ސައޫދީން ރާއްޖެ ފޮނުވި އަރަބި ޓީޗަރުން ހަވާލުކުރުމުގެ ރަމްޒީ ލިޔުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމަށް، ސައޫދީން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދުރު އަލްހަލައިލް ހަވާލުކޮށްދެއްވަނީ: ސައުދީން ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭ ސެންޓަރެއް އަޅަން ވަނީ ނިންމައިފަ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
15 ޖެނުއަރީ 2017 - 17:18
އަރަބި ބަސް ކިޔަވައިދޭ ސެންޓަރެއް ރާއްޖޭގައި ގާއިމްކުރަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭން ސައުދީގެ އަރަބި ޓީޗަރުން ހަމަޖެއްސި ކަމުގެ ލިޔުން ހަވާލުކުރަން އިސްކަންދަރު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭ ސެންޓަރެއް އަޅަން މިދިޔަ މަހުގެ ފަހުކޮޅު އެ ގައުމުގެ ކެބިނެޓު ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
މި ސެންޓަރުން ހިލޭ އަރަބި ބަސް ކިޔަވައިދީ، ތައުލީމް ފޯރުކޮށްދޭން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު އެ ސެންޓަރު ގާއިމްކުރާނެ ތަނަކާއި ދުވަހެއް އަދި ނޭނގެ އެވެ.
ރާއްޖޭގައި އަރަބި ބަސް ފުޅާކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ސައޫދީ ސަރުކާރުން މިއަދު ވަނީ، 17 އަރަބި ޓީޗަރުން ވެސް އެޑިއުކޭޝަން މިނިސްޓްރީއަށް ހަވާލުކޮށްފަ އެވެ. އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ގުރުއާނާބެހޭ މަރުކަޒުގައި ވެސް މި އަރަބި ބަސް އުނގަންނައިދިނުމުގައި މި ޓީޗަރުންގެ އެހީތެރިކަން ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުހާދު
16 January 2017
މިސްކިތް ތަކުގަ ސުންނަތް ނަމާދަށް 5 މިނިޓް ފޯމިޔުލޯ އެއް ދީގެން އުޅޭ ސަބަބު ހޯދަބަލަ.
ކކ
16 January 2017
ކިންގް ސަލަމާނު އިސްލާމިކް ސެންޓާ ބޮޑު މިސްކިތް ކޮބައިތޯ އެތަން އެޅެން އަދިކިހާދުވަހެއް ނަގާނެތޯ؟
ސސ
16 January 2017
މާލޭގެ ސުކޫލް ދޮށަށް ކޮންމެ ކުއްޖަކުލާން ނުވަތަ ބަލައިދާން ސައިކަލެއްގައި ދިއުމަށްވުރެން ކުދި މިނީ ބަސްތަކުގައި ގެންގޮސް ދޭގޮތަށް ހަމަޖެއްސުން ރަގަޅު ނުންތޯ އޭރުން ޓުރެފިކް މައްސަލަ ކުޑަވާނެ!
ދޫރެސް
16 January 2017
މައްސަލައަކީ އެޑިއުކޭޝަން މިނިސްޓްރީން ކަންނުކުރެވޭ މިންވަރަށްވުރެ ބޮޑަށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންވެގެން ޕްރޮޕަގެންޑާ ފަތުރާތީ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން އަރަބިބަސް ސްކޫލުތަކުގައި ކިޔަވައިދިނުން ލޯންޗްކުރި.ހަނދާންވަނީ ވީޕީ ޖަމީލު އޭ އެކަން ކުރެއްވީ. ދެން އަޑު ކަނޑައިގެން ގޮސްފި. އަނެއްކާވެސް ޢަރަބިބަސް ކިޔަވައިދޭ ވާހަކަ.! ދެން ކިޔަވައިދެންޏާ ކިޔަވައިދޭންވީނު. ކޮންމެހެން ސިޔާސީ ކަމަކަށް ނުހަދާ
ދިގުދޫ
16 January 2017
މިހާރުވެސް ޢަރަބި ބަސް ކިޔަވަން ބޭނުންވާ މީހުންނަށް އިސްލާމިކް ޔުނިވަރސިޓީން ވަނީ ފުރުޞަތުތައް ހުޅުވާލާފަ. އެހެންވީމާ ކޮންމެހެން ވަކި އިތުރު ސެންޓަރެއް ހުޅުވުން މުހިންމެއްނޫން. އެކަމަކު ސްކޫލްތަކުގައި ކިޔަވައިދިނުން އޯކޭ
ޢަބްދުﷲ
16 January 2017
ތިޔަ ސެންޓަރު ގާއިމުކުރާނީ ފުރަމާލޭގައި.
ޢަލީ
16 January 2017
އަރަބި ބަސް ކިޔެވުން ރަގަޅަ. އެކަމު އަޑު އެހިން ސްކޫލެއްގެ ކުއްޖަކަށް އަރަބި ކިޔަވަން ބުރުގާ އަޅައިގެން އަންނަން ޓީޗަރު އެންގިވާހަކަ. ބަހެއް ކިޔަވަން ވަކިހެދުމެއް އަޅަންޖެހޭތަ. އަރަބިބަސް އުނގެނުން ޑްރެސް ކޯޑަކަށް ފެތޭކަށް ނުޖެހޭނެ.
