އެފްކޮންސް އިން ބޭނުންކުރާ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް
16 ޑިސެމްބަރ 2022 - 05:56
ވިލިމާލެ ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ގުޅިފަޅުގެ އެކޮމޮޑޭޝަން ބްލޮކްގައި ރޭ ދަންވަރު އަލިފާން ރޯވި ހާދިސާގައި 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ހޯދަން ޖެހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، މެންދަމު 12:30 ހާއިރު އަލިފާން ރޯވި ތަނުގައި 465 މީހުން ދިރިއުޅޭ ކަމަށެވެ.
"މި ހާދިސާގައި 13 މީހަކު އައިޖީއެމް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވެ އެވެ،" އެމްއެންޑީއެފްގެ މީޑިއާ އިން ފޮނުވި މެސެެޖެއްގައި ވެ އެވެ.
ވިލިމާލޭ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފުން ގުޅިފަޅުގައި ތިބޭ އެކޮމޮޑޭޝަން ބްލޮކްގައި ރޯވެފައި.
— Mihaaru (@Mihaarunews) December 16, 2022
ތަފްސީލް: https://t.co/wGAug3ysX6 pic.twitter.com/EYmcQLE43W
ފުލުހުން ފަހުން މީޑިއާގައި ބުނީ، ސީރިއަސް އަނިޔާވެގެން ހަ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އަލިފާން ރޯވުމާ އެކު ސަލާމަތްވާން ވެގެން މަތިން ފުންމާލުމުން އަތްފައި ބިނދުމާއި ބޮޑެތި ޒަހަމްތައް ވުމާއި އެކި ވަރަށް ފިހިފައިވާ މީހުން ވެސް ޒަހަމްވި މީހުންގެ ތެރޭގައި ހިމެނެ އެވެ. އަދި ދުމުގެ އަސަރުކޮށްގެން ވެސް ބައެއް މީހުންނަށް ފަރުވާ ދޭން ޖެހުނެވެ.
އެފްކޮންސް އިން ބޭނުންކުރާ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ އަނދަނީ.---ފޮޓޯ: އެމްވީކްރައިސިސް
އަލިފާން ރޯވެފައިވާ ތަން ހުރި ގޮތެއް އަދި ރޯވާން ދިމާވި ސަބަބެއް ވެސް ނޭނގެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މެންދަމު 12:31 ގައި ހާދިސާގެ ރިޕޯޓް ލިބުމާ އެކު ފަޔާމަނުން ގުޅިފަޅަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި އެވެ. އަލިފާން ނިއްވާލެވުނީ އެމްއެންޑީއެފުން ބުނިގޮތުގައި މެންދަމު 1:52 ގަ އެވެ.
"އަލިފާނުގެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ،" އެމްއެންޑީއެފުން ބުންޏެވެ.
އެފްކޮންސް އިން ބޭނުންކުރާ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް
އެފްކޮންސް އިން ބުނީ، އަލިފާން ރޯވުމާއެކު ރައްކާތެރި ހިސާބަށް މީހުން ގެންދިޔަ ކަމަށެވެ.
"އަލިފާން ރޯވި ސީދާ ސަބަބެއް ނޭނގޭ. އެކަން ތަހުގީގު ކުރަން މިހާރު ވަނީ ފަށާފައި،" އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.
އެފްކޮންސްގެ ގުޅިފަޅު ބްލޮކްގައި ރޭ ދަންވަރު ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރާއިރު، އެ ބްލޮކްގައި އުޅޭ އިންޑިއާގެ މީހުން ބޭރަށް ނުކުމެ: އެ އެކޮމަޑޭޝަން ބްލޮކްގައި 465 މީހުން އުޅުނު ކަމަށް އެމްއެންޑީއެފުން ބުނި.
