ކޮކޯ ޝީކް. މި ތަނުގައި ގިނަ ހިދުމަތްތަކެއް ލިބޭ ބިއުޓީ ސެލޫނަކާއި ބިއުޓީ ކްލިނިކެއް ހުރޭ. -- ފޮޓޯ: ކޮކޯ ޝީކް
06 ޑިސެމްބަރ 2022 - 12:40
ބޮލުން އިސްތަށި ފައިބައި، ބޯ ތަލަވުމަކީ ދެޖިންސުގެ މީހުންނަށް ވެސް ކުރިމަތިވާ މައްސަލައެކެވެ. ރާއްޖޭގައި އެ މައްސަލަ އާއްމުކޮށް ކުރިމަތި ވަނީ ފިރިހެނުންނަށެވެ. އެއީ ވަރަށް ހަގު އުމުރުގައި ވެސް ފިރިހެނުންނާ ކުރިމަތިވާ މައްސަލައަކަށް ވަނީ ވެފަ އެވެ. އިސްތަށި ފޭބުން ހުއްޓުވުމަށް ތަފާތު ފަރުވާތައް މިހާރު ލިބެން ހުއްޓަސް ޖެނެޓިކަލް ނުވަތަ ސިއްހީ މައްސަލައަކާ ގުޅިގެން އިސްތަށި ފައިބާ ފޭބުމަށް އެދެވޭ ހައްލެއް ނުލިބެ އެވެ.
ޖެނެޓިކްސްގެ ސަބަބުން އާއްމުކޮށް ތަލަވުމަށް ދިމާވަނީ އެންޑްރޯ ޖެނެޓިކް އެލޮޕީޝާ ކިޔާ ބައްޔެއްގެ ސަބަބުންނެވެ. ބޮލުގެ ނިއްކުރިއާ ދިމާލުން މެދުން ތަލަވެ އެވެ. ބައެއް މީހުންގެ މުޅި ބޯ ވެސް ތަލަވެ އެވެ. އިސްތަށި ފަޅައި، ހެދިބޮޑުވުމަށް އެއްބާރުލުންދޭ ޑީއެޗްޓީ ހޯމޯން އަށް ޖެނެޓިކަލް ސެންސިޓިވިޓީއެއް އުފެދުމުގެ ސަބަބުން ވެސް ތަލަވުމަށް ދިމާވެ އެވެ. އެ މައްސަލަތަކަށް އެދެވޭ ހައްލެއް ނެތް ނަމަވެސް، ތަލަވުމުން އަލުން އިސްތަށިފަޅުވައިދޭ ޕްރޮސީޖާތައް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވެސް ކާމިޔާބުކަމާ އެކު ހަދަ އެވެ. އޭގެ ތެރެއިން ހެއާ ޓްރާންސްޕްލާންޓަކީ ބޭރު ދުނިޔޭގައި ވެސް ގިނަ ބައެއްގެ މެދުގައި އާއްމު ޕްރޮސީޖާ އެވެ.
އެއީ މީގެ ކުރިން ރާއްޖޭގައި ހެދެން ނެތް ޕްރޮސީޖާއެއް ކަމަށް ވިޔަސް ދާދި ފަހުން އެ ހިދުމަތް ކޮކޯ ޝީކް ކްލިނިކުން ވަނީ ތައާރަފު ކޮށްފަ އެވެ.
ކޮކޯ ޝީކް ކްލިނިކަކީ އެ ފަދަ ގިނަ ބިއުޓީ ޕްރޮސީޖާތަކެއް ތައާރަފުކޮށް، އާއްމުންނަށް ދިމާވެފައިވާ އެ ފަދަ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ފެށި ބިއުޓީ ކުލިނިކެކެވެ.
ހެއާ ޓްރާންސްޕްލާންޓު ތައާރަފުކޮށް އެ ތަނުން ކުރި ޕޯސްޓު.
އެ ކްލިނިކްގައި ހެއާ ޓްރާންސްޕްލާންޓް ހަދައި ދޭން ފެށީ މިދިޔަ މަހު އެވެ. ހިދުމަތް ދެނީ ހަތް އަހަރުގެ ތަޖުރިބާ ހުރި ޑރ. ނިރާޖް ކުމާރު ސިންހަ އެވެ. އޭނާ އަކީ ރަޝިއާގެ ގޮމެލް ސްޓޭޓް އިންސްޓިޓިއުޓުން މެޑިސިން ކިޔަވައިގެން ހުރި ޑޮކްޓަރެކެވެ.
