މި އަހަރުގެ "މިސަސް ވޯލްޑް" ކާމިޔާބު ކުރި އިންޑިއާގެ ސަރްގަމްގެ ބޮލުގައި ތާޖު އަޅުވަނީ
20 ޑިސެމްބަރ 2022 - 06:15
މީހުންނާ އިނދެގެން އުޅޭ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ބިއުޓީ ޕެޖެންޓު "މިސިޒް ވޯލްޑް" ގެ މި އަހަރުގެ ތާޖު، އިންޑިއާގެ މުމްބާއީ އަށް އުފަން ސަރްގަމް ޝައުކަލް ހޯދައިފި އެވެ. އިންޑިއާ މީހަކަށް މި މަގާމް ލިބިފައި މިވަނީ 21 އަހަރަށް ފަހު އެވެ.
އިންޑިއާގެ މުމްބާއީ އަށް އުފަން ސަރްގަމް، "މިސިޒް ވޯލްޑް" ކާމިޔާބުކުރީ 63 ގައުމެއްގެ ބައިވެރިންނާ ވާދަކޮށްގެން
"މިސިޒް ވޯލްޑް" ބިއުޓީ ޕެޖަންޓަކީ 1988 ވަނަ އަހަރުން ފެށިގެން ބާއްވާ މުބާރާތެވެ. އެންމެ ފަހުން އިންޑިއާގެ އަންހެނަކަށް މި މުބާރާތް ކާމިޔާބުވީ 2001 ވަނަ އަހަރު އެވެ.
މި އަހަރުގެ "މިސިޒް ވޯލްޑް" މަގާމް ސަރްގަމް ކާމިޔާބުކޮށްފައި ވަނީ 63 ގައުމެއްގެ ބައިވެރިންނާ ވާދަކޮށްގެންނެވެ. އޭނާއާ ތާޖު ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު އެ މަގާމު ހޯދި، އެމެރިކާގެ ޝެލީން ފޯޑެވެ. ފާއިތުވި އަހަރުތަކުގައި އެ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައި ވަނީ ވެސް އެމެރިކާގެ ބައިވެރިންނެވެ.
"ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އަތުވެއްޖެ. އެކާވީސް އަހަރަށް ފަހު [މިސިޒް ވޯލްޑް] ތާޖު އަހަރަމެންނަށް" އިންސްޓަގްރާމުގައި ސަރްގަމް ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އިންޑިއާ އަށް 21 އަހަރަށް ފަހު "މިސަސް ވޯލްޑް" ލަގަބް ހޯދައިދިން ސަރްގަމް
އިންޑިއާގެ ބައެއް ނޫސްތަކުގައި ވާގޮތުން، ސަރްގަމް ވަނީ އިންގްލިޝް ލިޓްރޭޗާ އިން ޕޯސްޓްގްރެޑުއެޓް ޑިގްރީ ހޯދާފަ އެވެ. މީގެ ކުރިން އޭނާ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާއިރު، އޭނާގެ ފިރިމީހާއަކީ އިންޑިއާ ސިފައިންގެ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނބުކޭ
20 December 2022
އަހަރެމެންގެ ކައިޒީ ބައިވެެރިވާން ކިހިނެއްތަ މީގައި.
ށަވިޔަނި
20 December 2022
އުފާވެލާ. ކަލޭމެންގެ އުފަލަކީ ތިއީ.
ޖޭވާ
21 December 2022
ވަރަށް ޖޭވޭދޯ