ކުއްޖަކާ ބެހިގެން ޖަލަށްލި މުނިކާފަ: އޭނާއަށް އިތުރު ޖަލު ހުކުމެއް ވަނީ އިއްވާފައި
25 ޑިސެމްބަރ 2022 - 15:57
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މުނިކާފަ އެހެން ކުއްޖެއްގެ ކައިރީގައި ޖިންސީ އަމަލު ހިންގަން އެދުނު މައްސަލައެއްގައި ދޮޅު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2020 ގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ކުއްޖާގެ މުނިކާފަ އާއި ކާފަގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އޮތީ އިއްވައިފަ އެވެ. އެއީ މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު ބޮޑު މައްސަލަ އެކެވެ.
މުނިކާފަ ހަސަން ދީދީގެ މައްޗަށް އިތުރު ހުކުމެއް މިިދިޔަ ހަފުތާގައި އިއްވީ ޑިސެމްބަރު، 2019 ގައި ކުއްޖެއް ކައިރީގައި ޖިންސީ އަމަލެއް ހިންގަން އެދުނު މައްސަލާގަ އެވެ. އެ ކުއްޖާ މަގުމަތީގައި ކުޅެން ހުއްޓާ ފައިސާ ދޭން މަސައްކަތްކޮށް، ހަސަން ދީދީގެ ކޮޓަރިއަށް ދިއުމަށާއި އަދި ޖިންސީ މުއާމަލާތެއް ހިންގަން އެދުނެވެ.
އުމުރުން 82 އަހަރުގެ ހަސަން ދީދީގެ މައްޗަށް އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ގާނޫނުލް އުގޫބާތުގެ ދަށުން، ޖިންސީ މުއާމަލާތެއް ހިންގަން އެދުނުކަމުގެ ދައުވާ ސާބިތުވުމުންނެވެ.
ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، ދެން ތަންފީޒު ކުރަން ޖެހޭނީ 22 އަހަރުގެ ޖަލު ހުކުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
26 December 2022
އެހެންވީމަ އުމުރު ހުސްވެގެން ވެސް އިތުރ ދޮޅު އަހަރު ވަޅުނުލާ ޖަލުގައި އޮންނަން ޖެހޭނެ
އާސިމައިދި
26 December 2022
މިނިވަން ވާއިރު އުމުރުން ހުންނާނީ 107 އަހަރުވެފަ.
ކައްގަލް
26 December 2022
އަދި އިތުރު 1 މަހާއި 24 ދުވަސް އޮވެފަ
މާހިރު ބެ
26 December 2022
އެދުވަސް ނުދައްކަވައިފިއްޔާ ކަލާކޮ!
ަމަލްޓީ ސްޓާ
25 December 2022
އައްޑޫގައި ކުޑަ ކުދިންނާއި ބެހުން އާއްމު ކަމަކަށްވެގެން އުޅެނީ އެކަން ހައްލުކުރާން ތިބި މީހުން އިހުމާލުންނެވެ. ނޫސްވެރިންނަށް ވާވަރުވެސް ޒިންމާ ހާވަލުވެތިބި މުއައްސަސާތަކަށް ނުވެއެވެ. ހަގީގަތުގައިވެސް ޑިމޮކްރަސީއެއް ނޫސްވެރިންނާއި ނުލައި ފުރިހަމަ ނުވެއެވެ. ކަނޑަހުޅުދޫ މީހަކު ތުއްތު ކުއްޖެއްގެ ހައްގަށް އެރިއަސް ނުވަތަ އައްޑޫގައި އެފަދަ ކަމެއް ކުރިޔަސް ނޫސްވެރިން ރިޕޯޓް ކުރެއެވެ. ދެންއޮތީ ފަލަކު ކުދިން ފަލަކީ ހިސާބު ނުޖަހައި އެކަން ހައްލުކުރުމެވެ.
އަދާލަތު
25 December 2022
ކަނޑަ ހުޅުދޫ މީހުން އައްޑޫ ކައުންސިލްގައި ތިބުމަކީ މައްސަލައެއް ނޫނެވެ. ބައެއްފަހަރު އަނގަވެސް ހަޑިވާން ޖެހޭނެއެވެ.
