ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ސިންގަޕޫރު އަތުން ވެސް ރާއްޖެ ބަލިވެއްޖެ

ރާއްޖެ އާއި ސިންގަޕޫރު މިއަދު ސިންގަޕޫރުގައި ކުޅުނު މެޗުގެ ތެރެއިން: މެޗުން ރާއްޖެ ބަލިވީ 3-1 ން --- ފޮޓޯ: އެފްއޭއެމް

17 ޑިސެމްބަރ 2022 - 17:29

16 comments

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި މިއަދު ސިންގަޕޫރު އަތުން 3-1 ން ރާއްޖެ ބަލިވެއްޖެ އެވެ.

މިއީ އެއް ހަފުތާތެރޭ ރާއްޖެއިން ކުޅުނު ދެވަނަ މެޗެވެ. މިދިޔަ ބުދަ މެލޭޝިއާ އަތުން ރާއްޖެ ބަލީވީ 3-0 ންނެވެ.

އޭގެ ދެ ދުވަސް ފަހުން މިއަދު ސިންގަޕޫރުގައި ކުޅުނު މެޗުގެ ފުރަތަމަ 11 ގެ މެޗަށް ގައުމީ ޓީމުގެ ކޯޗުގެ ފްރެންޗެސްކޯ މޮރިއޭރޯ ގެނައި އެންމެ ބަދަލެކެވެ. އެއީ މުހައްމަދު ޝަހާއުގެ ބަދަލުގައި ހަމްޒާ މުހައްމަދު ކުޅެން ނެރުމެވެ.

ރާއްޖެ އަށް ލަނޑު ޖަހައި ދިނުމަށް ފަހު އިބްރާހިމް މަހުދީ (17) އުފާފާޅު ކުރަނީ: އޭނާ ރާއްޖެ އަށް ލަނޑު ޖަހައިދިނީ ސިންގަޕޫރުން ފުރަތަމަ ލަނޑު ޖަހައިގެން ލީޑް ނަގައިފައިވަނިކޮށް --- ފޮޓޯ: އެފްއޭއެމް

މެޗު ފެށިގެން 4 ވަނަ މިނެޓްގައި ސިންގަޕޫރުން ވަނީ ލީޑް ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައި ދިނީ އިލްހާން ފަންޑީ އަހުމެދެވެ.

ސިންގަޕޫރަށް ލީޑްނަގައިގެން އޮންނަން ދިވެހި ޓީމުން ފުރުސަތެއް ނުދިނެވެ. ރާއްޖޭގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ހަމްޒާ ނެގި ކޯނަރު ބޮލުން ފޮނުވާލައި އިއްބެ ވަނީ ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.

އެކަމަކު ސިންގަޕޫރުން ވަނީ ދެވަނަ ހާފުގައި ނަތީޖާ ބަދަލުކޮށްފަ އެވެ. އެ ޓީމަށް ލީޑް ނަގައިދީ ލީޑް ފުޅާކޮށް ދިނީ ޝަވާލް އަނައުއާ އެވެ. ދެވަނަ ހާފުގެ ފެށިގެން ހަ ވަނަ މިނެޓްގައި އޭނާ ސިންގަޕޫރަށް ލީޑް ނަގައިދިނެވެ. އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލީ 87 ވަނަ މިނެޓްގަ އެވެ.

16 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 22%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެމް ބީ އޭ

18 December 2022

ރާއްޖޭ ގަ ދެން ކުޅިވަރު ހުއްޓާލަން ވެއްޖެ އެއްނު ދޯ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 December 2022

އަމިއްލަ ޤައުމުގައި ވާދަވެރި މުބާރާތެއް ނުވަތަ ހަމަހަމަކަމާއިއެކު ހުރިހާ އަތޮޅުތަކާއި ރަށްތަކަށް ވާދަކުރުމުގެ ފުރުސަތުނުދީ އޮންނަ ތަނެއްގައި ޤަބީލާއެއްގެ ތެރެއިން ނުވަތަ މުޤައްދަސް ރަށްކޮޅުން ހޮވާލާ ކުދިންކޮޅެއް ނެގުމަށްފަހު އެ ޓީމްގެ ނަމުގެ ކުރިއަށް "ޤައުމީ" ލައިގެން ބަޔަކު އެއީ ޤައުމީޓީމޭ ކިޔައި އުޅުނު ކަމުގައިވިޔަސް އެކަން ޙަޤީގަތަކަށް ނުވާނެ. # ޤައުމީ ޓީމެއް އޮންނާނީ ހަމަހަމަކަމާއިއެކު ވާދަކުރެވޭ ޤައުމީ ލީގެއް އޮވެގެން. ފުރަތަމަ އެކަން ކުރޭ.

