ސާހިލް: އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދު ޖަހާފައި.
28 ޑިސެމްބަރ 2022 - 19:33
މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި، އެކަމުގެ ތުހުމަތުކުރެވޭ އަލީ ސާހިލްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.
ހ. ޝީރީންވިލާގޭގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި އޮގަސްޓް ހަ ވަނަ ދުވަހުގެ ރޭ ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރީ، ޒުވާން ސްކޭޓަރު ސާހިލް، 23 އެވެ. އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ ޝިއާއު މަރާލި މައްސަލައިގައި ފ. ނިލަންދޫ، ފިނިފެންމާގެ، ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އާއްމުކޮށްފައިވަނީ ތިން ދައުވާއެކެވެ. އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
އާއިލާއަށް އިހުތިރާމް ކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ ތަފްސީލެއް ޕީޖީ އޮފީހުން ނުދެ އެވެ.
ޝިއާއުގެ މަރަށް މިހާރު ހަތަރު މަހަަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޕީޖީ އޮފީހުން ގެންދިޔައީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ފުލުހުންނަށް 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންނެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ތަހުގީގު ނުނިމި ލަސްވަނީ ސާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ "މޯޓިވް" ނުވަތަ ސަބަބު ނުހޯދިގެން ކަމަށެވެ.
ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި އޭނާ މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު..
29 December 2022
ސަބަބު ނުހޯދުނަސް ދައުވާ ކުރެވެންޖެހޭ މީހާއޮތީ މަރާލާފަ އެއީ ސަބަބު ދެންކޮންސަބަބެއް ކޯޓަކުން ހުކުން ކޮއްގެންނޫނީ މީހަކު މަރާލުމެއް އަނެކާޔަކައްނޯވޭ ވީމާ ނުކުޅެދޭގާނޫނު އެއްލާލާފަ ގާނޫނައް އަމަލުކުރޭ
ސަބަބުވެރި އިންސާނާ
29 December 2022
އުންސުރާއި ފަންސުރު ހަމަ އެއް ނުވާނެ، ސާބިތެއް ނުވާނެ މި ރާއްޖޭގެ އާންމު އުސޫލުން
ސޯލިބޭ
28 December 2022
މަށަށް ފުރަތަމަ ކިޔާލެވުނީ ސޯލިހަށް 5 ދައުވާއެއް ކުރިމަގުގަ އެކަން ހިނގާނެ
ދިވެހި ގައުމުގެ ލޯބިވާ ދަރިއެއް!
28 December 2022
ވަރައް ފުރިހަމަކޮން ކުރި ތަހުގީގަގަކައް ފަހު، ވަރައް ފަޙްރުވެރި ކަމާ އުފަލާއެކު ދަންނަވާނީ ފަސް ދައުވާތެރެއިން އެއްވެސް ދައުވާއެއް ސާބިތުނުވާތީ، އަދި ވާނެކަމައް ނުފެންނާތީވެ، މި މައްސަލަ ކޯޓުން ބޭރު އަރުވާލާފިޔޭ!