ވިލިމާލެ ވޯޓަ ސްޕޯޓްސް ސަރަހައްދު.
26 ޑިސެމްބަރ 2022 - 13:44
ވިލިމާލޭގެ ވޯޓަ ސްޕޯޓްސް އޭރިއާ ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން ކުރި އިއުލާނު ބާތިލްކޮށްފި އެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭނުގައި ހިމެނޭ ވޯޓަ ސްޕޯޓްސް ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.
އެ ކައުންސިލްގެ ވެބްސައިޓުގައި ބުނީ ވޯޓަ ސްޕޯޓްސް ޕްރޮޖެކްޓް ހުއްޓާލީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި ސިޓީ ކައުންސިލުން އަބަދު ވެސް އެންމެ އިސްކަން ދެނީ ރައްޔިތުން އެދޭ ގޮތަށް މާލެ ސަަރަހައްދަށް ތަރައްގީ ގެނައުމަށް ކަމަށް ބުންޏެވެ.
އެ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ވަނީ އަމިއްލަ ހަރަދުގައި ވޯޓަ ސްޕޯޓްސް އޭރިޔާ ޑިޒައިންކޮށް، އެ ތަން ހަދައި ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.
ގެޒެޓުކުރި މައުލޫމާތުތަކުގައިވާ ގޮތުން ތަރައްގީ ކުރަން ހުޅުވާލާފައިވަނީ ރަށުގެ ފަޅާއެކު ގިނަ ވެގެން 120،000 އަކަ ފޫޓުގެ ސަރަހައްދެކެވެ. އަދި އެ ޕްރޮޖެކްޓުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އާންމުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވެން ޖެހޭނެ ކަމަށް ބުންޏެވެ.
THIS MUST BE STOPPED. Villingili islanders rightfully, currently & DAILY - are using this area for economic/ recreational use. Dive schools, water sports and honestly, mental health of GMR residents depend on this beach/reef. Implement the Environment Act 4/93 (1) vana maadha. https://t.co/DT0TyXAcni pic.twitter.com/GCUpgjwytR
— Inern (@inern) December 25, 2022
ވިލިމާލެ ވޯޓަ ސްޕޯޓްސް ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު މަޑުޖައްސާލިއިރު، މާލެ ކައިރީގައި ސްނޯކްލިންނާއި ޑައިވިންނަށް އެންމެ ގިނަ މީހުން ގޮސް އުޅޭ ސަރަހައްދު އެހެން ބަޔަކާ ހަވާލުކުރަން ނިންމުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
ސޭވް ދަ ބީޗުން ކުރި ޓްވީޓުގައި ބުނީ އާއްމުންނާ ގުޅޭ އެފަދަ މަސައްކަތެއް ފެށުމުގެ ކުރިން އާއްމުންގެ ހިޔާލު ހޯދާފައިނުވާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.
ވިލިމާލޭގައި ތިމާވެށީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު "މިހާރު" އަށް ބުނީ މިހާރު ވެސް އެ ތަނަށް ކޮންމެ ދުވަހަކު އަދި ހަފުތާ ބަންދުގައި ގިނަ އާއިލާތަކުން ޗުއްޓީ ހޭދަކުރުމަށް ދާ ކަމަށެވެ. އެގޮތަށް ބޭނުންކުރާއިރު، ވޯޓަ ސްޕޯޓްސް އޭރިޔާ ހިންގަން ހަވާލުކޮށްފިނަމަ ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާނެ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
27 December 2022
ގިނަބަޔަކު އެދޭ ގޮތަށްވުރެ ކަންކަމުގަ އަބަދުވެސް އިސްކުރަންވީ ރަގަނޅު ގޮތް!
ޖެރޯމް ވެލްޑްރޯމް
26 December 2022
ދެން ދޭނީ އެހެން ބަޔަކަށް
ޚުރިން ކުރި/ ބުނިއެތިކެންސަލް
26 December 2022
މުއިއްޒު މިބައްޔަށް ފަރުވާ ހޯދަން އެބަޖެހެ..
ރަބަރުކަތީބު
26 December 2022
ނުހަދާނެ ތެދެއް.މަކަރެއް ހަދަަލީ. ދެން އަޅާނީ ގެސްޓު ހައުސް ތިތާ.