The name is already taken The name is available. Register?

ބާލައާދަނު

18 December 2022

މިތާ ކޮމެންޓް ކޮއްފަ ތިބި ފަރާތްތަކަށް ބުނެލަން ބޭނުންވަނީ ޤައުމީޓީމަށް ހިތްވަރު ނުދެވޭ އިރު އުންމީދުތައް ތިހާ މަތީގަ ނުގެންގުޅޭށޭ.

The name is already taken The name is available. Register?

ިިޔޔޔގވބބ

17 December 2022

ހޮލިޑޭ ޓްރިޕްސް. ނޯ ޓެކްޓިކްސް އިން ޕްލޭ.

The name is already taken The name is available. Register?

ރެކިފުތާ

17 December 2022

ސްޓްރެޓެޖިކް ޕްލޭނެއް ނުވަތަ އެއްވެސް ޕްލޭނެއް ދިރާސާއެއްކުރުމެއްނެތް. ފުޓުބޯޅައިގެ މުސްތަގުބަލު ބިނާކުރުމަށް ކުޑަކުދިން ތަމްރީނުކުރުމަށް އެހެން ގައުމުތަކުގައި ތިބެނީ ކުރިން ގައުމީޓީމުތަކަށާއި ބޮޑެތި ލީގުތަކުގައި ކުޅެ އެތަކެއް ތަޖުރިބާލިބިފައިތިބި އެކްސްޕާޓުން. ސީލައިސަންސެއް ހޯދައިގެން އައިސް ކުޑަކުދިން ރަގަޅަށް ތަމުރީނުކުރެވޭނެބާއޭ ހިތަށްއަރާ. އެކުދިންނަށް ނުބައިކޮށް އެއްޗެއް ކިޔާދޭ ހިސާބުން އެކުދިންގެ ކެރިއަރު ހަލާކުވީ. މީމިތަނުގެ ހާލަތު.

The name is already taken The name is available. Register?

ޅަދު

17 December 2022

ކީއްކުރަން ކުފުޓްބޯޅަ އަށް ހަރަދު ކުރަންވީ! އެހެން ކުޅިވަރު ތައްކުރި އަރުވަންވީ ރީތިނަން ހޯދަދޭ ކުޅިވަރުތައް ރަންމެޑަލް ހޯދާ ކުޅިވަރުތައް! ބޮޑީބިލްޑިންގ ކަހަލަ

The name is already taken The name is available. Register?

ލާމަސީލު

17 December 2022

ޒުވާން ޕްލޭޔާސް އަށް ގިނަގިނައިން މިކަހަލަ އެކުވެރިކަމުގެ މެޗްތަކުގަ ޗާންސް ދޭންވީ. އޭރަށް މުބާރާތްތަކުގަ ތަފާތު ފެންނާނެ.

The name is already taken The name is available. Register?

މިސާލުތާ

18 December 2022

ދަގަނޑޭ އާއި އުމޭރު ޒުވާން ކަމުންތާ ޓީމުގަ އެހެންވީމަ ހިމެނީ.

The name is already taken The name is available. Register?

ޑެބީ

17 December 2022

ހޯސޭ މޮރީނޯ ކީއްކުރަން ޖާޑިޔޯލާ ގެނަޔަސް ގައުމީ ޓީމަަަަަށް މިނޫންވަރެއް ނުވާނެ. ކުޅުންތެރިންގެ ހުނަރާ ފެންވަރު ނެތިއްޔާ ކޯޗަށް ވަކި ކީއްކޮށްދެވޭނީ.

The name is already taken The name is available. Register?

ޙަސން

17 December 2022

ދެން އާދެ މާލެ. ތީ ވާނެ ވަރަކީ

The name is already taken The name is available. Register?

ވާންޗޯސް

17 December 2022

ގައުމީ ޓީމޭ ކިޔައިގެން މިޢުޅޭ ލަދުވެރިކަމުން ރައްޔިތުން ސަލާމަތް ވާން ވެއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454