އެމްޑީޕީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ރަޝީދު (އިބުރޭ) ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 ޑިސެމްބަރ 2022 - 17:52
އެމްޑީޕީގެ މެމްބަރުން މިހާރު އެ ޕާޓީން ވަކިކޮށްދެނީ އެ މެމްބަރަކު އަމިއްލަ އަށް އެކަމަށް އެދުމުން ނޫނީ އެ މެމްބަރަކު އެހެން ޕާޓީއަކަށް ސޮއި ކުރުމުން އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންގުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) އެހެން ވިދާޅުވީ، އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކޮށް، މެމްބަރުން ގަޑުބަޑުކޮށްފައިވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެން ދެއްވި ރައްދެއްގަ އެވެ.
އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ނަޝީދު، އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، އެމްޑީޕީގެ ދަފުތަރުން އެނގުމަކާ ނުލައި 40 ޕަސެންޓަށް ވުރެ ގިނަ މެމްބަރުން ވަކިކުރުމުން ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށެވެ.
ނަޝީދުގެ ސިޓީގައި ފައްޔާޒުގެ އަރިހުން އެދިވަޑައިގަތީ އެ މެމްބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރު ކޮށްދެއްވުމަށެވެ. އެ މަނިކުފާނު ވިދާޅުވީ، އެ މެމްބަރުންގެ ބައިވެރިވުމާ ނުލައި ޕްރައިމަރީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށެެވެ.
އެކަމާ ގުޅިގެން އިބުރޭ މިއަދު "މިހާރު" އަށް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ ދަފުތަރަކީ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ދަފްތަރެއް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، އެމްޑީޕީން އަމިއްލަ އަށް އެދިގެން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކޮށްގެން އެންގުމުން ނޫން ގޮތަކަށް މިހާރު އެ ޕާޓީން މެމްބަރުން ވަކި ނުކުރެ އެވެ.
"އެމްޑީޕީން އެއްވެސް މެމްބަރަކު އަމިއްލަ އަށް އެދިގެން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކޮށްގެން އީސީ އިން އެކަން އެންގުމުން ނޫން ގޮަތަކަށް މިހާރު ވަކި ނުކުރަން،" އިބުރޭ ވިދާޅުވި އެވެެ.
ސިޔާސީ ޕާޓީތަކަށް އަބަދުވެސް މީހުން ގުޅި، ވަކިވަމުންދާތީ އެއްވެސް ޕާޓީއެއްގެ ދާއިމީ ދަފްތަރެއް ނޯންނާނެ ކަމަށް އިބުރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ދަފުތަރުން މެމްބަރުން ވަކި ކުރި ކަމަށް ނަޝީދު ވިދާޅުވަނީ، އީސީގެ ދަފްތަރުގައި ނުހިމެނޭ އެމްޑީޕީގެ މީހުންގެ ތެރޭގައި އެހެން ޕާޓީތަކުގައި ވެސް ރަޖިސްޓަރީ ވެފައިވާ މެމްބަރުން ހިމެނޭތީ އެ އެންމެން ޕާޓީން ވަކި ކުރަން ގައުމީ މަޖިލީހުން ކުރި ނިންމި ނިންމުމަކާ ގުޅުވައިގެންނެވެ.
އެގޮތަށް ގައުމީ މަޖިލީހުން ނިންމީ، ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ކުރިން ހުށަހެޅި ގަރާރަކާ ގުޅިގެންނެވެ. ގައުމީ މަޖިލީހުން އޭރު ނިންމީ އެމްޑީޕީގެ އެކި މަގާމުތަކުގައި ތިބި މީހުންގެ މެމްބަޝިޕް ވަގުތުން ސައްހަކޮށް، އެހެން ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައި ތިބި މީހުން ވަކިކުރުމަށެވެ.
