ކުޑަގިރި ފެހިކުރުމަށް އިންދާފައި ހުރި ބަގީޗާ ގަސްތަކަށް މީހަކު ފެންދެނީ: ސަރުކާރުގެ އެކި ކުންފުނިތަކުން ދަނީ އެ ރަށުގައި ގަސް އިންދުމުގެ މަސައްކަތްކުރަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 ޑިސެމްބަރ 2022 - 10:40
ކުޑަގިރި ޕިކްނިކް އައިލެންޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އޯޕަން ޑޭއެއް ބާއްވަން އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން އިއްޔެ ބުނީ އެ އޯޕަން ޑޭ އޮންނާނީ އަންނަ ހޮނިހިރު ދުވަހު، ހުޅުމާލޭގައި ހުންނަ އެތަނުގެ ހެޑް އޮފީސް އިމާރާތުގައި ކަމަށެވެ. އެ ދުވަހު ހެނދުނު 9 އިން މެންދުރު ފަހު 3 ޖަހަންދެން އެ ހަރަކާތް އޮންނާނެ އެވެ.
ކުޑަގިރީގައި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް 17 ދާއިރާއަކުން ވަޒީފާގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ
• އެކްޒެކެޓިވް ސެކްރެޓަރީ
• ރޫމް އެޓެންޑެންޓް
• ސޭލްސް އެންޑް ރިސަވޭޝަން ކޯޑިނޭޓަރު
• ރިސެޕްޝަނިސްޓް
• ރެކްރިއޭޝަން އެންޑް އިވެންޓްސް ސުޕަވައިޒާ
• ރެކްރިއޭޝަން އެޓެންޑެންޓް
• ޓިނެންޓް މެނޭޖުމަންޓް ކޯޑިނޭޓަރު
• މާކެޓިން އެންޑް ޕީއާރު ކޯޑިނޭޓަރު
• އެކައުންޓެންޓް
• އެސިސްޓެންޓް އެކައުންޓްސް އޮފިސަރު
• އެޗްއާރު އެންޑް ޓްރެއިނިން ކޯޑިނޭޓަރު
• ޕާޗޭސިން އެންޑް ސްޓޯ ކޯޑިނޭޓަރު
• ލޭންޑްސްކޭޕިން ކޯޑިނޭޓަރު
• މޮނީޓަރިން އެންޑް ސެކިއުރިޓީ ސުޕަވައިޒަރު
• ސެކިއުރިޓީ އެސިސްޓެންޓް
• މަސައްކަތު މީހުން
• އިމާމުން
މި ވަޒީފާތަކުގެ މުސާރަ އުޅެނީ 8،500ރ. އާއި 23،500ރ. އާ ދެމެދުގަ އެވެ.
ވަޒީފާ ބޭނުންވާ މީހުން އޯޕަން ޑޭއަށް ދާއިރު ތައުލީމީ ސެޓްފިކެޓުތަކާއި ސީވީ ގެންދަން އެޗްޑީސީން ވަނީ އެދިފަ އެވެ.
Come, choose a job you love. We are having an OPEN DAY!
— HDC (@hdcmaldives) December 14, 2022
Put on your enthusiastic personality and be a part of the much anticipated Kudagiri team.
Drop by this Saturday the 17th of December 2022, at HDC Head office and make your way into the team. #TeamHDC #Kudagiri pic.twitter.com/JniQgqCjJd
ޕްލޭނިން މިނިސްޓްރީން ވަނީ ކުޑަގިރި މި މަހު ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން އެ ތަން އާއްމުންނަށް ހުޅުވާލުމަށެވެ. އެ މުއްދަތަށް އެ މަސައްކަތް ނުނިމުމުން ދެން ހަމަޖެއްސީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެތަން ހުޅުވާށެވެ. އެކަމަކު، އެ މުއްދަތުތައް ފާއިތުވެގެން ދިޔައިރު ވެސް ޕިކްނިކް އައިލެންޑު ނުހުޅުވުނެވެ.
މިނިސްޓްރީން ބުނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީ ކޮށްފައި ވަނީ އާއިލާތަކަށް ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރެވޭ ގޮތަށެވެ. އިންތިޒާމްތައް ހަމަޖައްސާފައި ވާނީ ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް: މި މަހު އެތަން ހުޅުވަން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލެއާ 10.5 ކިލޯ މީޓަރު ދުރުގައިވާ ކުޑަގިރިއަށް ލޯންޗެއްގައި ގާތްގަނޑަކަށް 15 މިނެޓުން ދެވެ އެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާ ގޮތަށެވެ.
