ޚަބަރު / ހައުސިން މިނިސްޓްރީ

ދޮންމަނިކު ސްކައިވިއު ހުސްކުރަން އެންގި އެންގުން އަނބުރާ ގެންގޮސްފި

ހައުސިން މިނިސްޓްރީން ހުސްކުރަން އެންގި ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓް: އެތަން ހުސްކުރަން އެންގީ އެގްރިމަންޓާ ހިލާފަށް ކަމަށް ބުނޭ.

އަލިމަސް ކާނިވަލުގައި ކުރިން ސްލޭމް ފުޑް ކޯޓު ހުރި ތަނުގައި ހިންގާ "ދޮންމަނިކު ސްކައިވިއު" ރެސްޓޯރަންޓް ހުސްކުރަން ހައުސިން މިނިސްޓްރީން ރޭ އެންގުމަށް ފަހު، އެ އެންގުން އަނބުރާ ގެންގޮސްފި އެވެ.

އެ ރެސްޓޯރަންޓް ހުސްކުރަން ރޭ އެންގިއިރު، މާލޭ ސިޓީ ކައުންސިލާ އެކު ވެފައިވާ ދިހަ އަހަރުގެ އެއްބަސްވުމެއް އެބައޮތް ކަމަށް އެތަނުން ބުންޏެވެ.

ދޮންމަނިކު ސްކައިވިއު ހިންގާ އިމާރާތުގައި ހުރި ތަންތަނުގެ ތެރެއިން ހައުސިން މިނިސްޓްރީން ހުސްކުރަނީ އެތަން ކުރިން ކުއްޔަށް ހިފި މ. ވިލާދޮށުގެ، އަސްލަމް ރަޝީދުގެ ބެލުމުގެ ދަށުގައި ހުރި ތަންތަނެވެ.

ދޮންމަނިކު ސްކައިވިއު ހިންގާ ހާމިދު އަފީފް "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ރެސްޓޯރަންޓް ހިންގާ ތަން ހައުސިން މިނިސްޓްރީން ހުސްކުރަން އެންގީ ސަރުކާރާއެކު 2012 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ތަންފީޒުނުކޮށް ކަމަށެވެ. ނަމަވެސް އެތަން ހުސްކުރަން އެންގި އެންގުން އަނބުރާ ގެންގޮސް މައްސަލަ ހައްލުކުރަން ދެ ފަރާތުން ވާހަކަތައް ފެށުމަށް ދައުވަތުދީފައިވާ ކަމަށް ހާމިދު ވިދާޅުވި އެވެ.

ކާނިވަލް ހުންނަ ސްލޭމް ފުޑް ކޯޓު ކުރިން ހުރި ތަން ހުސްކުރަމުންދާއިރު ފުލުހުން އެތަނުގެ ބޭރުގައި ފުލުހުންގެ ބަޔަކު މިއަދު މަޑުކޮށްލައިގެން.

"މި އިމާރާތަކީ އަޅުގަނޑު ބިޑްކޮށް ކާމިޔާބުކޮށްފައިވާ ތަނެއް. ނަމަވެސް މިތަން ސަރުކާރުން ހަވާލުނުކޮށް މިހާ ދުވަސްވުމަށްފަހު ކުއްލިއަކަށް ހުސްކުރަން އެންގި ސަބަބެއް ނޭނގެ. މިތަން އަޅުގަނޑާ ހަވާލުކުރަން ކޯޓުން ވެސް އަމުރުކޮށްފައި އެބަ އޮތް. މިތަން ހުސްކުރަން ހައުސިންއަކަށް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.

