މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
04 ޖެނުއަރީ 2023 - 13:49
މާލޭގައި މީގެކުރިން އިރުއަރަންވާއިރަށް އޮންނަނީ ހުރިހާ މަގެއް ކުނިކަހައި ސާފުކޮށްފަ އެވެ. ގޭބިސީތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނުން އުފައްދާ ކުނި ވެސް އެހާއިރަށް ނަގައި ނިންމަ އެވެ. ކުރިން، ހެނދުނު މަގުތައް އޮންނާނީ ވަރަށް ސާފުކޮށެވެ. އެކަމަކު، މިހާރު އެ މަންޒަރު ބަދަލުވެ، މަގުތަކުގެ އެކި ދިމާލުގައި ކުނި ކޮތަޅުތައް އޮންނަނީ ފުނިޖެހިފަ އެވެ.
މާލޭ ސިޓީ ކައުންސިލާއި ވޭމްކޯއާ ދެމެދު އޮތް ދެބަސްވުންތަކެއްގެ ސަބަބުން ހުރިހާ އުނދަގުލެއް އާންމުންނަށް ކުރިމަތިވާތީ މިކަމުގައި މީހުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.
"މިހާރު ކޮންމެ ދުވަހަކު ހެނދުނު އޮފީހަށް މި ދާންޖެހެނީ ޕޭވްމަންޓްތައް މަތީގައި ހުންނަ ކުނިކޮތަޅުތަކުގެ ތެރެއިން ހިނގައިފައި. މުޅި ހިސާބުގައި އޭގެން ދުވާ ނުބައި ވަސްގަނޑު،" އާންމުންގެ މީހަކު ބުންޏެވެ.
މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"މަގުމަތީ މިއުޅޭ ބުޅާތައް ކޮތަޅުތައް ފަޅައިގެން ކައި މުޅިތަން އޮންނަނީ ހަޑިވެފައި،" އެހެން މީހަކު ބުންޏެވެ.
ކޮތަޅުގައި ބަންދުކޮށްގެން މަގުމައްޗަށް ނެރެފައި ހުންނަ ކުނި ނަގަން ވެމްކޯއިން ދަނީ ދެކޮޅު ހަދަމުންނެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި، އެ މީހުން ނަގާނީ ގޭބިސީތަކަށް ގޮސްގެން، ގަވައިދުން އެ ކުންފުންޏަށް ފީ ދައްކާ ތަންތަނުން އެކަންޏެވެ. މަގުމައްޗަށް ކުނި ކޮތަޅު ނެެރެފައި ހުންނަންޏާ ނުގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނި އެވެ.
އެ ކުންފުނިން އެގޮތަށް ކަންތައްކުރަން ފެށީ، މާލޭގެ އާންމު ތަންތަން ސާފުކޮށް ބެލެހެއްޓުމަށް އެ ކުންފުނިން މާލޭ ސިޓީ ކައުންސިލާ އެކު ހަދައިފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުން އާކޮށްނުދިނުމުންނެވެ.
މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"މިހާރު" އިން މިއަދު ހެނދުނު މާލޭގެ މަގުތައް ބެލިއިރުގައި ވެސް ވަރަށް ގިނަ ތަންތަނުގައި ކުނި ކޮތަޅުތައް އެބަހުއްޓެވެ.
މި މައްސަލާގައި ސިޓީ ކައުންސިލަށް ވެސް ވަރަށް ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ވެމްކޯއިން "ވަރަށް ރަނގަޅަށް" އެ މަސައްކަތްކުރަމުން އަންނަނިކޮށް އަތުލީ ސިޔާސީ މަގުސަތެއް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ސިޓީ ކައުންސިލަށް ތުހުމަތުތަކެއް ވެސް ކުރި އެވެ.
