ވިލިމާލޭގައި ދުއްވާ ބަގީތައް: މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މަހެއް ތެރޭގައި ބަގީތަކުން 24،000 ދަތުރުކުރި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 މެއި 2023 - 13:49
މިދިޔަ މަހު ވިލިމާލޭގައި ފެށި ބަގީގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މަހެއްގެ ތެރޭގައި 24،000 އަށް ވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ގިނަ ބަޔަކު މިހާރު ބަގީގެ ހިދުމަތް ހޯދަމުން އަންނަ ކަމަށެވެ.
މޭޔަރު ވިދާޅުވި ގޮތުގައި، އެއް މަސް ތެރޭގައި މުޅި ޖުމްލަ 24،328 ބަގީ ދަތުރުކޮށްފައިވެ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
• ފޯނު ގުޅައިގެން 15،392 ދަތުރު ނެގި.
• އާންމު ރޫޓުގައި 8،936 ދަތުރު ކުރި.
އޭގެ އިތުރުން މުދާ އުފުލުމަށް ވެސް ބައެއް ބަގީ ދަތުރުތައް ކުރި ކަމަށް މޭޔަރު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފެށީ މިދިޔަ މަހު ތިނެއްގަ އެވެ. އެ އަވަށުގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން 10 ބަގީ ގެނަ އެވެ. އޭގެ ތެރޭގައި އެކި ކަހަލަ މުދަލާއި ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ ބަގީއެއް ހިމެނެ އެވެ.
ވިލިމާލޭގައި ދުއްވާ ބަގީތައް: މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މަހެއް ތެރޭގައި ބަގީތަކުން 24،000 ދަތުރުކުރި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިދިޔަ ރޯދަމަސް ނިމެންދެން ބަގީ ދަތުރުތައް ކުރީ ހިލެ އެވެ. އެއީ ޕްރައިވެޓް ހަޔާ ފިޔަވަ އެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ސިޓީ ކައުންސިލުން ނަގަނީ 2ރ. އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ، 4 ސީޓްގެ ބަގީއަކަށް 6ރ.، 6 ސީޓްގެ ބަގީއަކަށް 10ރ. އަދި 12 ސީޓްގެ ބަގީއަކަށް 15ރ. އެވެ.
ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފެށިއިރު، އެމްޓީސީސީން މިދިޔަ ޖެނުއަރީ މަހު ވަނީ އެ އަވަށުގައި އިލެކްޓްރިކް ބަހުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ. ވިލިމާލޭގައި އެމްޓީސީސީން ދެމުން އަންނަ ބަސް ދަތުރަކަށް ނަގަނީ 5ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުތު
05 May 2023
ހާދަ ވަރަކަށް މުއިއްޒު ސިޓީ ކައުންސިލަށް ވައްދާގެން ގެންގުޅޭ ޕީޕީއެމް ކުދިންކޮޅު ކޮމެންޓް މި ކުރަނީ،... ހީ ހީ ހަލާކު. ދުވަހަކު ވިލިގިލި ދެކުނުހެންވެސް ހީނުވޭ. މިތާގަ ގިނަ މީހުން ބަހަށް އަރަނީ ފެރީއިން ފައިބާޣެން
ގުރޭޓާ މާލެ
05 May 2023
މުއިއްޒުއާއި ގުޅޭ ޚަބަރެއް ޖަހައިފިއްޔާ ޢެނާގެ ބޮޓްސް ހާދަ އެކްޓިވޭޓް ވެއޭ ދޯ.
މުފްލިހް މުނީރް
05 May 2023
ކުރިން ދުވަހުވެސް ބައްޕަ ހޮސްޕޮޓަލަށް ގެންދަން ބަގީއަކަށް ޖެހީ އައީ. މިއީ ގައިމުވެސް ބަހުން ވާނެ ކަމެއް ނުންތާ ދޯ؟ އެހެންވެ މިބުނަނީ ބަގީ މާ ރަނގަޅޭ.
މުހައްމަދު ޝުކޫރު
05 May 2023
ބަސް އުޅެނީ ވިލިމާލޭގެ ގިނަ މަގުތަކުގައި ނުދިއްވިގެން ސައިޒުން ބޮޑޫވީމަ. އެކަމަކު ބަގީ ދޭ ހުރިހާ މަގަކުން. ނުލާހިކު ފަސޭހަ ބަގީ.
ސިދުހާން
05 May 2023
އޭރުވެސް އަހަރުމެންނަށް އެގުނު ބަގީގެ ހިދުމަތް ފަށާއިރަށް ރައްޔިތުންގެ ޗޮއިސްއަށް ވާނީ ބަގީކަން. ސީދާ ރައްޔިތުންގެ ފައިސާ އެމްޓީސީސީއިން މި އިސްރާފް ކުރީ
މުއުމިން މުހައްމަދު
05 May 2023
މުދާ އުފުލެނީވެސް ބަގީގަ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސައީވެސް ބަގީ. އަގުވެސް ހެވީ ބަގީ. ސީދާ ގެޔާ ހަމަޔަށް ދަނީވެސް ބަގީ، ދެން ބަހަށް އަރާނެ މީހެއް ވާނެ؟
ދިލްޝާ
05 May 2023
އޭރުވެސް އާދަމް އާޒިމް ކައިރީ އަޅުގަނޑުމެން ދެންނެވިން ބަސް ކަމަކު ނުދާނެޔޭ. ވިލިމާލެ ރައްޔިތުން ބޭނުންވަނީ ބަގީއޭ. މިއަދު މިފެންނަނީ އެތަން.
ޝިމާޒް ހިލްމީ
04 May 2023
މިހާރު ބަގީގެ ހިދުމަތް ފެށިފަހުން ބަހަށް އަރާ މީހަކު ނުވޭ. ބަސް އޮންނާނީ ހުސްކޮށް
ޝިފްލީން
04 May 2023
މިދޭތެރެއިން ބަހަށް އެރީ އިތުރު ގޮތެއް ނެތިގެން. ބަގީގެ ހިދުމަތް ފެށިފަހުން ބަގީ ނޫން އެއްޗަކަށް ނާރަން.
ސާލިމް
04 May 2023
ޢަހަންނަށްވެސް މިހާރު ކަމުދަނީ ބަގީ މާ ސަޅި މާ ހިތްހަމަ ޖެހޭ ޝުކުރިއްޔާ މުއިޒް.