ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން: ވެންޓިލޭޓަރުގެ މައްސަލަ ހިނގާނީ ރާއްޖޭގައި އާބިޓްރޭޝަންގައި ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ/ރައީސް އޮފީސް
08 ޑިސެމްބަރ 2022 - 17:16
ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށް، 34 މިލިއަން ރުފިޔާ ދިނުމުން ފޮނުވި ވެންޓިލޭޓަރުތައް ބޭނުން ނުކުރެވި އަދި ބާކީ ހުރި ވެންޓިލޭޓަރުތައް ނުފޮނުވަ އެވެ. އަދި ފައިސާ އަނބުރާ ނުދިނުމުން އެ މައްސަލަ އާބިރޭޝަނަށް ހުށަހެޅުމަށް އޮތީ ނިންމައިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ދުބާއީ ކުންފުންޏެއް ހިމެނޭތީ އެ ގައުމުގެ ލޯފާމެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އާބިޓްރޭޝަންގެ މައްސަލަ ހިންގާނީ ރާއްޖޭގެ އާބިޓްރޭޝަނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާބިޓްރޭޝަން ހިންގާނެ ގައުމުތައް ކަނޑައަޅަނީ އެއްބަސްވުން ހަދާއިރު ދެ ފަރާތުން އެއްބަސްވެގެންނެވެ. އާންމު ގޮތެއްގައި ސަރުކާރާ އެކު ބޭރުގެ ފަރާތްތަކުން ހަދާ ގިނަ އެއްބަސްވުންތަކުގައި އާބިޓްރޭޝަން ހިންގަން އޮންނަނީ ބޭރުގެ ކޮންމެވެސް ގައުމެއްގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ހޯދަން އުޅުނު އެ ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އިތުރު ބަޔަކަށް ޖިނާއީ ދައުވާ ވެސް ކުރަން ފޮނުވި އެވެ. އެކަމަކު ޕީޖީ އޮފީހުން ނިންމާފައި އޮތީ ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޗީ
10 December 2022
އެގްޒެކިއުޓާސް އެތިބީ ބައިއެޅީ ބަޔަކާ ބައިއަޅަގެން. އެމީހުން މިނިސްޓްރީގެ މުއާމަލާތް ތަކަކަށް އެއްވެސް ވަރަކަށް ރެސްޕޮންސެއް ނުދޭ. ނުވީތަކަށް ދުބާއީ ގެ ސަރުކާރުންވެސް އަޅައެއްނުލި. ރާއްޖޭގެ ޝަރުއީ ނިޒާމުއޮތް ހާލަތު ދުނިޔޭގެ އެންމެންދަނޭ. މީގެ އިތުރުން މިކޮޅުގައި ކަޓުނެގި މީހުންތިބީ މިސަރުކާރުގެ ތެރޭގައި. އެމީހުންގެ ނުފޫޒުން އަދިެވެސް ލަސަކުރާނެ. ތީގެން ލޯލާރިޔެއް ލިބޭނެ އެއްގޮތެއްވެސްނެތް.
ކަމާއިގުޅިގެން
09 December 2022
ރާއްޖޭގައި ހިންގަންޏާ ވާނުވާ ނޭނގުމުގެ ފުރުޞަތު ބޮޑު
ވެންޓިލޭ
09 December 2022
ދައުލަތަށް ވެފައިވާގެއްލުން ފޫބައްދައި، އިހުމާލުވާބަޔަކަށް ލިބެންޖެހޭއަދަބެއް ދޭންބޭނުންނަމަ،، މިހާރު ތިކަންއޮންނަންވާނީ ނިމިފަ. ޤަބޫލުކުރެވޭގޮތުގައި މިހާރު ވާންއުޅޭގޮތަކީ ތިމައްސަލަ މަތިޖަހައި، ވަޅުލުން. ތިއުޅެނީ އެކަންކުރަން. ތިކަމުން ތުންތެމެންޖެހޭއެންމެންގެ ތުންތެމިއްޖެ. ކުރިމަތީގައިއޮތީ 2 އިންތިޚާބު. އެހެންވީމަ ފައިލް ލައްޕާލެވޭކަށެއްނެތް. ވާހަކަދައްކަންއަރާތަނުން ތަފާލެއްޖަހާފާނެ. އެހެންވީމަ ތިކަން އެންމެރީއްޗަށް ފަސްލެވެންއޮތްގޮތް ހަދަނީ.