އީސީގެ ދަފްތަރުގައި ނުހިމެނޭ މީހުން އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އީސީގެ ދަފްތަރުގައި ރަޖިސްޓަރީވާން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވެސް އޭރު ނިންމި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެމްބަރު
20 December 2022
އިބުރޭމެން ކޮންމެ އެއްޗެކޭ ކިޔަސް އަހަރެން އެމްޑީޕީ އިން ވަކިކުރީ ރުހުމުގައެއް ނޫން! އަދި އެމްޑީޕީގެ ގޮފީގެ ރައީސް ކަމާއި ދާއިމިކޮމެޓީގެ މެމްބަރުކަން ވެސް ކުރިން. ދުވަހަކު ވެސް އެހެން ޕާޓީއެއްގެ ދަފުތަރުގައި ނުޖެހެން. އަދި ނަންވެސް ހިމެނިފައި ނެތް. އެކަމަކު އަހަރެންވެސް ޕާޓީން ވަކިކޮށްލީ އަސާސީ ގަވާއިދާއި ޚިލާފަށް!
އަފީފާ .
21 December 2022
އިބްރެ މެން ދޮގުހެދުން ހުއްޓާ ލާން ހިތަށްވެސް ނާރާ.ތަ. މެންބަރުންނައް އެނގުމަކަައި ނުލާ ކަޱަމުން ދަނީ.
ގތވގތވގ
20 December 2022
ސިތީ ލެވުން އަދަދެއް ނޭނގެ، އަސިވެސް ވަކި ނުކޮށްދޭ،، ގުޅީމާ ފޯނެއް ނަގާ ތަނެއް ނޫން އެމްޑީޕީ އޮފީހަކީ
އެމީހ
20 December 2022
"އެމްޑީޕީން އަމިއްލަ އަށް އެދިގެން" މީ ލިޔުމުގެ ކުށަކަށް ނުވާނަމަ ނަޝީދު ބުނާވާހަކަ ރަނގަޅު
އޮނަރަބްލް އަފީފު ދީދީ
20 December 2022
މަދުބައެއްގެވަކިތަކުން ޕާޓީސަލާމަތްކުރަން، ވިންގުތައް އުފައްދާ ރީޖަންތަކަކަށްބަހާލާ "ލާމަރުކަޒީއުސޫލުން ޕާޓީހިންގުމަށް" ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެރީޖަނަކަށް "ދާއިރާ އަކުން" ރައީސަކާއި ނައިބެއްއިންތިޙާބުކޮށް، މިދާއިރާތަކުގެމެދުގައި ވޯޓްނަގާ ގިނަވޯޓް ހޯދާމީހަކަށް ޕާޓީގެ ރައީސްކަން ލިބޭގޮތަށް އަސާސީ ޤަވާއިދު ބަދަލު ކުރައްވާ.
ދީދާރު
20 December 2022
މިހާރުވެސް އެމް.ޑީ.ޕީ އެތުރިފައި އޮތީ ތިޔަހެން.
އޮނަރަބްލް އަފީފު ދީދީ
20 December 2022
ދީދާރު އަށް: ޕާޓީގެ އަސާސީ ޤަވާއިދުގައި ލިޔެފައި އޮތީ ކިހިނެއްކަމެއް ނޭގޭ. އެކަމަކު އިހައްދުވަހު ބޭއްވި އެމްޑީޕީ މަތިއުތުރު ދާއިރާގެ ރައީސްކަން ލިބުނީ "ދާއިރާގެ" ރަށްވެއްސަކަށްތޯ؟! އެމްޑީޕީ ކުރި އިއުލާނުގައި އޮތީ ހއ، ހދ އަދި ށަވިޔަނި އަތޮޅު ހިމެނޭ މަތިއުތުރު ދާއިރާގެ ރައީސަކަށް ހޮވުނީ ކ.އަތޮޅު މާލޭ އަކްރަމް ކަމާލުއްދީން ކަމަށް. # އެހެންވެ އަބަދުވެސް ބުނަމުން މިދަނީ "ދާއިރާ އަކުން" މެންބަރަކު ހޮވާނަމަ ހޮވާންވާނީ "ދާއިރާގެ ރަށްވެއްސެއް" ކަމަށް.
