ސްޓެލްކޯ ފްލެޓްތައް. އެތަނުން 360 މުވައްޒަފުންނަށް ވަނީ ފްލެޓް ލިބިފައި--ފޮޓޯ:މިހާރު
21 ޑިސެމްބަރ 2022 - 00:01
ސްޓެލްކޯއިން ފްލެޓް ލިބުނު ފަރާތްތަކުން ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދީ، ފްލެޓް ނުލިބި ތިބި މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދުމުގައި އެހީތެރިވެދޭ ސްކީމެއް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ކަރަންޓުގެ ހިދުމަތުގައި 73ވަނަ އަހަރު ފާހަގަކުރަން ބޭއްވި ޖަލްސާގައި ޝަރީފު ވިދާޅުވީ އެ ކުންފުނިން މިހާތަނަށް ހިންގި އެންމެ ކާމިޔާބު ޕްރޮޖެކްޓަކީ ހައުސިން ޕްރޮޖެކްޓް ކަމަށެވެ. އެއާއެކު ފްލެޓް ނުލިބި ތިބި މުވައްޒަފުންނަށް ހާއްސަކޮށްގެން ވެސް އެހެން ފަރާތްތަކުގެ އަތުން ފްލެޓް ގަތުމުގައި އެހީތެރިކަން ފޯރުކޮށްދޭ، ހާއްސަ ސްކީމެއް އެކުލަވައިލާ އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ބޯހިޔާވަހިކަމަކީ ރާއްޖޭގައި މިހާރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަން. އެކަމުގެ ބޭނުންތެރިކަން އަޅުގަނޑުމެއްނަށް ފާހަގަކުރެވޭ. އެހެންވީމަ ކުރިމަގުގައި ސްޓެލްކޯގެ ސްޓާފުންނަށް ތަފާތު އެހެން ފަރާތްތަކުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ އަޅުގަނޑުމެން ވަރަށް އަވަހަށް ފޯމިއުލޭޓްކޮށް ނިންމުމަށް ފަހު ސްޓާފުންގެ ސްކީމެއް ތައާރަފްކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، މިހާރު ދޫކޮށްފައިވާ 360 ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު 18 އަހަރުން 25 އަހަރަށް އިތުރު ކުރަން ނިންމައި އެކަން ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ.
ސްޓެލްކޯ އިން މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. އެމްޑީ ޝަރީފު ވަނީ ފްލެޓް ލިބުނު މީހުންނަށް ލުއިގޮތްތަކެއް ހޯދައިގެން މަސައްކަތް ކުރަމުން އަންނަ ކަަމަށް ވިދާޅުވެފައި. --ފޮޓޯ:ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ނިޔަލަށް އެޑްވާންސް ޕޭމަންޓް ނުދެއްކި ތިބި ފަރާތްތަކަށް ފްލެޓްގެ ޖުމްލަ އަގުގެ ތެރެއަށް އެ ފައިސާ ހިމަނައިގެން ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ. މި ބަދަލާ އެކު ވެސް ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކުމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯއިން އެޅި 360 ފްލެޓް މުވައްޒަފުންނާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހު އެވެ. ޗައިނާގެ ރޯޓައިމްސް ކުންފުންޏާ ހަވާލު ކޮށްގެން އިމާރާތް ކުރި އެ ފްލެޓްތަކަށް 696 މިލިއަން ރުފިޔާ ހޭދަވި އެވެ. ނަމަވެސް މުވައްޒަފުންގެ އަތުން ނަގަން ހަމަޖައްސާފައި ވަނީ ޖުމްލަ 623 މިލިއަން ރުފިޔާ އެވެ. ފްލެޓްތައް އިމާރާތް ކުރުމަށް ހޭދަވި ބާކީ 73 މިލިއަން ރުފިޔާ ހަރަދުކުރީ ސްޓެލްކޯ އިންނެވެ. ފްލެޓްތަކަށް ދައްކަން ޖެހޭ 623 މިލިއަން ރުފިޔާ އިން 20 ޕަސެންޓުގެ ގޮތުގައި މިހާތަނަށް 114 މިލިއަން ރުފިޔާ މުވައްޒަފުންގެ އަތުން ވަނީ ނަގައިފަ އެވެ.
ސްޓެލްކޯއިން ދޫކޮށްފައިވާ އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް މުވައްޒަފުންގެ އަތުން ނަގަނީ 2.1 މިލިއަން ރުފިޔާ އެވެ. އަދި 1+2 ކޮޓަރީގެ އެޕާޓްމެންޓަށް ދައްކަން ޖެހޭނީ 3.7 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަހޭެ
21 December 2022
ކުންފުނިތަކުގެ މެންޑޭޓުގެ ނޯންނާނެ ފްލެޓް އަޅާކަށް. މީ ކިހިނެއްވެފަ އޮތް ގައުމެއްތަ އަޅެ.
