މާލޭގައި މިނީ ބަހުން ދަތުރުކުރި ބަޔަކު ބަސް ސްޓޮޕަކަށް ބާލަނީ -- ފޮޓޯތައް ނިޝާން އަލީ | މިހާރު
31 ޑިސެމްބަރ 2022 - 14:20
ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ ގޮތް ހަދަން ނިންމައި، އެ ހިދުމަތް ޓެސްޓުކުރަން އެމްޓީސީސީން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ، އާރްޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ހިދުމަތް ޓެސްޓުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
އެ ހިދުމަތް ޓެސްޓުކުރުން އޮންނާނީ މާދަމާ އާއި އޭގެ އަނެއް ދުވަހު އެވެ.
އެ ޓެސްޓު ބުރުގައި، މާލެ ތެރޭގައި ދުއްވާ އެކި ބަސްތަކުގައި މާސްޓާ ކާޑާއި ވިސާ ކާޑުގެ ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
Do you wish to travel in our #RTLBus using master card/visa card ? If so, here is your chance. Participate in our trial run scheduled from 1- 2nd Jan 2023 in Male' City.#ConnectingRaajje pic.twitter.com/6ufQV39Vac
— MTCC Plc (@MTCCPlc) December 31, 2022
މާލޭ ތެރޭގައި ކުރާ ބަސް ދަތުރުތަކުގައި ނަގަނީ މީހަކަށް 7ރ. އެވެ.
ބަހުގެ ހިދުމަތަށް މިހާރު ފައިސާ ދެއްކެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބަސް ކާޑު ބޭނުންކޮށްގެންނެވެ.
އެމްޓީސީސީން އަންނަނީ މާލެ އާއި ލ. އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި މިނީ ބަހުގެ ހިދުމަތް ދެމުންނެވެ. މާލެ ސަރަހައްދުގެ އެހެން ބަސް ދަތުރުތައް ވެސް ކުރަނީ އެ ކުންފުނިންނެވެ. ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ފެށި އާރްޓީއެލް ފެރީގެ ހިދުމަތް ވެސް އުތުރުގެ ފަސް އަތޮޅެއްގައި މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
01 January 2023
އެ ނިންމާލީ އަނެއް މެގަ ޕްރޮޖެކްޓް. ޝުކުރިއްޔާ އިބޫ
ދިޔާހަކުރު
01 January 2023
ކާޑް މެޝިންތައް ގަގެ ހަރުކޮށްފާ ހުރިހާ ބަހެއްގަވެސް ހުންނަނީ. ސެޓިން ހަދާނުލެވިފައި އެހެރީ ބޮންދުންނަށް އެކަން ކުރަން އަދި ދަސްނުވާތީވެ.
މުޑަހަންޖާ
01 January 2023
މިކަހަލަ ކޮންމެ ވާހަކައެއް ދައްކާއިރަށް ބޯޓުދަތުރުކުރާމީހުންހެން އެކަކު އަނެކަކަށް އެމެރިކާ، ސިންގަޕޫރު، ދުބާއީގަ ހަދަނީ މިހެނޭ އެހެނޭ ކިއުމުގެ ބަދަލުގަ ސޯމާލިއާ، ޒިންބާބުވޭ، ބުރުންޑީފަދަ ތަންތާ ހަދަނީ މިހެންނޭ ކިޔައިގެން ވާހަކަދެއްކުން ދިވެހިންނަށް އައުލާކަންބޮޑީ، މިއީ ދާނިޖަހާފަ ތެޔޮނަގާ ތަނެއްނޫން ކުރާކަމެއްކުރަމުންދަނީ ދަރަންޏަށް، ދަރަނިދައްކާދުވަސް ޖެހުނީމަ ތިބުނާ ސިންގަޕޫރެއް ފެންނާނެ ނިކަންރީއްޗަށް.