އޮނަރަބްލް އަފީފު ދީދީ
19 December 2022
އީސީ އިން ޕާޓީތަކުގެ މެންބަރުންގެދަފުތަރާއި "މެންބަރުންގެ ބޮލަށް" ފައިސާދިނުން ދޫކޮށްލާންޖެހޭ. # ބަދަލުގައިފައިސާދޭންވީ އިންތިޙާބުތަކުގައި ޕާޓީކާމިޔާބުކުރާގޮނޑިތަކަށް. މިސާލަކަށް ރައީސުލް ޖުމްހޫރީއްޔާގެ ގޮނޑިއަށް 5މިލިޔަން އޭނާގެނައިބް ގޮނޑިއަށް 2މ މަޖިލިސް ރައީސް ގޮނޑިއަށް 5މ ނައިބު ގޮނޑިއަށް 2 އަދި ކޮންމެމެންބަރެއްގެ (ރައީސާއި ނައިބް ނުހިމަނާ) ގޮނޑިއަށް ބައިލައްކަ، ސިޓީ މޭޔަރުންގެ ގޮނޑިއަށް 1މ ކައުންސިލަރެއްގެ ގޮނޑިއަށް 10 ހާސް ހަމަޖެއްސިދާނެ.
އޮނަރަބްލް އަފީފު ދީދީ
19 December 2022
ޕާޓީތައް އުފެދުނުއިރު އޮޕަޒިޝަން ޕާޓީއާއި ރޫލިންގ ޕާޓީގެ އިސްވެރިންގެ ވިސްނުމުގައި ހުރީ އިތުރު އެހެން ޕާޓީއެއް ނުވަތަ ޕާޓީތަކެއް އުފެދުމުގެ ފުރުސަތު ނުލިބޭގޮތަށް ޕާޓީތަކުގެ ޤާނޫނާއި ޤަވާއިދު ހެދުމަށް. # މިގޮތުން ރާއްޖޭގެ އާބާދީއާއި ނުކަތާވަރުގެ ބޮޑުއަދަދެއްގެ މެންބަރުން (ދިހަހާސް) ޕާޓީގެ ރެޖިސްޓްރީގައި ތިބުމަށްމަޖުބޫރުކޮށް ޤާނޫނު ހެދުމުގެ ނަތީޖާއެއްގެ ގޮތުން ޕާޓީތަކުގެ މެދުގައި "ގަނެވިއްކާ މުދަލަކަށް" ރައްޔިތުންވެގެން ހިގައްޖެ. މިކަން ބަދަލުކުރޭ.
މަމޮޅު
19 December 2022
ނަޝީދު ތިޕާޓީން ވަކިކޮށްބަލަ. ގައުމީ މަޖިލީހުގެ ނިންމުންތަކަށް އިހުތިރާމު ނުކުރާމީހަކު ޕާޓީގެ ރައީސް ކަމުގަ ހުންނަންޖެހޭ ސަބަބެއްނެތެވެ. ހުރިހާކަމެއް އެނގޭކަމަށް ހެދިގެން އުޅުމަށް ފުރުސަތު ދެވިގެން ނުވާނެއެވެ.
ގަޑުބަޑު
19 December 2022
އިބުރޭ އިތުރުފުޅު ނުހައްދަވާ. އަޅުގަނޑު ޕާޓީން ވަކި ކުރީ އިނގުމެއް ނެތި އެހެން ޕާޓީއަކު ނުވެސް އުޅެން ނުވެސް އުޅޭނަން.
ރޯނުއެދުރު001
20 December 2022
ނުކުރާނެ! އިނގިލީގެ ނިޝާން މައްސަލައިގައި މީހުން އުނި ކުރީ އެމް.ޑީ.ޕީ އެކަންޏެއް ނޫން. އެމީހުންނަށް ފުރުސަތުވެސް ދިން. އިނގިލީގެ ނިޝާން ސައްޚަކޮށްފަ އަލުން ޕާރޓީއާއި ގުލުމަކީ އެމީހެއްގެ ޒިންމާއެއް. ދެން އެ ދާއިރާއެއްގެ. އަމިއްލަ ޒިންމާ ނަގާ، ދެން އެހެންމީހުނަށް އިނގިލި ދިއްކުރޭ!