ޚަބަރު / އެޗްޑީސީ

ހުޅުމާލޭގެ މަގުތަކުގައި ރަޖިސްޓްރީ ނަންބަރު ނެތް 370 ވެހިކަލް

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި ބާއްވާފައި އޮތް ހަލާކުވެފައިވާ ވެހިކަލެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލޭގެ މަގުތަކުގައި ރަޖިސްޓްރީ ނަންބަރު ނެތް 370 ވެހިކަލް އެބައޮތް ކަމަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.

ގަވާއިދާ ހިލާފަށް މަގުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ބަލައި އެޗްޑީސީން ހެދި ސާވޭގެ ރިޕޯޓުގައި ބުނީ ރަޖިސްޓްރީ ނަންބަރު ނެތް ގިނަ ވެހިކަލްތަކުގެ އިތުރުން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ 46 ވެހިކަލް ވެސް ހުޅުމާލޭގެ މަގުތަކުގައި އެބައޮތް ކަމަށެވެ.

އޭގެ ތެރޭގައި ސައިކަލާއި ކާރާއި ވޭނާއި ޕިކަޕު ވެސް ހިމެނެ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ފުލުހުންގެ ފްލެޓްތައް ކައިރީގައި ބޭނުންނުކުރާ ޕިކަޕްއެއްގެ ތެރޭގައި ހަލާކުވެފައި އޮތް ކާރެއްގެ ބައެއް، މި ސަރަހައްދުގައި މި ފަދަ ބައިވަރު ވެހިކަލްތައް ވަނީ ޖަމާކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ވެހިކަލްތައް އޮތް މަގާއި އޭގެ ފޮޓޯ ވެސް އެޗްޑީސީގެ ސާވޭ ރިޕޯޓުގައި ހިމަނާފައިވެ އެވެ. ގިނަ ވެހިކަލްތައް އޮތީ ހުޅުމާލެ އިންޑިސްޓްރިއަލް ސަރަހައްދުގެ މަގުތަކުގަ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވެހިކަލްތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ އަވަށުގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތްކުރާ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

އެހެންވެ، ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާ އަދި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކާއި ހަކާލުވެފައި/ސުންބޯޑުގައި ހުރި ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

20 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޖައިބެއް

29 December 2022

ލޮލް! ކުއްލިއަކަށް އެޗްޑީސީއަށް އިއްޔެ ރަޖިސްޓަރީ ނުކުރާ 370 ވެހިކަލް ފެނުނީ! މީގެ ކުރިން ލޮލަށް ނުފެންނަނީތޯ؟

The name is already taken The name is available. Register?

ފާނަކޮށި

28 December 2022

ހުޅުމާލޭގައި އެކަނިއެއްނޫން...މާލެއިންވެސް ޤަވާއިދާ ޙިލާފަށް ޕާރކްކޮއްފައި ހުންނަ ވެހިކަލްފަދަ އެއްޗެހި ޓޯކުރަންވީ....އޭރަށް ޓޯޔާރޑްގައި ވެހިކަލް ކްލިއަރ ކުރުމުގެ ކުރީގައި ވެރިފަރާތުން އަހަރީފީ ދައްކާފައިވޭތޯ ބަލައި ....އަހަރީފީ ނުދާއްކާނަމަ އެ ވެހިކަލް ކްލިއަރ ނުކުރެވޭނެ ގޮތެއްހަދަންވީ......ދައުލަތަށް ދައްކަންޖެހޭފައިސާ ޤަވާއިދާ ޙިލާފަށް ނުދައްކާ ވެހިކަލްތައް މިހާރު ވަރަށްގިނަވާނެ ކަމަށްވޭ

The name is already taken The name is available. Register?

މުނީރުއަބުދުލްހަކީމު

27 December 2022

ވަރަށްހީނުވޭ މަގުތަކުގައި ރަޖިސްޓްރީނުކުރާ އުޅަދެއް އަދި ނުގަވާއިދުން ޕާކުކޮށްފަ އެއްޗެއް އޮވެދާނެ ކަމަކަށް. ބަޔަކު ފިތުނަޔަކަށް ނުވަތަ އެޑިޓުކޮށްގެ އުޅޭކަމަކާއި ބޮޑަށް ވައްތަރީ. މާލޭގައިވެސް ވަރަށް ބެލެހެއްޓިގެން ގަރާޖަކަށް އެއްޗެއް ނޫންގޮތަކަށް ރަޖިސްޓްރީނުވޭ. އަނެއްކާ ލާހިކައެއްނޫން ނުގަވާއިދުން ބާއްވާފަ މީހަކު މޯޅިއަކަށް ދެމިލަންވެސް ބޭރުވެލަން، ވަގުތުން ޓޯކުރާނެ. މިވަރަށް ބަރާބަރަށް ފަރުވާވެބަލަން ތިއްބާ ތިޔަވަރުގެކަމެއް ކިހިނަކުންވަނީ..

The name is already taken The name is available. Register?

ށަވިޔަނި

27 December 2022

ތިއީ ރެއާދުވާލު ފެންނަ މަންޒަރެއް. އާކަމެއްނޫން. ތިކަން އަދި ތިފަދަ އެތައްކަމެއް އަހަރުމެންނަށްފެނޭ. ތިފަދަ ކަންތައް ހުއްޓުވޭނެ އެއްވެސް މަގެއް ނެތް. އިންޑިއާގެ މަގުތަކުން ހިނގާ ބަޔަކަށް ތިކަން ނުހުއްޓުވޭނެ. ޗައިނާ މަގުން ހިނގީމަ ހުއްޓޭނެ. ޗައިނާގަ އޮންނަނީ އެންމެ މަގެއް. އިންޑިއާގަ މަގުތައް ގިނަ.

