މަޖީދީ މަގުގައި ހުންނަ އުރީދޫގެ މައި އޮފީސް. އުރީދޫއިން ވަނީ ތިން ޑޭޓާ ޕެކެއް ތައާރަފްކޮށްފަ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
21 ޑިސެމްބަރ 2022 - 16:47
އުރީދޫއިން ސްކޫލު ބަންދާ ދިމާކޮށް ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ މަގޭ ޕްލޭން ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
އުރީދޫން ތައާރަފުކުރި ޕެކޭޖުތަކަކީ އެއް މަސް ދުވަހުގެ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖުތަކެކެވެ. އެ ޕެކޭޖުގެ ދަށުން 450ރ. އަށް 85 ޖީބީގެ ޑޭޓާ ލިބޭނެ އެވެ. އަދި 500ރ. އަށް 100 ޖީބީގެ ޑޭޓާ އެލަވަންސް ލިބެ އެވެ. އެ ޕްލޭނުގެ ދަށުން ލިބޭ އެންމެ ބޮޑު ޑޭޓާ ޕެކަކީ 750ރ. އަށް ލިބޭ 150 ޖީބީގެ ޑޭޓާ ޕެކެވެ.
✨ Massive data benefits with #MageyPlan packs!
— Ooredoo Maldives (@OoredooMaldives) December 20, 2022
Get 150GB for the whole month for just MVR 750! 🤩
Activate now: https://t.co/jStb2HPfik#UpgradeYourWorld pic.twitter.com/lmqrk0OJY4
އެ ޕެކުތައް އުރީދޫ މޮބައިލް ޕެކުތައް މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ އެވެ.
އުރީދޫއިން ދަނީ އެކި ޗުއްޓީތަކަށް އަމާޒުކޮށް މި ފަދަ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕެކުތައް ތައާރަފް ކުރަމުންނެވެ. މި ފަހަރުގެ ޑޭޓާ އެލަވަންސަކީ ސްކޫލު ބަންދާ ދިމާކޮށް ތައާރަފްކުރި ޕެކުތަކެއް ކަމަށް އުރީދޫއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުޅޭ
25 December 2022
އެންމެ ކަމުދަނީ އޫރިދޫ ޕޯސްޓަރތަކުގައި އެތިބޭ މީހުން
1828
22 December 2022
މާލޭ މީހުން ރާއްޖެތެރެއަށް ޗުއްޓީ ހަދާލަންދާތީ އެމީހުން ހިތްއުފާކޮށްލުމަށްޓަކައި ތައަރާފްކުރި ޕެކެޖެއް.