ދެން އެކަމަކު ދޯ!
16 January 2017
ރާޢްޖެއަށް ހަމަ އެންމެ މުހިއްމީ އަރަބި ބަސް ކިޔވައިގެން ތިބި މީހުންތަ! ޑޮކްޓަރުންނާ އިންޖިނޭރުންނާ، އެކައުންޓެންޓުން ފަދަ ތެކްނިކަލް މީހުން ނެތުމުގެ ސަބަބަުން މިފަދަ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް އަބަދުވެސް ެގްންނަން ޖެހެނީ ބޭރު މީހުން! ތިޔަ ފައިސާތަކުން މެޑިކަލް ކޮލެޖެއް އެޅިއްޔާ މާ ތާހިރު ވާނެ! އެހެންނޫނަސް ގޭ ދޮށުގަ ހުންނަ ޤުރުައާން ކުލާހުންވެސް ނުލާހިކު ރަނގަޅަށް ނުލާހިކު ކުޑަ އަގެއްގައު އަރަބި ބަސް ކިޔަވައިދޭ! އަދި މިހާރު އިންޓަނެޓް މެދުވެރިކޮށްވެސް ބަސް ބަސް އުނގެނޭ މީޙުން ނުލާހިކު ގިނަ! ބައެއް ދިވެހިން މިހާރު ބަންގާޅޫ ބަސް، އުރުދޫ، ސްޕޭނިޝް، ފަދަ ހުރިހާ ބަހެއްގެ މާހިރުންނނަށް ވެއްޖެ އިންޓަނެޓް އިން ބަސް ކިޔަވައިގެން! އަނެއްކާ ބަސް އެނގޭ މީޙުން އެހާ މަތީގަ އުޅޭނީ! އެމީޙުން ހިތުން ދެން ތިބޭ މީޙޫންނަކީ އެއްޗެއް އެނގޭ ބައެއްވެސް ނޫން!
ޗޭންޖްއިޓް
15 January 2017
އަރަބި ބަސް ކިޔަވާ ދޭ ސެންޓަރެއް ރާއްޖޭގެ ހުޅުމާލޭގައި 25 ބުރިއަށް ރާއްޖޭގެ ހިސްޓްރީގައި ވެސް ފުރަތަމަ ގާއިމް ކުރެވިގެން މިދަނީ ސައުދީ އެރެބިޔާގެ އެހީގައި ރާއްޖޭގައެވެ. އަރަބި ކިޔަވާ ދޭ ސެންޓަރު ގާއިމް ކުރެވިގެން ދާނީ ހުޅުމާލޭ ދޭއްގެ އެޑިއުކޭޝަނަލް ޕާރކް ގައި ބޯރޑިންގް ހައުސް އާއި އަދި ކޮންޑަމީނިއަމް ފްލެޓްސް ތަކާއި އަދި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒާއި ކީރިތި ގުރުއާނާއި ސައެންސް އާއި ހުރި ގުޅުން ދިރާސާ ކުރާ މަރުކަޒު ވެސް އެތަނުގައި ގާއިމް ކުރެވޭނެ އުސޫލުން ވަރަށް ލާރޖް ކޮށް އަދި ސާރކަލް ތިއަރީ ގެ ދަށުން ނެވެ. މިފެންވަރަށް ލާރޖް ކޮށް ކަންކަން ކުރަން ހަމަ އެކަނި މިއިނގެނީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުގައެވެ. މަމެންގެ ވެރިކަމުގައި ރާއްޖެ މިދަނީ ރަނގަޅު ޑިރެކްޝަން އިން ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލުވާން ޖެހޭ ހުރިހާ ކަމެއް ބަރާ ބަރަށް ތުނޑުން ތުނޑަށް ހިނގަމުންނެވެ. އެވްރީތިންގް ދެޓް ޔޫއާރ ޑްރީމްޑް އޮފް އިޒް ޗޭންޖިންގް ބިފޯރ އިޓް ޑިސްއެޕިއަރިންގް. ޗޭންޖް އިޓް، އީވެން ވެލް އިނަފް ޗޭންޖް އިޓް. ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް.
މެންޓަލިސްޓް
15 January 2017
ކުރަންވީ ކަމަކީ ކޮންމެ ސުކޫލްއެއްގައި އަރަބި ބަސް ކިޔަވައިދޭންވީ ،،، ޕްރައިމަރީން ފެށިގެން ސެކަންޑަރީއަށް ދާންނެން އަރަބި ބަހަކީ މަޖްބޫރު މާއްދާއެއްގެގޮތުގައި ބާއްވަންވީ ،،،، ދެން ސެކަންޑަރީން ފެށިގެން އެކުއްޖަކު ބޭނުމިއްޔާ ސްބްޖެކްޓްއެއްގެގޮތުގައި ކިޔެވޭގޮތަށް ބާއްވަންވީ ..... އެންމެ 17 ޓީޗަރުން ގެނެސްގެން ހުރިހާ ސުކޫލްއެއްގައި އަރަބި ކިޔަވައި ދެވޭނެތަ ؟؟؟ ވަރަށްވެދުން