އެފްކޮންސް އިން ބޭނުންކުރާ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ އަނދަނީ.---ފޮޓޯ: އެމްވީކްރައިސިސް
16 ޑިސެމްބަރ 2022 - 01:23
ވިލިމާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިފަޅުގައި ބޭނުންކުރާ އެކޮމަޑޭޝަން ބްލޮކެއްގައި މިރޭ ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭގެ 12:31 ގައި ކަމަށެވެ. ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.
މިހާތަނަށް ފެންނަ ފޮޓޯތަކުން އެނގޭ ގޮތުގައި އެކޮމަޑޭޝަން ބްލޮކްގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ. މަންޒަރު ދުށް މީހަކު ބުނީ، އެކޮމަޑޭޝަން ބްލޮކް ވަނީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.
އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ. އަލިފާން ރޯވިއިރު، އެ ތަނުގައި ބަޔަކު ތިބި ކަމެއް އަދި ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެ އެވެ.
އެފްކޮންސްގެ މަސައްކަތު މީހުން ގުޅިފަޅުގައި ތިބެނީ އެމްޓީސީސީން ކުރިން ބޭނުންކުރި ތަނެއްގައި ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
19 December 2022
ދެންރެހެންދި ފުލެޓުތައް އެމީހުންނައްދީ އެއީ ނުކުރެވިގެން ތިޔައުލޭ ކަމަކީ
ރޮލެކޮސް އެލޮކުސް
18 December 2022
ދިވެހި ރައްޔިތުންނަށް ތިދައްކަވަނީ ތި އިންޑިއާ މީހުން އަޅާބުރިޖުން ލިބޭނެ ބޮޑުވެގެންވާ ހިތާމަ. ތިމީހުންނަކީ އެއްވެސްކަމެއް ރަގަޅަށްކުރާ ބައެއްނޫން. ހަނދަށް ފޮނުވި މިއަދާހަމައަށްވެސް ދިޔަތަނެއްނޭގޭ. ތިމާމެން މާމޮޅުބަޔަކަށް ހަދަނީ ވަކިބަޔަކު، ގޫހުލް އެޕްލިކޭޝަނެއް ހަދަން އެގުނަސް އަދި ހުރިހާކަމެއްނޭގޭނެ. ޗައިނާގެ އިންފްރާސްޓްރަކްޗަރ ހެދުމަށް ބޭނުންކުރާ ޓެކްނޮލޮޖީއަކީ ދުނިޔޭގެ ނަމްބަރު 1. ސަލާމް އެމްޑީޕީއަށް
ވެންތިލޭޓަރު
16 December 2022
ބައިނަލްއަގުވާމީ ބީލަމަކުން ކުރިޔަށް ގެންދާ ތިލަމާލޭ ބުރިޖް ،މަސްރޫއުގައި މަސަތްކަތްކުރާ ލޭބަރުންގެ އެކަމަޑޭޝަންތައް ހުރި ފެންވަރާމެދު މިހާރު ފެންނަ މަންޒަރުތަކުން ސުވާލު އުފެދޭ.
ޝަނީފް
16 December 2022
ކޮންމެސް ގޮތެއް ހަދައިގެން ތިޔަ ބުރިޖު އެޅުން ލަސްކުރެވޭނެ ގޮތެއް ހޯދާނެ އެވެރިން. އެހެންނުވާނީ ބުރިޖު އަޅަން އެނގޭ ބައެއް ނޫންވިއްޔާ! މީހަކަށް ގެއްލުމެއް ނުލިބުނިއްޔާ ކިތަންމެހާވެސް ރަނގަޅު.
ށަވިޔަނި
16 December 2022
މީހުނަށް ގެއްލުންވެއްޖެ. ގައުމަށްވެސް ބޮޑެތި ގެއްލުންތައް.
ދަތްދިގު
16 December 2022
މިޖެހުނީ ކަންތަކާ އަނެއްކާ އަނެއް 100މިލިޔަން .. ބޯ ހަލާކު
ދަތްކުރު
16 December 2022
ބްރޯ ބޯހަލާކުވާނެ ކަމެއްނެތް، އެބައިމީހުން ދަޅައެއް ދައްކާލާއިރަށް ހެވިދިލިފަ ބްރޯމެން ވޯޓް ދޭނެވިއްޔާ،،