އެކަމަކު ސިޓީ ކައުންސިލުން ބުނެފައި ވަނީ އެއްބަސްވުން އާނުކޮށްދިނީ ވެމްކޯ އަށް އެ މަސައްކަތް ނުކުރެވޭތީ ކަމަށެވެ. ވެމްކޯއާ ހަވާލުނުކޮށް، ސިޓީ ކައުންސިލުން އަމިއްލަ އަށް އެ މަސައްކަތް ކޮށްފި ނަމަ، މާ ރަނގަޅަށް އެ މަސައްކަތް ކުރެވި އަދި ބަޖެޓު ވެސް ސަލަމާތްކުރެވޭނެ ކަމަށް ބުންޏެވެ.
މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ވެމްކޯއިން ނަގަން ޖެހޭ ގޭބިސީތަކާއި ރެސްޓޯރެންޓްފަދަ ތަންތަނުން އުފައްދާ ކުނި ނުނަގާތީ އެ ކައުންސިލުން މިހާރު ވެސް ކޮންމެ ދުވަހަކު އެ މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.
"މަގުތަކުގައި ކުނި ބަހައްޓާފައި ހުރި ތަންތަން ފެނިއްޖެއްޔާ ސިޓީ ކައުންސިލުން މިދަނީ ހަމަ ނަގަމުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މަގުމަތިން؛
• އިއްޔެ ހެނދުނު 8 އިން އިރުއޮއްސި 6 އަށް 33.5 ޓަނުގެ ކުނި ނެގި
• ރޭ 12 އިން މިއަދު ހެނދުނު 6 އަށް 48.15 ޓަނުގެ ކުނި ނެގި
މާލޭގެ މަގުމަތީގައި މިއަދު ހެނދުނު ހުރި ކުނިތަކެއް: ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މަގުތަކުގައި ކުނި ގިނަވާ މައްސަލަ މިހާރު ވަރަށް ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މަގުތަކުގައި ކުނި ގިނަވާ މައްސަލަ ބޮޑުވެގެން، އާންމުންގެ ރައްކާތެރިކަމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން އަންގައިގެން ވެމްކޯއިން އެއް ދުވަހު މަގުތަކުގައި ހުރި ކުނިތައް ނެގި އެވެ. އެކަމަކު ފަހުން އެ މަސައްކަތްކުރި ކަމެއް ނޭނގެ އެވެ.
މާލޭގެ މަގުމަތީގައި ކުނި ބަހައްޓާ މައްސަލަ ބޮޑުވެގެން އެގޮތަށް ކުނި ބަހައްޓާ ބައެއް ތަންތަނުގެ ލިސްޓެއް ވެސް ސިޓީ ކައުންސިލުން އާންމުކުރި އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ 100 އެއްހާ މުވައްޒަފުން ނަގައިފަ އެވެ. އެ މަސައްކަތަށް އިތުރު 40 މުވައްޒަފުން ނަގަން ވެސް އިއުލާންކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ޓިނޭ
04 January 2023
ތިޔަ ބުނާ މުޒިއްލު ކޮބާބާ ، މުލުވަގުކަލޭގެ ކޮށްޓަށް ވެއްދީމަ މޮޔަވެގެން މަގުމަތީގައި ދުވަމުން ކުންޏެން ނުކެހޭނެތާ
އެދުރުކަލޭގެފާނު
04 January 2023
މާލެއަކީ ވެރި ރަށަށްވެފައި މާކުރީގައި ވެސް އޮންނަ ގޮތަކީ މާލޭގެ ކަންކަން އަތޮޅު އޮފީސް/ ރަށު އޮފީސް ގޮތަށް ނުހިންގާ ސީދާ މިނިސްޓްރީއެއްގެ ބެލުމުގެ ދަށުން ހިންގުމެވެ. އެއީ މާލެއަކީ ހުރިހާ ރައްޔިތުންގެ ތަނެއް ގޮތަށް ދެކޭ ތަނެއްގެ ގޮތުގައި ބޭއްވުމާއި އަދި ވަކީ ރާއްޖޭގެ ވެރިކަން ކުރާ މައިސަރުކާރު ގާއިމުވެ ތިބޭތަން ވީމައެވެ. ތިޔަ މައްސަލައަށް އޮތް އެންމެ ބުއްދިވެރި ހައްލަކީ މާލޭގައި ސިޓީ ކައުންސިލް ނޯންނަ ގޮތަށް ގާނޫނު ބަދަލުކުރުމެވެ.