ހާމިދު ވިދާޅުވީ 152 މީހުންގެ ޖާގައިގެ ރެސްޓޯރަންޓް ހުސްކުރަން ހައުސިން މިނިސްޓްރީން ރޭ އެންގި ކަމަށެވެ. ނަމަވެސް ސައްހަ އެގްރިމަންޓެއް އޮއްވައި އެތަން ހުސްކުރެވޭނީ ކޯޓު އަމުރަކުން ކަމަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހިނގަ ހިނގާ ހުރި ރެސްޓޯރަންޓެއް ކުއްލިއަކަށް ބަންދުކުރަން އެންގިއިރު މިތަނުގެ ފަރާތުން ދައްކަން ޖެހޭ ފައިސާ ބަރާބަރަށް ދައްކަމުންމިދަނީ. އަނެއްކާ ކޯޓުން އަމުރުކޮށްފައި އެބައޮތް އެގްރިމަންޓަށް އިހުތިރާމްކުރުމަށާއި ހައުސިން މިނިސްޓްރީން ވާހަކަދައްކައިގެން ދެ ފަރާތުން މައްސަލަ ހައްލުކުރަން. ނަމަވެސް މިހާތަނަށް އަޅުގަނޑާ ތަނެއް ހަވާލެއް ނުކުރޭ،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެސްޓޯރަންޓް ކުއްލިއަކަށް ބަންދުކުރަން ޖެހުމުން އެތައް ބައެއް ވަޒީފާ ގެއްލި، މާލީ ގޮތުން ފޫނުބެދޭވަރުގެ ގެއްލުމަކާ ކުރިމަތިވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ސަރުކާރުން ވިޔަފާރިވެރިއަކަށް ގެއްލުންވާނެ ގޮތަކަށް އަމަލުނުކުރާނެ ކަމަށް. އަދި އަޅުގަނޑު އެދުނު ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން މިހާރު މިވަނީ ވިސްނުން ބަދަލުކޮށްފައި،" ހާމިދު ވިދާޅުވި އެވެ.

ދޮންމަނިކު ސްކައިވިއު ހިންގާ ތަން ހުސްކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ބިން އަސްލަމް ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާތީ އެ ބިން ހުސްކުރަން ނޯޓިސް ދިނުމަށްފަހު ހުސްކުރަމުން އަންނަ ކަމަށެވެ. އަދި އަސްލަމް ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ ބިމުން ބައެއް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ނަމަ އެ ބައެއް ވެސް ހުސްކޮށް، އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީން ހުސްކުރަން އެންގި ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓް: އެތަން ހުސްކުރަން އެންގީ އެގްރިމަންޓާ ހިލާފަށް ކަމަށް ބުނޭ.

ހާމިދު ވިދާޅުވީ އަސްލަމް އެތަން ގަވައިދާ ހިލާފަށް ބޭނުންކުރަމުން ދިއުމަކީ، އެ ރެސްޓޯރަންޓް ހުސްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެތަން ހައުސިންއަށް ހަވާލުނުކުރެވިގެން އުޅެނީ އެއްވެސް ފަރާތަކުން އެންގި އެންގުމަށް އަސްލަމް އަމަލުކުރަމުންނުދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ މިވަގުތު ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.

3 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 11%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބްދުﷲނާފިޒު

12 January 2017

އެހެންވީމަ ތިހުރިހާ ފަރާތްތަކަށްވުރެ "ދޮންމަނިކު" މާ ބާރުގަދަ ވެއްޖެތާ ދެއްތޮ.

The name is already taken The name is available. Register?

ދޮންމަނިކު

12 January 2017

އަޞުލު ތިޔަ ކާނިވަލްގައި ހަދާފައިވާ ހުރިހާ ކާތަންތަނެއް ނަގާ މީހުން ހިތްއުފާކޮށްލާނެ މައިޒާނެއ ހެދުން މާރަނގަޅު. ދިވެހިންގެ ނަމުގައި ނަގައިގެން މުޅި ތަން މެނޭޖްކުރަނީ ބިދޭސީން. ދިވެހިމީހާއަށް ދެނީ ކޮންމެވެސް އެއްޗެއް. ދެން އެތައް ބައެއްގެ ވަޒީގާ ގެއްލޭނޭ ބުނިއިރު ތިޔަތާގައި މުޅިންވެސް އުޅެނީ ބިދޭސީ މުވައްޒަފުން. ދިވެއްސަކަށް ބޮޑު މުސާރަ ދީފައި ނުގެންގުޅޭ.

The name is already taken The name is available. Register?

ބޫންބޫން

12 January 2017

ބޮޑުތަކުރުފާނު މަގު ބަންދުކުރުމުން މުޅިމާލޭ ޓްރެފިކް ހުއްޓޭ. އެކަމަކު ދޮންމަނިކު ސްކައިވިއު ހުއްޓމުން އަހަރެމެން މާލޭގައި އަވަދިނެތި އުޅޭމީހުނަށް ވާނެ އުދަގުލެއްނެތް. ވަރަށް ސަލާމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454