ޚޭށް
31 December 2022
މަހީކުރީ ކޭޝްކާޑުން ލާރިނަގައިގެން ބަހަނީޔޭ
ާސައްބު
31 December 2022
މަ ދުށިން ބޭރު މީހަކު ވްލޮގެއްގައި ރާއްޖެއަށް ކުރި ދަތުރުނާމާ. ބަސް ކާޑު ވިއްކާ ތަނެއް ނުފެނިގެން އެކި މީހުން ކައިރީ އަހައިގެން ވެސް އޮޅުން ނުފިލަަިގެން އުޅުނު. ބަސްކާޑު ގަންނަން ދާންވީ ޓެކްސީއެއް ނަގައިގެން. ހެއްވާ ކަމެއްނު؟ ކޭޝްކާޑު ނުގެންގުޅޭ ބަޔަކު ވެސް އުޅޭނެ. ދަތުރުވެރިން ވެސް އުޅޭނެ. ބަހަށް އަރައި ފައިސާ ދިނީމާ ޓިކެޓް ލިބޭގޮތް ހެދީމާ ވީނުން.
ޞުރޯ
31 December 2022
ބްރޯ. މިހާރު ބަހުން ޓިކެޓްލިބޭ ހަމައަށް ފައިސާ ދިނީމަ.
ޕޭޕަލް
31 December 2022
ދިވެހިންނަށް ޕޭކުރެވޭނެ. ދިވެއްސަކަށް މީހުންމިވިއްކާގޮތަށް ބޭރުގައުމުތަކަށް އޮންލައިންކޮށް އެއްޗެއް ނުވިއްކޭނެ. އެކައުންޓަށް ލާރި ވަންނާނެ ޒަމާނީ އެއްވެސް ވަސީލަތެއްނެތް ގައުމެއް. ޓްރާންސްފަރ ކޮށްފަ ޕޭކުރެވޭނެ އަބަދުވެސް. ޕޭމެންޓް ލިންކް ހުންނާނީ ދިވެހި ރުފިޔާއިން
މާހިރު
31 December 2022
ތިއަށްވުރެވެސް އަދި ސަޅިވާނީ ދިވެހިންނާއި ފަތުރުވެރިންނަށްވެސް ފޯނުން ޕޭމަންޓު ހަދާލެވޭގޮތަށް ހަމަޖެއްސިއްޔާ އެވެ. ކުރިން އޮންނަ ގޮތުން މަދު ތަނަކުން ކާޑު ލިބޭގޮތަށް އޮތުމުން ކާޑު ހޯދަން ވަރަށްބޮޑު ތަކުލީފެއް އުފުލަން ޖެހޭނެއެވެ. ރާއްޖެ އަންނަ ގެސްޓުންވެސް ފެރީގެ ޚިދުމަތް ހޯދުމަށް އުޅެންޖެހޭ ދަތިގޮތްތައް ހިއްސާކޮށްފައި ހުރެއެވެ.
ޙައްބޭ
31 December 2022
ފޯނުން ޕޭ ކުރެވޭ މިހާރުވެސް.
ދޮންކަމަނަގެމާމަދަރި
31 December 2022
މިހާރު ބަސް އަންނަލެއް ވަރަށް ލަސް ބައިގަަޑިއިރު ވަންދެން މަޑުކޮއްލައިގެން އެބަހުންނަން ޖެހޭ ބަސް ސޮޓޮޕްގަ ދެން އެންމެ ފަހުން ޓެކްސީގަ ދާން މިޖެހެނީ
އަސްލެްް
31 December 2022
މައްސަލައަކީ ގަންނަ ޓިކެޓް އެކްސްޕަޔަރ ވަކެއް މާ އަވަހީ. ކީއްވާނީ 1 އަހަރު ވަރު ދިނިއްޔާ.
ސޮއި
31 December 2022
އެމެރިކަން އެކްސްޕްރެސް އިން ނުދެއްކޭތަ؟