ރޮނާލްޑޯ ރެއާލަށް ކުޅުނު ދުވަސްވަރު އެޓީމާ އެކު ފަރިތަކުރަނީ.--
15 ޑިސެމްބަރ 2022 - 12:52
މެޑްރިޑް (ޑިސެމްބަރު 15) - ސައުދީ އަރަބިއްޔާގެ އައް ނަސްރު ސްޕޯޓްސް ކުލަބަށް ބަދަލުވާން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާ ކުރިމަގުގައި ކުޅޭނެ ކުލަބެއް ނިންމުމުގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑްގައި ފަރިތަކުރުން ކުރިއަށް ގެންގޮސްފި އެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފެށި ފަހުން ރޮނާލްޑޯ، 37، އާއި މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އޮތް ކޮންޓްރެކްޓް އުވާލާފައި ވުމާއެކު އޭނާ އަދި ހުރީ ކުޅޭނެ ކުލަބެއް ނުނިންމައި ހުސްކޮށެވެ.
އަބަދުވެސް ފިޓް ކޮށް ހުރުމަށް ލޯބިކުރާ ރޮނާލްޑޯ ކުޅޭނެ ނުލަބެއް ނިންމާފައި ނުވާތީ އޭނާގެ ފިޓްނަސް ހިފަހައްޓަން، އޭނާ ކުރިން ކުޅުނު ރެއާލް މެޑްރިޑުގެ ޓްރެއިނިން ފެސިލިޓީގައި ތަމްރީނުތައް ކުރިއަށް ގެންދިޔައީ، ރެއާލްގެ ޓީމާ ވަކިން އެކަންޏެވެ.
ވޯލްޑް ކަޕް ގައި ރޮނާލްޑޯގެ ޕޯޗުގަލް ކެޓީ ކުއާޓާ ފައިނަލާ ހަމައިން، މޮރޮކޯ އަތުން ބަލި ވެގެންނެވެ. އެ މެޗުގައި ރޮނާލްޑޯ ކުޅެން އެރީ ދެ ވަނަ ހާފުގަ އެވެ. ގަދަ 16 ގައި ސްވިޒަަލެންޑް އަތުން ޕޯޗުގަލް 6-1 އިން މޮޅުވި މެޗުގައި ވެސް ރޮނާލްޑޯ ކުޅެން އެރުވީ ފަހު 15 މިނިޓަށެވެ.
ރެއާލާ އެކު ރޮނާލްޑޯ، 2009 އިން 2018 އަށް ހޭދަކުރި ނުވަ ސީޒަންގައި އޭނާ ވަނީ އެ ކުލަބުގައި ގިނަ ރެކޯޑްތަކެއް މުގުރާލައި، ގިނަ ކާމިޔާބީތަކެއް ޓީމަށް ހޯދައިދީފަ އެވެ. ރެއާލާ އެކު އޭނާ ވަނީ ދެ ލަ ލީގާ އާއި ދެ ކޮޕަ ޑެލް ރޭ ގެ އިތުރުން ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.
● ކުޅުނު މެޗު: 438
● ޖެހި ގޯލު: 450
● އެސިސްޓް: 131
ރެއާލާއި ރޮނާލްޑޯއާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮވެ އެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މީގެ ކުރިން ބުނެފައި ވަނީ، ރޮނާލްޑޯ ރެއާލް ގައި އެއްވެސް މައްސަލައެއް އުފައްދާފައި ނުވާ ކަމަށާއި، އޭނާ އަކީ ނަމޫނާ ކުޅުންތެރިއެއް ކަމަށެވެ. އަދި ރޮނާލްޑޯ އަކީ އޭނާ ރެއާލަށް ސޮއިކުރުވި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވެސް ޕެރޭޒް ބުނެފައި ވެއެވެ.
ރެއާލް ދޫކޮށް ރޮނާލްޑޯ ބަދަލުވީ އިޓަލީގެ ޔުވެންޓަސް އަށެވެ. އަދި ޔުވެންޓަސް ގައި ހުރެފައި ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ ސީޒަންގަ އެވެ.