ސީޒަން ޖެކްޝަން
04 January 2023
މުއިއްޒު ބަންދުގާ ދުވަސްކޮޅަކު ގެންގުޅެލަބަލަ ވާގޮތެއް ބަލާލަން.
ތަންފީޛު
04 January 2023
މަގުތަކުގައި ކުނި ބަހައްޓާ މީހުން ހޯދައި އަދަބު ދޭންވީ. ރަޖިސްޓަރީ ނުކޮށް ތިބެ، ގޮތްކުޑަކަމުން ކުރާ ކަންކަން ތި ހުންނަނީ.
އެމްސް
04 January 2023
ކޮން ޤައުމެއްގަބާ ގޭތެރޭގަ ކުނި ބަހައްޓައިގެން، ކުނި ނަގަން އަންނަ މީހެއްގެ އިންތިޒާރުގަ ގޭ ބަންދު ވެގެން މީހުން ތިބެނީ؟ ދެންވެސް ބިލްޑިން ކޯޑް ޒަމާނަށް ފައްތާ ކުނި ބަހައްޓާނެ ޖާގައެއް ކަނޑައަޅާ ބަލަ!
2023
04 January 2023
މުއިއްޒުކަމަކީ ސަރުކާރަށް ޖެއްސުން ކުރުން... މިހާރުގެ ކުދިން މިނޫހުގަ މުނިފޫހިލިޔާ ކުއްޖާ ކަޑާލީތަ.. ނޯ އަޕްޑޭޓް..... ބޮއިހަލަކި
ާއަލިމޯޑު
04 January 2023
ހުރިހާވެސް މައްސަލައެއް މިދިމާވަނީ މާލޭ ސިޓީކައުންސިލް އެމްޑީޕީ އަތުންދޫވެފަ އޮތީމަ. އެހެންވީމަ އެމްޑީޕީގެ ސަރުކާރުންވެސް ބޭނުންވަނީ ސިޓީ ކައުންސިލަށް ދަތިކުރަން. އަމިއްލަފައި މައްޗަށް ތެދުވަންކުރާ ކޮންމެކަމެއް މިސަރުކާރުން ހުއްޓުވާ. ރަށްރަށުގެ ބަނދަރު އޮޕަރޭޓްކުރަނީ ކައުންސިލްގެ ދަށުން. ނަމަވެސް މާލެ ސިޓީ ކައުންސިލް އެމްޑީޕީ މެޖޯރިޓީ ނެތީމަ އެކަންވެސް އެގޮތަށްވާކަށް ސަރުކާރުން ބޭނުމެއްނުވޭ. ގާނޫނުގަ ލިޔަންވީ މާލޭ ސިޓީއަށް ކައުންސިލެއް ބޭނުން ނުވާނެ ކަމަށް
އެމްސް
04 January 2023
ސަރުކާރޭތޯ، ރަޢިއްޔަތުންގެ ލާބައާއި މަންފާޢަށް މަސައްކަތްކުރި ސަރުކާރެއް މިޤައުމަށް އައިއްސިތޯ؟ ރާއްޖޭގަ އުފައްދާ ތަރުކާރި މޭވާގެ އަގު ކޮންޓްރޯލް ކުރަނީ ބޮންދެއްކަން ސަރުކާރަަށް ނޭނގެނީތޯ؟ ކުރިން -/20 ގަންނަން ލިބުނު ކިއުކަމްބާ -/80 އަށް އެރި ސަބަބު އެނގެނީ ކިތައް މީހުނަށްބާ؟
އައިސޫ
04 January 2023
"އެކަމަކު ސިޓީ ކައުންސިލުން ބުނެފައި ވަނީ އެއްބަސްވުން އާނުކޮށްދިނީ ވެމްކޯ އަށް އެ މަސައްކަތް ނުކުރެވޭތީ ކަމަށެވެ." ކައުންސިލަށް ވާކަން އެބަ ފެނޭ، ނުވާ މީހުންނަށް ދިނަސް މާ ރަނގަޅު. ފަރީދީ މަގު ގޯމެ ކެފޭ އަކީ ބޭރު ގެސްޓުން އަންނަ ތަނެއް އެމަގުން ހިނގާލަން ނުކެރޭ ދުވާ ނުބައި ވަހެއްގަ ކޮންމެ ދުވަހަކު އޮފީހަށް ވަންނަން މިޖެހެނީ ނޭވާ ހިފަހައްޓައިގެން ދުވަމުން ގޮސް. ބޮޑު ވަރު މުއިޒު!