މިދިޔަ މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ވެސް އިންޑިއާ މީހުން ގިނަ އަދަދަކަށް އުޅުނު ތަނެއްގައި ރޯވި އެވެ، މ. ނިރުފެހިގޭގެ ތިރީގައި ހަދާފައި ހުރި ގަރާޖެއްގައި ރޯވި އެ ހާދިސާގައި އެތަނުގެ މަތީގައި ހުރި އެކޮމޮޑޭޝަނެއްގައި ރޯވެ 10 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި އިންޑިއާގެ އަށް މީހަކާއި ބަންގްލާދޭޝް ދެ މީހަކު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
18 December 2022
ގާތްގާތުގައި ނުރައްކާތެރި އެތައް ހާދިސާއެއް ހިނގައިފި. ވިލިމާލެ ފަރު ފުނޑައިފި. ބަރުބޮޑު ކެރޭނެ ބުރިވެގެން ކަނޑަށް ވެއްޓިއްޖެ. މަސައްކަތު މީހުން ނިދާ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު ގެއްލި އަދި ވެސް ނުފެނޭ. ހާދިސާއެއް ހިނގައިފާނެ. ގެއްލުން ވެސް ވެދާނެ. އެކަމަކު ތަކުރާރުކޮށް ހާދިސާ ހިނގައި ފަހަރަކަށް ވުރެ ފަހަރެއް ނުރައްކާތެރިކަން ބޮޑު ނަމަ، އެ ބަޔަކީ ހަވާލު ކުރެވިފައި ކަންތައް ކުރަން ނާގާބިލު ބަޔަކު ކަމަށް ނިންމަންވީ ވަގުތު މިއީ.
1206
17 December 2022
އެއްވެސް މީހަކަށް އަނިޔާވާ ވަރުގެ ކަމެއް އަދި ނުވެޔޭ މީގެ ދެ ދުވަސް ކުރިން ކަންނޭނގެ ޚަބަރުން ދުށީ. ދެން މި ފެނުނީ މި ހިތާމަވެރި ހާދިސާ. ވިސްނާށެވެ. އިބްރަތް ހާސިލުކުރާށެވެ. ހުރިހާ ކަމެއް ހިންގަވާ ފަރާތުގެ ރޭވުން ފުރިހަމަ އެވެ. ފަހަރެއްގައި ވެސް އެފަރާތުގެ ރޭވުން ބަދަލުވުމެއް ނެތެވެ.
ފޮނިޓައްޕު ހަސަނު
16 December 2022
ތިޔަ އަލިފާނުގެ ހާދިސާ ދިމާވުން އެކަޝީގެންވާ ތިން ސަބެއް އެބަވޭ. 1- ކޮންޓްތރެކްޓަރަށް މަސައްކަތް ނިންމަން އެއްބަސްވި ތާރީޚަށް ނިނިމޭތީވެ އިޒުރެއްް ދެއްކުމުގެ ގޮތުން ކަމެއް ކުރުން. 2- ބުރިޖުގެ މަސައްކަތައް ހަސަދަވެރިވާ އިދިކީލަ ޕާޓީ މީހުންގެ ނޭއްގާނީ އަމަލެއްގެ ޝިކާރައަކަށް ވުން. 3- ކޮންޓްރެކްޓަރު އިންޝޫރަންސް ކްލއެިމެއްް ކުރުމުުގެ ބޭނުމުގައި ހިންގާލިކަމަކަށް ވުން.
ކލިމިން
17 December 2022
ޕްލެޓް ފޯމް ފަރަށް އެރުން ، ކެރޭނު ބިނދުން، އަވަސް ކުރަން 100 މިލިއަން ޑޮލަރު އިތުރުކުރުން. ފެންވަރު މޮޅު ޒަމާނީކަމުން ދިމާވާ ކަމަކަށް ވެދާނެ.
ނަންނަނ
16 December 2022
ދެން ދީ އަލިފާން ރޯވީމާ ލިބުނު ގެއްލުމުގެ ބަދަލު.
