21 ޑިސެމްބަރ 2022 - 12:44
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފް ނެރޭ ގައުމުތަކާ ގުޅޭ "އާޓިކަލް ފޯ" ޕްރެސް ރިލީޒްގައި ބުނީ، ޓޫރިޒަމް ކުރިއަރަމުން އަންނާތީ ރާއްޖޭގެ އިގްތިސާދު ވެސް އަންނަ އަހަރު ކުރިއަށްދާނެ ކަމަށެވެ. މި އަހަަރު ރާއްޖޭގެ އިގްތިސާދު ކުރިއެރީ 10.5 ޕަސެންޓުގަ އެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަށްދާ މައިގަނޑު ސަބަބަކީ ޓޫރިޒަމް އިތުރަށް ފުޅާވުން ކަމުގައިވީ ވިޔަަސް، ދަތުރުފަތުރުގެ ދާއިރާ އާއި އާންމު ވިޔަފާރިތައް ވެސް ކުރިއަރާނެ ކަމަށް ބުނެފައިވެ އެވެ.
އައިއެމްއެފުން މިގޮތަށް ލަފާކޮށްފައި ވާއިރު މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ރާއްޖޭގެ އިގްތިސާދު ކަމަށް 7.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފަ އެވެ.
އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގެ އިންފްލޭޝަން ވެސް އަންނަ އަހަރު މަތިވާނެ އެވެ. އެ އިދާރާގެ ލަފަޔަކީ އަންނަ އަހަރު 4.9 ޕަސެންޓަށް އިންފްލޭޝަން މަތިވުމެވެ. އެހެންވެ ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ޖީއެސްޓީ ބޮޑު ކުރުމުގެ ސަބަބުން ވެސް ތަކެތީގެ އަގުތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށް އައިއެމްއެފް އިން ބުންޏެވެ.
އައިއެމްއެފް އިން ވަނީ ރާއްޖޭގެ އާމްދަނީ އިތުރުވިޔަސް ބަޖެޓު ޑެސިފިޓް ބޮޑުވަމުންދާކަން ފާހަގަކޮށްފަ އެވެ. މިހެން ވުމުގެ މައިގަނޑު ސަބަބަކީ ކެޕިޓަލް ހަރަދުތައް އިތުރުވުމާއި ރިކަރަންޓް ހަރަދުތައް އިތުރުވުމެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގްރާންޓުގެ ގޮތުގައި ދޭ އެހީތަކުގެ ސަބަބުން ވެސް ބަޖެޓު ޑެފިސިޓް އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.
އައިއެމްއެފް ނެރޭ "އާޓިކަލް ފޯ" ރިޕޯޓަކީ ގައުމުތަކުގެ އިގްތިސާދީ ހާލަތު ބަޔާންކޮށް ނެރޭ ރިޕޯޓެކެވެ. މިދިޔަ އަހަރު ވެސް އައިއެމްއެފްގެ ރާއްޖޭގެ އާޓިކަލް ފޯ ރިޕޯޓު އާންމެއް ނުކުރެ އެވެ. މިއީ ގައުމުތަކުގެ ސަރުކާރުގެ ހުއްދައާ އެކު ނޫނީ އާންމުކުރާ ރިޕޯޓެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަޗަ
22 December 2022
އައިއެމްއެފަށްވެސް މަނީކޮޅެއް ދީގެން ތިޔަކަހަލަ ވާހަކައެއް ދައްކާނީ.
އޮނަރަބްލް އަފީފު ދީދީ
22 December 2022
އިޤްތިސޯދު ރަނގަޅުވެ ކޮރަޕްޝަންގެ ދަރަޖަ ތަންމިނަށް ވެއްޓި ލޯ އެންފޯސްމަންޓު ހައްދުން މައްޗަށް އަރައި އަމުދުން ހިއުމަންސް ޓްރެފިކިން އާއި މަނީ ލޮންޑަރިން ކީއްކުރަންތޯ ޑްރަޤަކީ ދުނިޔޭގައި ލެއްވި އެއްޗެއްކަންވެސް ނޭގޭ ބަޔަކު ތިބި ޤައުމުގެ ޙަޤީގީ ހާލަތު އައިއެމްއެފަށް ނޭގުނު ކަމުގައިވިޔަސް މިޤައުމުގައި ދިރިއުޅޭ މިޤައުމުގެ ރަށްވެހިންނަށް މިތަނުގެ ހާލަތު އޮޅިފައެއްނެތް. އެމްއެމްއޭ ޤަވަރުނަރު ވިދާޅުވި ޑޮލަރުގެ އަގު ކަޑައަޅަނީ ބިދޭސި އެކޭ.