އެ ރަށުގައި މިސްކިތަކާއި އާއްމުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ އިމާރާތްތައް ވެސް ވަނީ ހަދައިފަ އެވެ. ގާތްގަނޑަކަށް 41 މިލިއަން ހޭދަކުރަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގައި ކަރަންޓާއި ފެނުގެ ހިދުމަތް ވެސް މިހާރު ވަނީ ނިމިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
16 December 2022
ފުރަތަމަ ހޯދަންވީ މުވައްޒަފުން ގެންގުޅެން ދަންނަ މީހަކު، ނޫނީ ތިތަންވެސް އާޚިރުގަ ވެގެން ދާނީ ބިދޭސީންގެ ހާއްޔަކަށް!
ވާންޗޮ
15 December 2022
ހުޅުމާލޭ ރައްޔިތުންނައް ކަމެއް ނުކޮއްދެވުނަސް އެޗުޑީސީ ފުރެންދެން ސިޔާސީމީހުންނާ އެޗުޑީސީ ވެރިންގެ އައުލާދާ ރައްޓެހިން ވައްދާން މަގާމުތައް ބަހާ ސޯލިހުވެރިކަން ނިމެންވާއިރައް ކުންފުނި ހަފުސް ކޮއްލަނީ ދޮގެ؟؟؟
ޒީނާދް
16 December 2022
އަދި ކޮބާ އެތަނުގެ ކޮންމެ މީހަކައް ފުލެޓެއް. ޢާއްމުން މިތިބީ ވަންނާނެ ތަނެއް ނެތިފަ އެކަމަކު ސަރުކާރު ކުންފުންއެއްގެ މުއައްޒަފުންނައް ހުޅުމާލެން ފުލެޓު ހައްދެއްނެތި މިކޮންފަދަ ބޮޑު ގޯހެއް
ތުނޑުހަސަނު
15 December 2022
އެޗްޑީސީގެ ރަށެއްތަ މިއީ.
އުދުހޭ
15 December 2022
އެންމެ ބޮޑު މުސާރައެއް އަކުންޓަންޓަށް މިދެނީ ވައްކަން ކޮށްދޭމަތިންތަ؟
ޙަލީލް
15 December 2022
ޓިއުލެނި ނާޗަރަންގީ ކުލުވަން
ނުރަސްމީ
15 December 2022
ގިނަރިސޯޓްތަކުގަ ދިވެހިންނަށްވުރެެ ބޭރުމީހުން ވަޒީފާގަ ގިނަ ތިޔަ ތަންވެސް ހުޅުވޭއިރު ތިޔަ ހުރިހާމަގާމެއްގަ އުޅޭނީ ބޭރުމީހުން.
ރިޒޯޓު ބޯއީ
16 December 2022
ބޭނުންވާ ވަރަކަށް ދިވެހީންނެއް ނުލިބެ. ދެން ހަދާނީ ކިހިނެއް؟
ކޮރަލް
15 December 2022
ތިޔަ ރަށައް ފައިސާ އެއް ނުދީ އެރޭނެ ކަމާ ދޭތެރޭ ސުވާލު އުފެދޭ ހިސާބަށް ދަނީ އެވެ.
ކައުސަރު
15 December 2022
ކުޑަ ގިރި ހަގީގަތަކަށްވީ ބަޔަކު ކިތައްމެ ރުޅިއަޔަސް ފެނަކަ ސައީދުއާއި ސަދާގެ ބުރަ މަސައްކަތުންނެވެ. ފެނަކަ މުއައްޒަފުން އެތަނަށް ފޮނުވައިގެން ދުވާލު މަސައްކަތް ކުރުވައެވެ. އަދި އެމަސައްކަތް ޝެޑިއުލް އާއި އެއްގޮތަށް ކުރޭތޯ ރޭގަނޑު ކުޑަގިރިޔަށްގޮސް ސައީދު އަދި ސަދާ ބައްލަވައެވެ. އެކަމަކު މިފަދަ ބުރަ މަސައްކަތް އަގުވަޒަން ކުރަނީ މަދު ބަޔަކެވެ.