ހެއާ ޓްރާންސްޕްލާންޓު ހަދަން ބޭނުންވާ ކަސްޓަމަރުންނަށް ކޮކޯ ޝީކުން ޑޮކްޓަރަށް ދައްކަން އެޕޮއިންޓުމަންޓެއް ބޭނުން ވާނެ އެވެ. އެޕޮއިންޓްމަންޓް ހަދަން ޖެހެނީ އިސްތަށިގަނޑުގެ ހާލަތާއި އިސްތަށި ފައިބާ ސަބަބު އަދި ސްކަލްޕުގެ ހާލަތު ދެނެގަތުމަށެވެ. އެ އެޕޮއިންޓުމަންޓަށް ފަހު، ލޭގެ ޓެސްޓުތަކެއް ހަދަން ދޭނެ އެވެ. އޭގެ ބޭނުމަކީ، ޓްރާންސްޕްލާންޓު ހެދުމަށް އެ މީހާ ފިޓުތޯ ބެލުމެވެ. އެ ޓެސްޓުތަކަށް ފަހު، އައްސި ކުރުމަށް ދޭ އިންޖެކްޝަނަށް އެލާޖިކުވޭތޯ ބަލައި ހެއާ ޓްރާންސްޕްލާންޓް ސެޝަން ހަމަޖައްސާނެ އެވެ. އެއީ އެއް ސެޝަނުން ނިންމައިލެވޭ ޕްރޮސީޖާ އެކެވެ.
އެންމެ ފުރަތަމަ ޓްރާނސްޕްލާންޓު ކުރި ކަސްޓަމަރުގެ ޕްރޮގްރެސް ފެންނަ ޕޯސްޓެއް.
ހެއާ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ ހެއާ ގްރާފްޓް ނަގާނީ ބޮލުގެ ފަހަތުންނެވެ. ހެއާ ގްރާފްޓަކީ އިސްތަށި އުފެދިފައިވާ ހަންކޮޅުތަކަށް ކިޔާ ނަމެކެވެ. ހެއާ ޕްލާންޓް ހެދުމަށް ބޭނުންވާ ހިސާބުގެ ކައްޓަކުން ކުދިކުދި ލޯވަޅުތަކެއް އަޅައި އެ ލޯވަޅުތަކުގައި އިސްތަށި އިންދާނެ އެވެ. އެ ޕްރޮސީޖާ ކުރިއަށް ގެންދާނީ އައްސި ކޮށްގެންނެވެ.
ޕްރޮސިޖާ ހަދާ އިރު ގްރާފްޓު ނަގާ ސަރަހައްދާއި ޓްރާންސްޕްލާންޓް ބޭނުންވާ ސަރަހައްދު ފަސޭހަވެ، ރަނގަޅުވާން ގިނަ ދުވަހެއް ނުނަގާނެ އެވެ. ހެއާ ޓްރާންސްޕްލާންޓް ކާމިޔާބު ވާނީ، ޑޮކްޓަރުގެ އިރުޝާދާ އެއްކޮށް އަމަލު ކޮށްގެންނެވެ. ފުރަތަމަ ދެ ހަފުތާގައި ބޭކާރު ގޮތުގައި ބޮލުގައި އަތް ނުލުމާއި ހާޓްރޭޓް މަތިވާ ކުޅިވަރުތައް ނުކުޅުން މުހިންމު ވާނެ އެވެ. އަދި ޑޮކްޓަރު ދޭ ބޭސް ގަޑިން ގަޑިއަށް ނަގަން ޖެހޭނެ އެވެ.
ހެލާ ޓްރާންސްޕްލާންޓު ޕްރޮސީޖަރުގެ ތެރެއިން. އެއް ސެޝަނނުން އެ ޕްރޮސީޖާ ފުރިހަމަ ކުރެވޭނެ. -- ފޮޓޯ: ކޮކޯ ޝީކް
ހެއާ ޓްރާންސްޕްލާންޓް ހެއްދުމަށް ފަހު، އޭގެ ނަރީޖާ ފެންނަން ތިން މަހައި ފަސް މަހުގެ މުއްދަތެއް ނަގާނެ އެވެ. އެކަމަކު، އޭގެ އެންމެ ފުރިހަމަ ނަތީޖާ ފެންނާނީ އަހަރެއްހާ ދުވަސް ފަހުންނެވެ. އަހަރަކަށް ފަހު، އިސްތަށި އިންދި ސަރަހައްދުން އިސްތަށިގަނޑު ބޯވެ، ޕްރޮސީޖާގެ "ފުލް އެފެކްޓް" ފެންނާނެ އެވެ.
ކޮކޯ ޝީކް ކްލިނިކަކީ "ކޮންފިޑެންސް ބޫސްޓު" ކުރުމަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރު ކޮށްދޭ ތަނެކެވެ. އެ ތަނުން "ނޮން ސާޖިކަލް އެންހާންސްމަންޓު"ގެ ގިނަ ޕްރޮސީޖާތަކެއް ވެސް ހެދެން ހުރެ އެވެ. އޭގެ ތެރޭގައި، މޫނުގައި ހުންނަ ރޫ ފިލުވުމާއި އަންޑާ-އައި އޭރިއާ ރީތި ކުރުމާއި ނެކް ލިފްޓިން އާއި ޖޯލައިން އެންހާންސްމަންޓާއި ތުންފަތް އިތުރަށް ފުރިހަމަ ކޮށްދޭ ޕްރޮސީޖާތައް ވެސް ހެދެން ހުރެ އެވެ.