ބޯޅަބިމެ އަހައްމަދާ
25 December 2022
ބަލަ އައްޑޫގައި ތިޔަ މައްސަލައަކީ ކުރީންވެސް އޮތް މައްސަލައެއް ނޫންތަ؟ ޝިނާޒް ފްލެޓާއި ހަވާލުވެގެން އަލަށް ފްލެޓް ސަރަހައްދަށް ގެނައި ތަރައްގީއަށް ހިޔަނި އަޅުވަން ވެގެން ގަސްތުގައި އުޅުނަކަސް ޝިނާޒްއަކީ ކިޔަވައިގެން ހުރި މޮޅު މީހެކެވެ. ގަތަރުން އެއާރވޭސްގެ ޕަައިލެޓްކަށް ހުރެފައި އައްޑޫ ކައުންސިލްއަށް ހޮވުނީ ވާދަވެރި އިންތިޚާބަކުންނެވެ. އަދާލަތުހެން ޑީފޯލްޓްކޮށް ހޮވުނީއެެއްނޫނެނެވެ. ތިންނާޅާ ފަދަ ބޭފުޅުންނާއި ވާދަކޮށް މޮޅުވެގެންނެވެ.
ާކިމް
25 December 2022
ޢުމުރުދުވަހު އެ ނުބައިގޮތްގޮތަށް އުޅެފަ އުމުރު ހަމަވާންވީމަ ހުކުމް
އައިސާބީގެ އައްލާ
25 December 2022
ޝިނައްޓޭ އެހެން އުޅުނީ ގަތަރުގައި އުޅުނު އިރު! ފަހުން ރަނގަޅުވެގެން ހޭލުންތެރި ކުރުވާން އުޅެނީ.
މުސްތަންސިރު މުސްތަފާ
25 December 2022
މިފަހުން ބަދު އަޚްލާގީ މިފަދަ މައްސަލަ އެއްމެ ބޮޑަށް ފާހަނގަވަނީ އައްޑޫ ސިޓިގައެވެ. މިފަދަ މައްސަލަތަށް ހައްލުކުރުމަށާއި އަދި މީހުން ހޭލުންތެރި ކުރުމަށް އައްޑޫ ސިޓީގެ މޭޔަރު އަދި ކައުންސިލަރުން އަވެދި ނެތި އުޅުއްވަނީ މިކަމުގެ ނަތީޖާއަކީ މުޖުތަމައު ފޭލްވެދާނެ ފަދަ ކަމެއް ވީމައެވެ. މިކަން ހައްލުކުރުމަށް ޓަކައި އެކުލަވާލި ކޮމިޓީގެ އެއްމެ އިސްފަރާތަކީ ޤަތަރުން ސޯޝަލޮޖީން މަތީ ތަޢުލީމް ހާސިލް ކުރައްވައިގެން ހުންނެވި ޝިނާޒްއެވެ.
ކަނޑަ ހުޅުދޫ ސަންފާދިޔެ
25 December 2022
މިކަހަލަ ކުޑަކުދިންގެ ހައްގުތަކާއި އެމީހުންގެ ކަރާމާތް ހިމާޔަތް ކުރުމަށް އައްޑޫ ކައުންސިލްގައި ކައުންސިލަރ ޝިނާޒްއަކީ ފާހަނގަ ކޮށްލެވޭ މަސަކައްކަތް ކުރާ ބޭފުޅެކެވެ.
އެމްޑީޕީ ސައްތާރު
25 December 2022
ކަނޑަ ހުޅުދޫ މީހަކު ކައުންސިލަރަކަށް ލައިގެން ކޮން ތިޔައުޅެނީ އައްޑޫގައި ތިޔަކަން ދިރުވައި އާލާކުރާން ނޫންތޯއެވެ.
ޝިއާރާ
26 December 2022
ސޯބޭގެ މޭޔަރު ކަމުގައި ޝިނައްޓޭ ޓްރެއިން ކުރިއެވެ. އަދި އެޓްރެއިނިންގެ ތެރެއިން ބައެއްގައި ސޯބޭ ނެތީސްވެސް މިގޭގައި ދަންވަރު ޝިނައްޓޭ ފިލާވަޅު ދަސްކުރަން ހުރެއެވެ. މާލަސްވެ ގޭމީހުން ނިދައި ދޮރުލައްޕައިފިނަމަ ފާރުމަތިން އަރައިގެންވެސް ދާންޖެހޭއެވެ. ބުނަން މިއުޅޭ އެއްޗަކީ ޝިނައްޓޭއަށް ސިޔާސީގޮތުން ލިބުނު ކުރިއެރުމަކީ ބުރަ މަސައްކަތް ކޮށްގެން، ބަނޑުން ހަންގޮސްގެން ލިބުނު ކުރިއެރުމެވެ. ރަށުގައި ހުރި އެތެއް އަޚްލާގީ މައްސަލައިގެ ހައްލު ހޯދައިދިނެވެ.
ނީނަ
25 December 2022
އެހެންވީމަ އުމުރުން 104 އަހަރުގަ ޖަލުން ނިކުންނާނެދޯ؟