލީ. ކުރެވުނު ކަމެއް، ހޯދުނު އެއްޗެއް ނެތީމަ ތިބެފަ މިކަހަލަ މޮޅު ވާހަކައެއް ބުނެލީމަ ދެން ރައްޔިތުން ހީކުރަންވީތަ ލައްކައެކޭ. ތިބޭކަލުންގެ މުސާރައަށް އެތައް ބިލިޔަން ރުފިޔާ ޚަރަދު ވެއްޖެ. ހޯދުނު އެންމެ ލޯ ލާރިއެއްވެސް ނެތް. މޮޅު ވާހަކަ ނުދައްކަވާ.
ބަރުބާދު
02 December 2022
އޭސީސީ ބޭކާރުބައެއް. އަބަދުވެސް ނިމުނު ސަރުކާރުގެ ބިތުން ފަންގިނުނެގިގެން، ކެޔޮކޭވަރު ނޭނގިގެން... ނުނިމި އޮތް ސަރުކާރުގަ ބޮޑެތި ކެޔޮގަނޑުތައް ރޯމާދުވާލު ކަމުންދާއިރު ދެލޯމަރައިގެން މުސާރަ ކާލަކާލާ.
ދޮންކަލޮ
02 December 2022
ކިހިނަކުން މަގެއް ފެނުނަސް ހިނގާނީ . ސަރުކާރުގަވެސް އިދިކޮޅުގަވެސް ހުސް ދަބަސް އުފުލި މީހުން.
އަހުމަދު މުހައްމަދު އަލީ
02 December 2022
ބޭރުގަ ހުރިހާ ފައިސާ އެެއް ހުރީ . ޢެކަމު އެޔެއް ނުހޯދޭނެ އެގައުމު ތަކުގެ ސަރުކާރުގެ އެއްބާރު ލުން ނުލިބި އެއް. މިގޮތުން ފައިސާ ހުންނަނީ ސިންގަޕޫރު ، ޝީޝެލްސް ، ޕެނަމާ ފަދަ ތަންތަނުގަ އޯފްޝޯ ކޮމްޕެނީ ތައް ހުޅުވާ އެޔަށް ލާފަ. ފައިސާ ދޮންނަން ކުރާ ކަމަކީ މިތާ އެކި ވިޔަފާރި ތަކަށް އިންވެސްޓް ކުރަނީ.
ޝަބާނާ
02 December 2022
ދިވެހިން ހާދަރުޅިއައިސްގެން ކޮމަމްޓުކޮއްފަ މިހިރީ މީހަމަ ދިވެހިންގެ ނުވިސްނޭކަމުން ހޮވާ ނާގާބިލު ސަރުކާރުގެ ސަބަބުން ދިމާވާ މައްސަލަ ޔާމިނުފަދަ އިލްމީގާބިލު ވެރިޔަކު ދެންވެސް ހޮވާބަލަ އޭރުން މިކަންކުރި މީހުން ތިބޭނީޖަލުގަ އެވަރިހަމަ ކޮންމެ މީހެއްވިޔަސް މިކަން ހަޖަމުނުވެގެން އިންސާފޭކިޔާފަ ނިކުމެ މިކުޅޭ ކުޅުން ވަރައްހަޑި
ޗަމަރު
02 December 2022
ތިބުނާ އިލްމީގާބިލު ބެރިޔަކު ހުރިސަރުކާރެއްގައި މިހުރިހާކަމެއް ހިގީ. ދެން ކިހިނެއްތޯ ހަދަންވީ؟
ރަށުޕިކަޕް
02 December 2022
އަނިޔާވެރިކަމާއި ވައްކަން ހައްދުފަހަނައަޅާ ގޮސް ބޭރު ދުނިޔެއާ ގުޅުން ކަނޑާލާ އެކަނިވެރި ގައުމަކަށް ހަދާލީމަވެސް ހޮވަންވީތަ؟ ނުވާނެ ތިކަމެއް.
ޙަބީބު.
02 December 2022
ކޮބާ 12 މިލިޔަން ރުފިޔާ އެކަންހޯދުމައް މީގެކުރިން އެކުލަވާލި ކޮމިޝަނައް ހަރަދުކުރި މިހިރީ މިމީހުން ސަރުކާރާ ގުޅިގެން ހަޒާނާލޫޓުވާގޮތްގޮތް