ކުޅިވަރު / ވޯލްޑް ކަޕް 2022

ގަތަރުގައި ނޭމާގެ "ޑަބަލް ރޯލް" ފާޅުވެ އާންމުން އާޝޯހުކޮށްލައިފި

ނޭމާ އަދި އޭނާގެ "ޑަބަލް ރޯލް" ގައި އުޅޭ އޮލިވިއޭރާ

06 ޑިސެމްބަރ 2022 - 19:41

1 comments

ދޯހާ (ޑިސެމްބަރު 6) - ވޯލްޑް ކަޕުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ނޭމާ ޖޫނިއާ އަށް އަނިޔާވުމުން އޭނާ ޓީމުން އެކަހެރި ވެފައި ހުރި ވަގުތު ދެން މަގުތަކަށް ނުކުތީ އޭނާގެ ސިފައި ހުރި "ޑަބަލް ރޯލެވެ."

އެއިގަން އޮލިވިއޭރާ، އޭނާގެ ރައްޓެހިން މުހާތަބު ކުރަނީ "ނޭ ވަންތަ" މީހާގެ ނަމުންނެވެ. ގަތަރުގައި ބްރެޒިލްގެ އަސްލު ނޭމާ އަށް އޮތްވަރުގެ މަގުބޫލު ކަމެއް އޮލިވިއޭރާ އަށް ވެސް މިހާރު ވަނީ ލިބިފަ އެވެ. ނޭމާ އަށް އަނިޔާވެގެން ޓީމާ ދުރުގައި ހުރި ވަގުތު އޮލިވިއޭރޯ އާންމުންގެ ތެރެއަށް ނުކުތުމުން ގިނަ ބަޔަކަށް ހީކުރެވުނީ އަނިޔާގައި ހުރުމުން ބްރެޒިލްގެ ކޭމްޕުން އަސްލު ނޭމާ ނުކުތީ ކަމަށެވެ.

ނޭމާ ކަމަށް ހީކޮށް ސަޕޯޓަރުން އޮލިވިއޭރާ އާއެކު ފޮޓޯ ނަގަނީ

ނޭމާއާ ވައްތަރު މީހާ އާ އަސްލު ނޭމާގެ ތަފާތު ދެނެގަތުމަކީ ހަމަ ހަގީގަތުގައި ވެސް އުނދަގޫވި ކަމެކެވެ. ބްރެޒިލް ޓީމުގެ އައުޓްފީލްޑް ކިޓާއީ ނޭމާ އަޅަކަހަލަ އަވިއައިނެއް އަޅައި ނޭމާ ތުނބުޅި ބަހައްޓާގޮތަށް ތުނބުޅި ބަހައްޓައި ތޮއްޕެއް އެޅުމުން މިއީ އަސްލު ނޭމާ ނޫން ކަމެއް އާންމުންނަކަށް ނޭނގުނެވެ. އޮލިވިއޭރާގެ ގައިގައި ޓެޓޫ ވެސް ޖަހައިފައި ވަނީ ހަމަ ނޭމާގެ ހަށިގަނޑުގައި ޓެޓޫ ވެސް ޖާހަފައިވާ ގޮތަށެވެ.

އޮލިވިއޭރާ

އާންމުންގެ ތެރެއަށް އޮލިވިއޭރާ ނުކުތީ އޭނާގެ ރައްޓެހިންނަށް ވެސް އެހެން ޒިންމާއެއް ހަވާލު ކުރުމަށް ފަހު އެވެ. އޭނާ އާއެކު ފެނުނު ބައެއް ރައްޓެހިން ތިބީ ބްރެޒިލްގެ އޮފިޝަލުން ލާކަހަލަ ކިޓްގަ އެވެ. އަދި އެހެން ފަހަރުތަކުގައި އާންމުންގެ ކުރިމައްޗަށް އޮލިވިއޭރާ ނުކުތީ އޭނާގެ ބައެއް ރައްޓެހިންނަކީ ބޮޑީގާޑުންގެ ގޮތުގައި ބައިތިއްބައިގެންނެވެ. ބޭނުމަކީ ހުރިހާ މާނައެއްގައި ނޭމާ ވަންތަކަން އޭނާގެ ކޮންމެ ހަރަކާތަކުން ހާމަކޮށްދިނުމެވެ.

އޮލިވިއޭރާ "ނޭމާ ވަންތަ ސިފައިގައި" އޭނާގެ ބައެއް ރައްޓެހިން ބޮޑީގާޑުންގެ ގޮތުގައި

ދޯހާގައި ހުންނަ ޕޫމާގެ ފިހާރައަކަށް އޮލިވިއޭރާ ދިއުމުން ވަގުތީ ގޮތުން އެ ފިހާރަ ބަންދުކުރަން ޖެހުނެވެ. އޭނާ އެ ފިހާރައިގައި ހުރުމުން ނާމާ ކަމަށް ހީކޮށް ގިނަ ބަޔަކު އޭނާ ދެކިލަން ފިހާރައިގެ ކައިރި އަށް އެއްވި އެވެ. "ނޭމާ އަށް ވެގެން" ޕޫމާގެ ފިހާރައަކަށް އޮލިވިއޭރާ ވަނުމަކީ ހައިރާންވާން ޖެހޭ ކަމެއް ވެސް ނޫނެވެ. "އަސްލު ނޭމާ" އަކީ ޕޫމާގެ އެންމެ މަޝްހޫރު އެމްބަސެޑަރެވެ.