ޢަލަމްގިރި
15 December 2022
ބޮނޑިވަރެއް ލިބޭތީ ތިވަރަށް ދާނީ. ކާލާފަ ހުންނާނެ އެހެންވިއްޔާ
ވާދޫ ސިއްޚީ މަރުކަޒް
15 December 2022
ކުޑަ ގިރިއަކީ ހަނީމޫން ޑެސްޓިނޭޝަނެއްތަ؟ މަހީކުރީ ޕިކްނިކް އައިލެންޑެއް ކަމަށް! ދެން ތިޔަތަން ނިމުނީމައި ދަނީ ނާޒިމް ނޫންތޯ އެހެން ވެއްޖެއިޔާ. މިހާރުގެ ކޮމެންޓް ކިޔަން މަހުންނަނީ މިހާރު ގިނަ ކޮމެންޓްތަށް އާރޓިކަލް އަށްވުރެން ފުރިހަމަ ވިއްޔާ.
އަލީހަމީދު
15 December 2022
ބަންގާ ފަޅަށް ކުޑަގިރި ކިޔުނުގޮތރއް ނޭގުނު. އެ ފަޅަކީ ޒަމާނުއްސުރެ ބަންގާ ކިޔަމުން އައިފަޅެއް. އެކަމަކު ކޮންމެސް މީހަކަށް އޮޅިގެން އެފަލަށް ކުޑަގިރި ކީމަ އެއީ ކުޑަގިރުޔަށްވޭތަ؟ އެ ޕިކްނިކް އައިލެންޑަށް ރީތި ނަމެއް ކިޔާލަން އެގުނު މީހަކުވެސް މި ސަރުކާރުގަ ނެތީތަ؟
އޮނަރަބްލް އަފީފު ދީދީ
15 December 2022
ވެރިކަމުގައި ހުރި ބޭފުޅާއާއި އޭނާގެ ވަޒީރުން ކިތަންމެ ވަރަކަށް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކަމުގައި ބުނިކަމަށްވިޔަސް ޤާނޫނުހަދާ މަޖިލިސް ރައީސް އާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން (އައިއެމްއެފް ވޯލްޑް ބެންކް ފަދަ) ދަނީ ރާއްޖޭގެ އިޤްތިސޯދީ ހާލަތާއިމެދު ކަންބޮޑުވެ ނުތަނަވަސްކަން އޮތްކަމަށް ބުނަމުން. # އެކަމަކު ރާއްޖޭގެ ބޮޑުއާބާދީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނުދީ އަދިވެސް ބަލަނީ ކ.އަތޮޅު މާލޭމީހުނަށް ލަޤްޒަރީ ރިސޯޓް ހަދާދެވޭތޯ.
ކައްޕިތާނު
15 December 2022
ކ. އަތޮޅު މާލޭގާ މާލޭމީހުންނޫން އެތައްބަޔަކުވެސް އުޅޭ. އެއްމަސް ކޮފީއަށް ނުގޮސް ހިފާއްޓާލިޔަސް ތިޔަރަށަށް ޕިކުނިކުދެވޭނެ. އަފީފަށްވެސް ދެވޭނެ. ނުބަލާނެ މާލޭމީހެއްތޯ މާލެއިން ބޭރުމީހެއްތޯ.
ނަޝާތު.
15 December 2022
އަފީފު ދީދީގެ ވާހަކައަށް ތާއީދު. ބްރިޖާއި ޕިކްިކް އައިލެންޑަށްވުރެން ކުރިން ކުރަންޖެހޭ އެތައްކަމެއް މިޤައުމުގައި އެބަހުރި.
އަފީފް ދީދީ ބުނަން!
15 December 2022
އަފީފް ދީދީ ގެ ހިތުގައި ނަފްރަތާއި، ހަސަދަވެރިކަން ވަކި ހިއްޕާލާފައި ތިވަނީ ހިތަށް ހަމަޖެހުން ލިބޭފަދަ ކަންކަން ނުކުރާތީ އެވެ. އަބަދުވެސް ތިބަލަނީ މާލޭގެ ކަންކަމެވެ. އެހެންވީމައި ގިނައިން ފެންނާނީ ވެސް މާލޭގައި ވާ ކަންކަމެއް ނޫންހެއްޔެވެ! މާލޭގައި އަފީފު ދީދީގެ ރަށް ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ހަތަރު ބިތުން މީހުން ހިޖުރަކޮށް މިހާރު ދިރިއުޅެމުން ދާކަން ރަނގަޅަށް އެނގިހުރެ ވެސް އަފީފު ދީދީ ހަސަދަވެރި ވަނީއެވެ.
މޮޔަވެއްޖެ
15 December 2022
ބޭފުޅާ، މިދައްކަނީ ކުޑަގިރި ވާހަކަ. ތި ކޮމެންޓް އެހެން ޚަބަރެއްގަ ޖަހާލަން ބޭންދިނަމަ.