The name is already taken The name is available. Register?

2023

27 December 2022

ހުޅުމާލޭގެ ޓަވަރު 10 ގެ ކުރިމަތީގައި ނަންބަރު ބޯޑު ނެތް ދެ ކާރު އޮންނަތާ ދެތިން މަސްވެދާނެ. އާންމު ޕާކިން ޒޯނެއްގައި ނަންބަރު ބޯޑު ނެތް ކާރު މިހެން ބާއްވައިގެން އުޅެވޭނެތަ. ތިޔަ ސާރވޭ ކުރި މީހުންނަށް މި ދެކާރު ފެނުނުބާ. ނޫނީ މާ ބާރުގަދަ ބައެއްގެ ކާރުތަކެއްވީމާ ރަޖިސްޓަރީވަންދެން ނޫނީ ވިއްކާލެވެންދެން ބާއްވަންވީ ޖާގައަށް އެތަންވީތަ! އެކަމާހެދި ގަވާއިދު ޕާކުކުރަން ބޭނުންވާ މީހުންނަށް އެތަނެއް ނުލިބޭ. މިކަން ބަލާލާނީ ކާކުތަ؟

The name is already taken The name is available. Register?

ލޭޒީ މޯލްޑިވްސް

27 December 2022

ސާވޭއެއް ކޮއްލެވިދާނެތަ ޕާޓޭން އިތުރުވަނީ ކީއްވެގެންތޯ، ކޮރަޕްޝަން ހައްދުފަހަނަޅައިދަނީ ކީއްވެގެންތޯ، އެޕްއޭއެމްގެ ރައީސް އެފްއޭއެމް މިސްމެނޭޖްކޮށް މުޅިގައުމުގެ ނަން ފީފާގަ ކިނލަބު ކުރާއިރުވެސް އެހުންނަނީ، މާލޭގެ ރައްޔަތުންގެތެރެއިން ގޯތިނެތްމީހުންނަށް ހުޅުމާލެގެން ގޯއްޗަށް ހުޅުވާލީމަވެސް މާލޭގެބޮޑެތި ގޯތިތިބޭމިހުންނަށްވެސް ގޯތިލިބެނީ ކީއްވެތޯ؟ ސަވޭކުރީމަ ހުރިހާމަކެއް ނިމުނީތަ؟

The name is already taken The name is available. Register?

ހަސަނު

27 December 2022

ވަރަށް ރަނގަޅު .. ވަރަށް މުހިއްމު ކަމެއް.. އަދި ތީގެ އިތުރުން، ނުބައި (ވަގު) ނަމްބަރު ބޯޑު ޖަހައިގެން އުޅޭ ވެހިކަލްތައް ހުޅުމާލޭގައިވަރަށް ގިނަ.. އަދި އެއްވެސ ބޭނުމެއް ނުކޮށް އެތައް ޒަމާނެއްވަންދެން ޕާކު ކޮށްފައި ހުރި ވެހިކަލް ތަކާ، މީހުންނަށް އުނދަގޫވާ ޒާތަށް ގަވައިދާ ހިލާފަށް ޕާކު ކޮށްފާ ހުންނަ ވެހިކަލްތައްވެސް ވަރަށް ގިނަ.. ސާވޭ އެއް ކޮށްލައިގެން މިކަންކަނ ްހައްލު ވާނެހެނެއް ހިއެއްނުވޭ..

The name is already taken The name is available. Register?

ދިއްލާ

27 December 2022

ހުޅުމާލެ ފޭސް2 ގެ ބީޗްފަޅިއާވީ މަގު ވަނީ ހަނދުގެ އަނދިރިފަރާތަށްވެފައި. ކުރީގަ ހުރި ލައިޓްތައް މިހާރަކު ނުދިއްލޭ. ކުއްޖަކު އިހާނެތި ގޮތަކަށް މަރާ ފޮއްޓަކަށްލާފަ އެއްލާލި ހިސާބުގެ މުޅި ސަރަހައްދު މިހާރު އެއޮތީ އަނެއްކާ ކަނުއަނދިރިކަންމަތީގަ.

The name is already taken The name is available. Register?

ފަގުޑި

27 December 2022

ހުޅުމާލެއަކީ މިހާރު އެމީހަކު އުޅެން ބޭނުންގޮތަކައް ހަދާނެހާ އެއްޗެއް ހަދަން ދޫކޮއްލާފައޮތް ތަނެއް. ޖެހުނު ކޮންމެތާކައް ކުނިއަޅަނީ، މަސްތުވާތަކެތި ސޭލް ސޭލް، ގޭންގުތައް ރާންޖަހަނީ، ގަވައިދާ ހިލާފައް އުޅޭ ބިދޭސީން އުތުރިއަރަނީ، އަދިވެސް އަދިވެސް......

The name is already taken The name is available. Register?

އަބްޑޫޅް

27 December 2022

އުނހުނ. ތިޔައީ ތެދެއް ނޫން. ރަޖިސްތަރީ ނަންބަރު ނެތް ވެހިކަލުގެ އަދަދަކީ 371.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454