ކޮކޯ ޝީކް ކްލިނިކުން އެކި ހިދުމަތްތަކުގެ މައުލޫމާތު އެ ތަނުގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުން ލިބޭނެ އެވެ. އެ ކްލިނިކުން ދެ ޖިންސުގެ މީހުންނަށް ވެސް ހިދުމަތް ދޭނެ އެވެ.
● ނޯޓު: މިއީ ކޮކޯ ޝީކްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިން ވަސީމް
07 December 2022
ހެއަރ ޓްރާންސްޕްލާންޓް ކުރުމަކީ ކާމިޔާބު ކަމެއްނަމަ މިހާރު ދުނިޔޭގައި އަދި ރާއްޖޭގައިވެސް ތަލަމީހަކު ނުހުންނާނެތާ؟ އިންޑިޔާގައި ކޮންމެ 2 ގޯޅި ދޭތެރޭގައި ތިޔަކަހަލަ ކްލިނިކްތައް އެބަހުރި، އެކަމު ތަަލަ މީހުން ގިނައިން ފެންނާނީ
ރަދީފްއޮފިޝަލް
07 December 2022
މަވެސް ބޭނުން.މަ ތަލަ ވެނީ ، މަހުވެއި ބިއްލާހި.ވ.ވެދުން
ދޮންބޭ
06 December 2022
ކޮބާ އާސަންދަ ލިބޭތަ.
ޖަވާދު ޙުސައިން
06 December 2022
ތިޔަ ކަހަލަ ކަންތައް ތަކަކީޞިއްޙީ ގޮތުން ކޮންކަހަލަ ކަމެއްތޯ އެގެންޖެހޭ! އަދި ތިޔަފަދަ ޚިދްމަތެއް ދެވޭނީ ހެލްތް މިނިސްޓްރީ އިން ހުއްދަ ހޯދައިގެން ކަމަށްވާއިރު އެވާހަކަ މި އާޓިކަލްގައި ހިމެނިފައެއްނެތް! އެއީ ޚިދްމަތް ހޯދުމުގައި ބަލަންޖެހޭ ކަމެއް! ރަޝިޔާއިން މެޑިސިން ކިޔެވިދާނެ! އެކަމު ރަޝިޔާގައި އިސްތަށި އިންދާ މީހުނަށް ޚާއްޞަ ކޯހެއް ހިންގާ ކަމެއް އަދި އެގިފައެއް ނެތް! މެޑިކަލް ދާއިރާގައި އުޅޭ މީހެއްގެ ހައިސިއްޔަތުން ދެންނެވި ވާހަކަ އެއް މިީ
ބޮޑު އައްޔަ
07 December 2022
ވަރަށް ބަރާބަރު ވާހަކައެއް
ޑެބީ
06 December 2022
ތަކެތީގެ އަގު ބޮޑުވާ މިފަދަ ޒަމާނެއްގަ މާރަނގަޅެއްނު ތަލަވީމަ. ޝޭމްޕޫގެ ހަރަދާ ބޮލުގަލާ ޖެލްގެ ހަރަދާ ފުނަލުގެ ހަރަދާ ބޯކޮށަން ދާ ހަރަދު ސަލާމަތްވާނެ. އަނެއްކާ އޮފީހަށްދާން ރެޑީވާއިރު ބޮލުގެ އިސްތަށިގަނޑަށް ނުދާނެ ޓައިމެއް.
ހާއިބްރީ
06 December 2022
ފެންދީ ކާނާދީ ބަލައްޓަންޏާ ނަތީޖާ ފެންނާނެ.
ކާއްޑަ
06 December 2022
ކޮބާ އަގު؟ ހިޔެއްނުވޭ އަތުޖެހޭހިސާބުން ތިކަން ކުރެވިދާނެއެކޭ މިރާއްޖެއަކުން.
ތައްޓެ މަހައްތިޔާ
06 December 2022
މަވެސް މިހާރު ތިޔަކަހަލަ ދިރާސާއެއް އެބަކުރަން. އެއީ ކާމިޔާބުވެއްޖެ ނަމަ މުޖައްރިބު ފަރުވާއެއް. ޢޭގަ މަ މިބަލަނީ ހަށިގަނޑަށް އޮޅުވާލައިގެން ފިރިހެނުންގެ ބޮލުން ތަލަވާ ހިސާބު އެއީ ތުނބުޅި ކަމަށް ގަބޫލު ކުރެވޭތޯ. އޭރުން ތުނބުޅި ބާލަންދާ ޚަރަދު ސަލާމަތްވެ ތަލަވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ވެސް ލިބުނީ.