ޝިއާއު މަރާލި ކަމުގެ ތުހުމަތު ކުރެވޭ ސާހިލް: އޭނާގެ މައްޗަށް ދައުވާ ކުރުމާ މެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޕީޖީން ބުނޭ.
14 ޑިސެމްބަރ 2022 - 12:01
މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ދައުވާ ކުރުމާ މެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ހ. ޝީރީންވިލާގޭގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި އޮގަސްޓް ހަ ވަނަ ދުވަހުގެ ރޭ ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރީ، ޒުވާން ސްކޭޓަރު، އަލީ ސާހިލް، 23 އެވެ.
އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އިތުރު މީހަކަށް ތުހުމަތެއް ނުކުރެ އެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "މިހާރު"އަށް ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ކުރުމާ މެދު މި މަސް ނިމުމުގެ ކުރިން އެ އޮފީހުން ގޮތެއް ނިންމާނެ ކަމަށެވެ.
ޝިއާއުގެ މަރަށް މިހާރު ހަތަރު މަހަަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޕީޖީ އޮފީހުން ގެންދިޔައީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ފުލުހުންނަށް 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންނެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ތަހުގީގު ނުނިމި ލަސްވަނީ ސާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ "މޯޓިވް" ނުވަތަ ސަބަބު ނުހޯދިގެން ކަމަށެވެ.
ތަހުގީގަށް ސާހިލް އެއްބާރުލުން ނުދޭއިރު، ފުލުހުން މަސައްކަތް ކުރީ އޭނާގެ ފޯނުގައި ހުރި މައުލޫމާތުން މޯޓިވް ހޯދޭތޯ އެވެ. އެކަމަކު، ފޯނު ހުޅުވަން ވެސް އޭނާ ދެކޮޅު ހެދި އެވެ. ފަހުން އޭނާގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ފުލުހުން ވަނީ އޭގައި ހުރި ބައެއް މައުލޫމާތުތައް ހޯދައިފަ އެވެ. ފުލުހުން އޭރު ބުނީ، އެ ފޯނުގައި ހުރި ޑޭޓާތައް ތަހުލީލުކޮށް މޯޓިވް ހޯދޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި އޭނާ މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ޝިއާއުގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ހާދިސާ ހިނގި އެޕާޓްމެންޓުގައި ސާހިލްއާ އެކުއުޅުނު ދެމަފިރިންނެވެ. އެ އެޕާޓްމެންޓުން ސާހިލް ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް..
15 December 2022
އަނެއްކާ މާދަން ނުބުނާތި އެކޮއި މަރާލަނިކޮށް އެއްވެސް މީހަކަށް ފެނިފައި ނުވާތީ ޝާހިލުމައްޗަށް ދައުވާ ނުކުރެވެެެއެ.
ޖަންބޯ
14 December 2022
ތިސޮރު ދެން ދުވސް ކޮޅަކުން ފެންނާނެ އެކަމުގެ ހިތާމައިގަ މާރުކޭޓުގަ މަސް ކަނޑަން ހުއްޓާ
އިދުރީން
14 December 2022
މަސް ނިމުމުގެ ކުރިން ކީއްކުރަންތޯ ހެކިނެތިގެން ދައުވާ ނުކުރާ ގޮތަށް މިއަދު ނިންމާފަ ހައްޔަރު ކޮށްފަ ހުރި މީހާ އިރު އޮއްސުމުގެ ކުރިން ދޫކޮށްލިޔަސް އަހަރުމެން ހައިރާނެއް ނުވާނަން، ރޯމާ ދުވާލު ލޯޔަރެއް ބޮލަށް ޖެހި ވަޅި އެއީ ނުވާކަމަކަށްވީ އިހަށް ދުވަހު ނުން.
ހަނދުކޭތަ އަކީ ހަނދު ފެޅުމެއްނޫނާ! ސާބަސް!
14 December 2022
އެހެން ކަމަކު ނުދާނެ! 40 އަހަރު ވަންދެން ދަމާލަ ދަމާލަ ތިބޭ! ކްރިމިނަލް ކޯޓު އެހެންހެދި! ސުޕް ކޯޓް ރުޖޫއ ކުރި! ވާރޭ ކޯޓު ދައުވާކުރި! ބިސްކޯދު އިންކާރު ކުރި! މައްސަލަ÷ޕީޖީ ގެންގޮއްސި! ރައީސް މުރާޖަހާ ކުރަން އަންގައިފި! ސުޕް ކޯޓު އެއްބަސް ވެއްޖެ ކުރީ ނިންމުނީ ގޯސްކޮންކަމައް! ޖަލު ހުކުމް ގޭގެ ހުކުމަކައް! މިހެން މިމައްސަލަ އަބުރާލީމަ ނިމުނީ، ކޮޅެއްގަ ނުޖައްސާ!