އޮޅާލާފައޭ
16 December 2022
ހައުސިންގް މިނިސްޓްރީގެ ގާބިލް ކަމާއި މެދު ވަރަށް ބޮޑަށް ސުވާލު އުފެދެއޭ އަދި އެމިނިސްޓްރީން މިކަމަށް ކަނޑައެޅި ކޮންސެލްޓެންޓުންނަށް ޔޫރަޕްގެ ނަމެއްކީ ނަމަވެސް އެމެންނަކީ އެއީ ސީދާ އިންޑިއާ މީހުންނޭ ތިޔާ ބުނާ ކޮންސެލްޓެންޓުން މޮޅުނަމަ އެފްކޮންސްގެ އެކޮމެޑޭޝަން ބްލޮކް ގައި ރޯނުވާނެ ކަން އެއީ ހަމަ ޔަގީން ކަމެކޭ ކޮންސެލްޓެންޓުން ނަމުގައި ރާޅާ އަޅަން އުޅޭ ޔޫރަޕްގެ ގްރޫޕްއެކޭ އަސްލަމް ހަޔަރ ކޮށްގެން އުޅެނީ އެމެން ކަޓޭ ކަނީ ކޮންސެލްޓެންސީ އޮންނަނީ
އިބްރާ1
16 December 2022
ރޯވީތަ؟ އިންޑިއާ މީހުން ގިނަ ތަންތަނުގަ ރޭގަނޑު ދަންވަރު ރޯވަނީ ކީއްވެ؟ ތަހުގީގެލޮލުން ބަލަން ޖެހޭ ޑިރެކްޝަން އެއް!!؟؟
ކަތުރުގެ ތަކުރު
16 December 2022
"އަލިފާން ނިއްވާލެވުނީ އެމްއެންޑީއެފުން ބުނިގޮތުގައި މެންދަމު 1:52 ގަ އެވެ." "އަލިފާނުގެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ،" އެމްއެންޑީއެފުން ބުންޏެވެ. އެހެންވީމާ ނިއްވާލެވުނީތޯ ނުވަތަ އަނދައި ހުލިވެގެން ނިވުނީތޯ!
ކޮޅުވެއްޓި
16 December 2022
ހާދަ ހީވެޔޭ މަރތަކާބެހޭ ރިޕޯޓާއި މިކަމާ ގުޅިދާނެހެން. ސަބަބުތައް : ރިޕޯޓަށް އިދިކޮޅުން ދިން ރައްދު,ބުރިޖު ހެދުމާއި ދެކޮޅުވާ މިންވަރު. މާލޭގައި ފަހުން ހިނގާދިޔަ އަލިފާނުގެ ހިޔާލު , އާދައިގެ ގޮތަކަށް ރޯވެފައިނެތުން.
ޒިމްވާ
17 December 2022
ކެރޭނުވެއްޓުމާ، ފަރަށް އެރުމާ ،އިންޑިޔާގަ ފެށުމުގެ ރަސްމިެްޔާތު ބޭއްވުމާ. މީ ދުނިޔޭގެ އަލަށް މިގޮތަށް އަޅާ ބްރިޖް
މަންމޯހަން ސިންގު
16 December 2022
މަސަކަތް ނުކުރަންވެގެން ދައްކާ ބަހަނާ ބުރިޖެއް އެމީހުން ނަކައްނޭޅޭނެ ނުވެސް އެނެގޭ ކަމެއްކުރާކައް މުޅިންވެސް ދެންފެންނާނީ ތިޔަޒާތުގެ ކަންތައް
އިންޖިނިއަރިންގްއޭ
16 December 2022
ދެން މާދަމާ ހުޅުވޭއިރު އެފްކޮންސް އިން ސަރުކާރަށް ފޮނުވާނެ 1 މިލިއަން ޑޮލަރުގެ ބިލެއް އެއީ އެމެންގެ މުވައްޒަފުން ތިބެން އެކޮމެޑޭޝަން އެއް ހަދަން މިމަހު ބްރިޖް މަސައްކަތް އަވަސް ކުރަން ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން 580 މިލިއަން ރުފިޔާ ބުރާސްފަތި ދުވަހު އިންޑިއާގެ އެފްކޮންސް އަށް ދީފިއޭ ތިޔާއީ މީހުން ބްރިޖް އަޅާ ގޮތަށް ބްރިޖް އަޅަން އުޅޭ ބައެއް ނޫނޭ މަމެން ހުވާ ކުރާނަމޭ ތިޔާ ގޮތަށް އަދި އިންޑިއާ އަށް ތިޔާ ބްރިޖް ނޭޅޭނެކަން ސަބަބަކީ މީ