ޙަހަހަ
21 December 2022
ލާރި ކާނެ އިތުރު ގޮތެއް ހޯދީ ދޯ
ފޫހި
21 December 2022
މިއީ ވަރަށް ވަރަށް ނުބައިކަމެއްގެ ފެށުން. ކުންފުނިތަކުގެ ކޮރޮޕްޝަން އިންތިހާ އެކަމަކު މިއުޅެނީ ހަމަ ފްލެޓް އަޅާށޯ. އަދި ދައުލަތުން ސަބްސިޑީ ދީގެން ހިންގާއިރުވެސް އަރާ ފޮނި ބަސްތައް އެބަދައްކާ. މިފަދަ ކަންކަން ހުއްޓާލުމަށް ގޮވާލަން. ދެން އަޑުއިވޭނީ ލަގްޒަރީ ފްލެޓް ސްޓެލްކޯގެ މަތީ މީހުންނަށް ގަނެދޭވާހަކަ. ނިވާފަތްގަނޑަކަށް ބޭނުންކުރާނީ ތިޔަބުނާ ސްކީމް. އެބައެއްގެ މެންޑޭޓް ހަނދާންނައްތާނުލާ. ކޮރޮޕްޝަނަށް ނޫނެކޭ ބުނޭ.
އާރީ
21 December 2022
އެމްއޭސިލުއަށް މިކަހަލަ އޯގާތެރި އެމްޑީއަކު ލިބުނި ނަމަ.
ޒާލިމު
21 December 2022
ތިޔަ ސްކީމެއް މެދުވެރިކޮށްގެން ނަމަވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުނަށް ތިޔަކަހަލަ ފްލެޓްގަނޑެއް ލިބޭނެ ސްކީމެއް ތަޢާރަފުކޮށްދީފިއްޔާ ކިހާރަނގަޅު. ރިސޯޓުތަކުގައި އުޅޭ މީހުނަށް ބައިވެރިވެވޭ އެއްވެސް ސްކީމެއް އެއްވެސް ސަރުކާރަކުންވެސް ތަޢާރަފެއް ނުކުރޭ.....
ޓީނޫ
21 December 2022
"ރާއްޖޭގެ ރައްޔިތުނަށް 24 ގަޑިއިރު ކަރަންޓު މި ދެވެނީ ސަރުކާރުގެ ހެޔޮފުޅުކަމުން" ޝަރީފް ވިދާޅުވި...
ތުނޑުހަސަނު
21 December 2022
ރައްޔިތުން ފެލައިގެން ސްޓެލްކޯ މުވައްޒިފުންނަށް ފްލެޓް. އެކަމަކު ވެސް ފައިދާވާކަމަކަށް ނުވޭ. ސަރުކާރުން ސަބްސިޑީއޭ ކިޔައިގެން ވެސް ރައްުޔިތުންގެ ފައިސާކޮޅު ދަމައިގަނޭ.
1828
21 December 2022
ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ މަސައްކަތްތެރިންނަކީ ސަރުކާރުތަކަށް ބޭކާރުބައެއްކަން މިފަދަކަންކަމުން ޔަޤީންކުރެވޭ. އެކަމަކު ޕްރައިވެޓް ސެކްޓަރއާއި ނުލައި މިޤައުމު ހިންގޭނެ ހަމައެއްވެސް ގޮތެއްނެތް. އެހެންނަމަވެސް އެއީ ސަރުކާރުތަކަށް ބޭކާރުބަޔަކަށް ވެނިމިއްޖެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސީދާ ޓާގެޓް މިކުރަނީ ސަރުކާރުގެ މިވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މަސައްކަތްތެރީންނަށް. ކޮންފަދަ ބޭއިންސާފެއް ތޯ؟
ތުނޑުހަސަނު
21 December 2022
ތިވާހަކަ ވެސް ރަނގަޅު. އެކަމަކު ތިކަމަށް އިސްނަގަންޖެހެނީ ޕްރައިވެޓް ސެކްޓަރއިން. ބޮޑު ބިޔަ ކުންފުނިތައް އެބަހުރި. ބިން ގަންނަން ލިބެން އެބަހުރި. ތިޔަ ކުންފުނި ތަކުގައި ފައިސާ އެބަހުރި.
އެކްސިް
21 December 2022
ބޭނުންވަނީ ގައުމީ ޙައްލެއް. ސަބްސިޑީއިން ހިންގާ ކުންފުނި ތަކުން ތިހެން ފްލެޓް އަޅަންޏާ ގޯސް.