އެމްސް
04 January 2023
ކީއްތޯ ކުރާނީ، ކުއްޔަށް ދޭނެ ތަންކޮޅު ކުޑަވެދާނެތީ ވައިދައުރުވާނެ ގޮޅިއެއްގެ މިންވަރުވެސް ޢިމާރާތް ނުކޮށް/ހުހަށް ދޫކޮށްލަން ބޭނުން ނުވާ ބަޔަކު، ކުނި ބަހައްޓާލާނެ ތަންކޮޅެއް އަދި އަމުދުން ދޫކުރާނެތޯ؟ ކުރީގެ ގޯއްޗަކީ މިހާރު 10 ގޯތި ކަމުން ކުރިނަށްވުރެ ކުނިވެސް، އެނިސްބަތުން މިހާރު އިތުރުވާނެ!
876442
04 January 2023
މާލެ ރަތްޔިތުން އުފައްދާ ކުނި މާލެ ތަގަޔަރުކޮއްފަ ސަރުކާރުގެ އިދާރާތަކާ ކައުންސިލް މިގޯސްކުރަނީ. ކުނިމަގުމައްޗައް ނާޅަފަދަ އަހުލާގެއް ހުރިބަޔެއްނަމަ ތިހެންނުވީސް.
އެމްސް
04 January 2023
ކުނި ބެހެއްޓޭގޮތަށް މާލޭގެ ލޭންޑްސްކޭޕާއި ބިލްޑިން ކޯޑް ނުހަދާ 14 ބުރި އަށްވެސް ތަންތަން ހަދަން ހުއްދަ ދިނީ ސަރުކާރަކުން ނޫންބާ؟ ބިލްޑިން ކޯޑްގަ އެންމެ ކުޑަމިނުން އެމަޖެންސީ އެކްޒިޓެއްގެ މިންވަރުވެސް ކަނޑައެޅިފަ އިން ނަމަ ދާދި ފަހުން އަލިފާން ހިފި ގެއިން 12 މީހުންގެ ފުރާނައެއް ނުދިޔައީސް!
ސާރަޝް
04 January 2023
ގޭބިސީ ތަކުންވެސް ތި ވެމްކޯ މީހުން ކުނި ނުނަގަ، ގުޅާފަ ބުނާއިރަށް ބުނަނި ކުނި ނަގާފަ އިން ކަމަށޭ ދައްކަނި، ކުނި އުކިއަސް ނޫކިއަސް މަސް ނިމޭއިރަށް ހުރިހާ ދުަވަހަކު ކުނި އުކިކަމަށް ބިލް ފޮނުވާ
ލިލީނާ
04 January 2023
ވެލްކަމް ޓު ކުނިމާލެ.
އެމްސް
04 January 2023
އޯލްސޯ ބުޅާ "ގުއި މާލެ"!