ޔުނައިޓެޑް ދޫކޮށްލުމާ އެކު ސައުދީގެ އައް ނަސްރު ސްޕޯޓްސް ކުލަބުން އޭނާ އަށް ދެ އަހަރާ ބައިގެ މުއްދަތަކަށް އަގުބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. ޑީލް ފައިނަލް ނުކުރި ނަމަވެސް އޭނާގެ އެޖެންޓް ޖޯޖް މެންޑެސް އަންނަނީ އެއްބަސްވުމުގައި ހުރި ކަންކަމާ މަޝްވަރާ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނުން
15 December 2022
މަ ބުނީ ރާއްޖެ އަށް ގެންނަންވީނުން، ރަށެއް ދޭނީ!!!
އެންޗޮލޮޓީ
15 December 2022
ޕެރޭޒް ބުނީ ތީނާ ރެޔާލްއަކަށް ސޮއެއް ނުކުރުވާނަމޯ..
ފީބޯ
15 December 2022
އަހަރުމެންގެ އެފްއޭއެންގެ ރައީސައް ތިތަނުން ފުރުސަތެއް ލިބިދާނެތޯ؟ އެއީ އޭނައަށް މަގުދައްކަން، އޭނަ ހުރީ ވަރަށް ބޮޑަށް މަގުގެއްލިފައި. އޭނަ ހަނދާނެއް ނުހުރޭ ކޯޗެއް ބޭރުން ގެނެއްސަ މަހު މުސާރަ ދޭން ޖެހޭނެ ކަމެއް.
ރަދީފު ބިން ރަފައިދާ
15 December 2022
ރޮނާލްޑޯއަށް ދެން އެންމެހެޔޮގޮތަކީ އިސްލާމުވެ އުމުރުގެ ދެންއޮތްބައި ސައުދީ އަރަބިއްޔާގާ ހޭދަކޮށްލިއްޔާ.
ހިކްމަތް
15 December 2022
ހިކުމަތަކަށްދޯ އެކި ކުލައިގެ އެކި ގައުމުގެ އެކި ބަހުން ވާހަކަ ދައްކާ އެކިވަރަށް މުދާހުރި އެކި ސިއްހީހާލުހުރި އެކި މިޒާޖުގެ އެކި ދީނުގެ މީހުން ޚަލްޤުކުރެއްވީ.
ޕެލޭ
15 December 2022
ތިޔަ ގޮތަށް މިންވަރު ކުރެއްވުން އަޅުގަނޑުވެސް އެުދުމަކީ. މިނާ މީ ހިތް ހެޔޮ ' ފާޅުގަ އާއި ސިއްރުގަ ވަރަށް ގިނަ ބަޔަކަށް އެހީ ވާ މަޙްލޫގެއް.
ފުކެއް ބޮޑުވަރު
15 December 2022
ތިޔަ މީހާ ސައުދީއަށް ގެންގޮސްފިއްޔާ ސައުދީގަ އޮތް %100 އިސްލާމްކަން ގެއްލުވާލުމަކީވެސް ވެދާނެ ކަމެއް. މިހެން މިބުނީ ޔުވެންޓަސްވެސް ބައިބައި ކޮއްލާފަ ގޮސް މެންޔޫވެސް ހަލާކު ކޮއްލީވިއްޔަ. ނުވިތާކައް އަމިއްލަ ގައުމުވެސް ރޫޅާ އަޅާލީ. މަވަރު މޮޅުމީހަކު ނެތްކަމައް ހެދިގެން ނުކުޅެވޭއިރުވެސް.
ބުރުގާ
15 December 2022
ރޮނާޑޯއަކީ މިހާރު މަހާނަގަލެއް. އާބާތުރަ ފިލުވަން އެގެންދިޔައީ ރިޔާލް މެޑްރިޑައް. އެއައްފަހު އެ މަހާނަގާ ދެން ބަހައްޓަން އެންމެ އައުލާކަން ބޮޑީ ސައޫދީ އަރަބިއްޔާގެ ކޮންމެސް ހިސާބެއްގަ.