އޮލިވިއޭރާ

އެސޯސިއޭޓެޑް ޕްރެސް އިން ބުނި ގޮތުގައި ފިހާރައިގެ އެތެރޭގައި ހުންނަ ތަނަކަށް އޭނާ ގެންގޮސް ވާނުވާ އެނގެންދެން ފިހާރަ ހުރީ ބަންދުކޮށްފަ އެވެ.

ބައެއް އާންމުން ވަނީ އޭނާ އާއެކު ފޮޓޯނަގައި އޭނާގެ އޮޓާގްރާފް ވެސް ހޯދައިފަ އެވެ. ބްރެޒިލްގެ ވޯލްޑް ކަޕް މެޗަށް އޭނާ ދަނޑުގައި ހުރުމުން ބައެއް ސަޕޯޓަރުން ވަނީ "ނޭމާ ވަންތަ" އޮލިވިއޭރާގެ ފޮޓޯ ނަގައި އޮޓާގްރާފް ހޯދަން މަސައްކަތް ކޮށްފަ އެވެ. މެޗު ފެށުމުގެ ކުރިން ސަޕޯޓަރުންގެ ހަރަކާތްތައް ހުރި ގޮތުން ބްރެޒިލްގެ ކުޅުންތެރިން ވެސް އިސް އުފާލާ ބެލީ ވެގެން އުޅޭ ގޮތަކާ މެދުގަ އެވެ. ކުޅުންތެރިން ވެސް ތިބީ ޝައެއްކެއްގެ މަތީގަ އެވެ. އެއީ އަސްލު ނޭމާ ނޫންކަން ކުޅުންތެރިންނަށް އެނގުނީ މެޗުގެ ސެކިއުރިޓީ އޮފިޝަލުން އޮލިވިއޭރާ ދުރަށް ޖެއްސުމުންނެވެ.

ނޭމާ (ކ) އާއި އޮލިވިއޭރާ

އެހެން މެޗެއްގައި ދަނޑުގެ ސޮކިއުރިޓީ އޮފިޝަލުން ވަނީ، ނޭމާ ކަމަށް ހީކޮށް ދަނޑަށް އެރުމަށް އޮލިވިއޭރާ އަށް ފުރުސަތު ދީފަ އެވެ.

ނޭމާ ވަންތަ މީހާ އަށް ވެގެން އޮލިވިއޭރާ ވަނީ ގިނަ ގައުމުތަކަށް ދަތުރުކޮށްފަ އެވެ. ޕީއެސްޖީގައި ނޭމާ ކުޅުނު ބައެއް މެޗުތައް ބަލަން ޕެރިހަށް ވެސް އޭނާ ދަތުރު ކުރި އެވެ. ކޮމާޝަލް ބައެއް އިވެންޓްތަކުގައި ނޭމާ އާ އޭނާ ވަނީ ބައްދަލު ވެސް ކޮށްފަ އެވެ. "ނޭމާ ވަންތަ ސިފައިގައި" އޮލިވިއޭރާ އުޅިުމުން ނޭމާ އެކަމާ އިއުތިރާޒެއް ނުކުރާ ކަމަށް އޮލިވިއޭރާ ވަނީ ބުނެފަ އެވެ.

ނޭމާ އާ ވައްތަރު އޮލިވިއޭރާ (ކ) މެސީ އާ ވައްތަރު މީހާ އާ އެކު

ބްރެޒިލްގެ މީޑިއާ އަށް އޮލިވިއޭރާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނީ އޭނާ ކުރިން މަސައްކަތް ކުރީ ރެސްޓޯރެންޓެއްގެ ވައިޓަރެއްގެ މަގާމުގައި ކަމަށެވެ. އޭނާ އާ ނޭމާ އާ ވައްތަރުކަމަށް ރެސްޓޯރެންޓަށް އަންނަ ގިނަ މީހުން ބުނާ ކަމަށާއި އެހެންވެ އޭނާ ނޭމާ އަށް ވެގެން އުޅެނީ ޕްރައިވެޓް އެޖެންސީ އަކުން އޭނާ ހުށަހެޅި ފުރުސަތަކުން ކަމަށް އޮލިވިއޭރާ ބުނެފައި ވެއެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

06 December 2022

ސިފަ އެއްވައްތަރު ވުމުގެއިތުރުން މީހާގެ އަމަލުން އެއްވައްތަރު މީހުންވެސް ތިބޭ. މިގޮތުން ސައުތު އެފްރިކާގެ ނިއު ނޭޝަނަލް ޕާޓީގެ ފަރާތުން 20 ސެޕްޓެމްބަރ 1989 ފެށިގެން 9 މޭއީ 1994 ކަށް ވެރިކަން ކުރި (ޤައުމުގެ ރައްޔިތުންގެ މެދުގައި ތަފާތުކޮށް ނަސްލީ އިމްތިޔާޒު ކުރިއެރުވި) ވެރިމީހާއާއި އެއްވައްތަރު (އަމަލުން) ވެރިއަކު މިތަނުގައިވެސް އެބަހުރި. # އެމީހާވެސް އެދި އާދޭސް ކުރަމުންދަނީ ލާމަރުކަޒު ކުރާން ތިމަންނާއަށްވެސް ދެވަނަ ދައުރެއް ދޭށޭ ކިޔާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454