ބަރުބާދު
09 December 2022
މާލިއްޔަތު ގާނޫނާ ޚިލާފައް އެތައް މިލިއަނެއް ބޭނުންކުރިކަން އެގޭ ޕީޖީ އެބުނަނީ ދައުވާކުރެވޭ ވަރަކައް ހެއްކެއްނެތޭ!. މިވަރުގެ ތަނެއްގަ އާބިޓްރޭސަން ހިންގާވާހަކަ، ގަރުނުގެ ބޮޑުޖޯކުތޯތީ؟.
ބޯގަން
08 December 2022
މިތާ އާބިޓްރޭޝަނަކުން ނިންމާ އެއްޗެއް ކާކު އެންފޯސް ކުރަނީ.ކޮސް ވާހަކަ ނުދައްކާ.ތި އެންފޯސް ކުރާނެ ނަމަ ދުބާއީގައިވެސް ތިކަން ކުރެވޭނެ.އެމީހުން ތިކަން ކުރަންބޭނުން ނަމަ.އެމީހުން ނުކުރާނަމަ މިތާގަ.ނިންމާ ނިންމުމެއް ވަކި ތަންފީޒު ކޮށްދޭނެތަ؟ އަދި ރަނގަޅުވާނެ މިއަށް ވުރެ ކޮރަޕްޓު ތަނެއްގަ ތިޔަ އާބިޓްރޭޝަން ބާއްވަން. ކަލޭމެން އަދިވެސް މީހުން ގުބޯހައްދަނީތަ ނޫނީ މިހެން ކިޔާފަ ވެސް ލާރިކޮޅެއް ދަމާލެވޭނެ ގޮތެއް ހޯދަނީތަn
ދިއްދޫމީހާ
08 December 2022
ތިޔަ އުޅެނީ އަނެއްކާ އަނެއް ލާރި ގަނޑު ކާލަވެގެން އެބުނަނީތާ ދުބާއީ ލޯފާމެއް ހޯދާ ވާހަކަ ބަލަ އެކުންފުނިން ނާނާނެ ރާއްޖެއަކަށް
ނާރިގު
09 December 2022
ދުބާއީ ލޯފާމުން ވަކާލާތު ކޮށްދެނީ ކޮންބަޔަކަށްބާ. ދިވެހި ދައުލަތަށް ވަކާލާތު ކުރުމަށް އޭޖީ ކުޑައީތޯ.. އެ ފެންވަރު ނެތްނަމަ އިސްތިއުފާ ދިނުން ރަގަޅުވާނެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
08 December 2022
ތީވެސް މަޖާކަމެއް. އަނެއްކާ މޮޅުތަންކޮޅަކީ ކިތަންމެ ބޮޑު އިހުމާލެއްވިޔަސް ޒިންމާވާންޖޭނެ ފަރާތެއް މިގައުމަކު ނުހުންނާނެ.
ޢެމެރިކާ
08 December 2022
ތިއުޅެނީ ރާއްޔިތުންނަ ބޮޑު އޮޅުވާލުމެއް އޮޅުވާލަން
ކުއީން ވެންޓީނީ
08 December 2022
ވެންޓިލޭޓަރު މައްސަލަ ވެސް މިހާރު ތިޔަ އޮތީ ވެންޓިލޭޓަރަށް ލާ އެންޑް އޮފް ލައިފް ކެއާ ޑިޕާޓްމެންޓާ ހަވާލުކުރާ ހިސާބަށް ގޮއްސަ..
ބޮޑުމީހާ
08 December 2022
ތި ވެންޓިލޭޓަރުގެ ލާރިވެސް ދިޔައީ، ވެންޓިލޭޓަރވެސް ނުލިބުނު، އަނެއްކާ އާރބިޓްރޭޝަނޭކިޔާ ދައުލަތުން ކޮންމެވެސް ބަޔަކަށް ބޮޑު މަންފާއެއް ހޯދައިދޭން އެ އުޅެނީ.