ކޮރަލް
21 December 2022
ރާއްޖޭގެ އިގްތިސާދު ދަނީ ކުރިއަށެވެ. އެކަމު ހުރިހާ ޑޮލަރެއްދަނީ ރާއްޖެ އިން ބޭރަށެވެ. އައި އެމް އެފުން ޑޮލަރު ތަކަށް ވާގޮތެއް ނޫނީ ޑޮލަރު ތައް ބޭރުވާ ސަބަބު ބަލާފަ އެއްޗެކޭ ބުނެ ބަލާށެވެ.
ާއަލިމަނިކުބެ
21 December 2022
ސަރުކާރަށް ތިޔަ ރިޕޯޓު ޕަބްލިސް ކުރަން ނުކެރިގެން ތިއުޅެނި ކީއްވެބަާ
ކަނޑުކޮހޭ
21 December 2022
ތިޔައީ ދުނިޔޭގެ އުފެއްދުންތެރި ޤައުމުތަކުގައިވެސް އަހަރަކު އަރާވަރެއްނޫން. މީ މަސްނޫން އެއްޗެއް ނޫފައްދާ ޤައުމެއްގަ ކުރިއަރާނެވަރޭ ބުނީމާ ތިޔައީ އައިއެމްއެފްއިން ބުނިއެއްޗަކާ ވައްތަރެއްނޫން. ތިޔައީ ގަމާރުންތިބި ޖަމުއިއްޔާއެއްތަ އަނެއްކާ؟ އަލީ ހާސިމަށްވުރެ ފެންވަރުދަށް ބައެއްތީ. ރާއްޖެއަކުނެތް ތިވާހަކަ ގަބޫލުކުރާނެ ދިވެއްސެއް
އޮނަރަބްލް އަފީފު ދީދީ
21 December 2022
އިޤްތިސޯދު ކިޔައިއުޅެނީ ހައެއްކަ މަހުޖަނުންގެ ޖީބަށް ވަންނަ ޑޮލަރަށާއި މީހުން ދިރިއުޅޭ 200 ވަރަކަށް ރަށުގެ މައްޗަށް ބާރުހިންގާ ރަށަކަށް ވަންނަ ފައިސާއަށް ނަމަ ތިޔަބުނާ ކުރިއެރުން ލިބިދާނެކަމަށް ޤަބޫލު ކުރަން. # އެކަމަކު ދިވެހިދައުލަތުގެއާމްދަނީއާއި މިޤައުމުގެރައްޔިތުންގެ ތަނަވަސްކަން ތިބުނާދަރަޖައަކަށް ނުއުފުލޭނެ. މިހާރުވެސް ދައުލަތް އޮތީ އެތައްހާސް މިލިޔަންޑޮލަރަށް ދަރާ ދަރަނިވެރިވެފަ. ހަނޑޫ ހަކުރު ފުށް ގަންނަނީވެސް ދަރަންޏަށް. މިއީ ޙަޤީގީ ޙާލު.
ބަރުބާދު
21 December 2022
އިގްތިސޯދު 6.6 ޕަސެންޓައް ކުރިއެރިއިރު ކޮރަޕްސަން މިއޮތީ 12.12 ޕަސެންޓައް ކުރިއަރާފަ. އެއީދޯ މިގައުމު އިނދަޖެހި ބާޒަރުކުރަން ފިހާރައިން އެއްޗެހިލައިދޭ ކޮތަޅުގަނޑުންވެސް 2 ރުފިޔާ ނަގާ، ޖީއެސްޓީ 8 ޕަސެންޓައް ބޮޑުކޮއް އެވަރުންވެސް މިގޮވަނީ އަދި އެއްދައުރައް ވެރިކަމުގަ ބަހައްޓާދޭށޭ!!!!!. ޮ
ދެންމެ ދެންމެ
21 December 2022
ހަދާ ދޮގު
އެކަލޯ
21 December 2022
އިގްތިޞާދު ކުރިއަރާ ކޮންމެ ގައުމެއްގަ އާންމުންގެ ފުދުންތެރިކަން ވަނީ އިތުރު. މި ގައުމުގަ އިޤްތިޞާދު ކުރިއަރާ ވަރަށް އާންމުންގެ އަތްމަތި ދަތިވަނީ. މި ވާގޮތް އޮޅުން ފިލުވާ ދީބަލަ.