މިފްކޯގެ ސައިޓުތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމަށް އެފްއެސްއެމްއާއެކު އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: މިފްކޯ
03 ޖެނުއަރީ 2023 - 21:43
މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް އެފްއެސްއެމް އިން ދޭން ފެށުމަށް މިއަދު ސޮއި ކޮށްފި އެވެ.
އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ އެވެ. އެފްއެސްއެމްގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އެވެ.
މިފްކޯއިން ބުނީ އެފްއެސްއެމްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްއިން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައިވާ ކަމަށެވެ.
އަދި އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް އެފްއެސްއެމް އިން ދޭން ފެށުމަށް ދެ ކުންފުނިން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި. މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިސްމާއީލް ފައުޒީ އަދި އެފްއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ މުޙައްމަދު ޤަސަމް. pic.twitter.com/q6Dw90fGQn
— MIFCO (@mifcomv) January 3, 2023
މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި އެފްއެސްއެމްގެ ހުޅުމާލޭން ވެސް މަސްވެރިންނަށް ތެޔޮ ވިއްކަން މިދިޔަ ނޮވެމްބަރު މަހު ވަނީ ފަށައިފަ އެވެ.
މަސްވެރިންނަށް އެންސިސް އާއި ހޮރައިޒަން މެދުވެރިކޮށް އަގު ހެޔޮކޮށް ނުވަތަ މިފްކޯއިން ވިއްކާ ރޭޓުގައި ތެޔޮ ނުލިބޭތީ މީގެ ކުރިން މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
04 January 2023
މިކަހަލަ ވަގުން ގިނަ ގައުމެއްގަ ތިކަހަލަ ކަންކަންކުރީމަ އެދެވެނީ ވައްކަން ކުރަން ފުރުސަތު.
އެމްސް
04 January 2023
މިވެސް ސުރުޚީ އަޅާ/ފޮޓޯ ނަގަން ޖެހޭވަރު ކަމެއް!
ކަހޯނާޕިޔާރުހޭ
03 January 2023
އަނެއްކާ ތިޔަތަނުން ތެޔޮ ގެންގޮސް ފަތުހުއްސަލާމަށް އަޅާނީކީ ނޫން!
ލާމަސީލު
03 January 2023
މިފްކޯއިން އަތުލާފަ ތެޔޮކަންތައް ފިއުލްސަޕްލައި އާއި ހަވާލުކުތުމަކީ މަސްވެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް. ހަމަޔަގީނުންވެސް ކޮރަޕްޝަން މަދުވާނެ