ރާއްޖޭގެ ޑެލިވަރީ ބްރޭންޑެއްގެ ގޮތުގައި ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ރެޑްބޮކްސް ހިންގާ ކުންފުނި، އާރް.ބީ އިންޓަނޭޝަނަލްއިން ތައާރަފު ކުރި ޝޮޕްމީ ޕްލެޓްފޯމަކީ، ރާއްޖެއިން ބޭރުން މުދާ ގެނައުމުގައި ދިމާވާ އެތައް ކަމެއް ފަސޭހަ ކޮށްދިން ޕްލެޓްފޯމެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ތައާރަފް ކުރި މި ޕްލެޓްފޯމް މެދުވެރިކޮށް މިހާރު އިންޑޮނޭޝިއާ، ތައިލެންޑް، ސްރިލަންކާ އަދި އިންޑިއާ ހިމެނޭހެން ދުނިޔޭގެ ތަފާތު 13 ގައުމަކުން ރާއްޖެ އަށް މުދާ ގެނެވެއެވެ. އަދި އިތުރު ގައުމުތަކުން ވެސް މުދާ ގެނެވޭނެ މަގު އަންނަ އަހަރު ފަހިވާނެ އެވެ.

ގިނަ ގައުމުތަކުގައި މުދާ އަގުހެޔޮކޮށް ލިބެން ހުރި ނަމަވެސް ގިނަފަހަރަށް އެ ގައުމުތަކުން ސީދާ ރާއްޖެ އަށް މުދާ ޑެލިވަރީކޮށެއް ނުދެ އެވެ. މުދާ ފްރައިޓް ކޮށްދޭ އަގު ބޮޑުވުމުގެ ސަބަބުން ވެސް ބައެއް ފަހަރު މުދާ ގެނެވޭނެ ގޮތެއް ނޯވެއެވެ. އަދި މުދާ ގެނައުމުގައި އެތައް ފަރާތްތަކެއް މެދުވެރިވުމުގެ ސަބަބުން އީމެއިލް މެދުވެރިކޮށް ކުރާ މުއާމަލާތްތައް ދިގުވެ، ކަސްޓަމަރަށް މުދާ ލިބުމުގައި އުނދަގުލާ ކުރިމަތިވެއެވެ. ޝޮޕްމީ ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާ އެކު، ޝިޕްމަންޓާ ގުޅޭ މައުލޫމާތުތައް ފެންނަން ހުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ އުނދަގޫތައް ވަނީ ފަސޭހަވެފަ އެވެ.

މުދާ ލިބެން ހުރި ގައުމުތަކުން މުދާ ގެނައުމަށް ކަސްޓަމަރުންގެ އަމިއްލަ ސުއިޓް އެޑްރެސްއެއް ނުވަތަ ވެއާ ހައުސް ސްޕޭސްއެއް ޝޮޕްމީ މެދުވެރިކޮށް ކަސްޓަމަރަށް ލިބުމުން، އެކި ސަޕްލަޔަރުން އަތުން ގަންނަ މުދާ އެއްކޮށްލުމަށް ފަހު އެއް ޝިޕްމަންޓެއްގެ ގޮތުގައި ރާއްޖެ އަށް ގެނެވޭނެ ފަސޭހަ ގޮތް ޝޮޕްމީ މެދުވެރިކޮށް ލިބެ އެވެ.

އަމިއްލަ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކުން ވެސް މިއަދު ވިޔަފާރި ކުރުމުގައި އީކޮމާސްގެ އެކި ވަސީލަތްތަކުގެ ބޭނުން ހިފަމުންދާއިރު، ޝޮޕްމީ ފަދަ އޮންލައިން ޕްލެޓްފޯމެއް ރާއްޖޭގެ ކުންފުންޏަކުން ތައާރަފްކޮށް ހިންގުން ވެގެންދާނީ އެތައް ގޮތަކުން ލުއިފަސޭހަ އަދި ޒަމާނީ ތަރައްގީއާ އެކު ވިޔަފާރި ކޮށްލުމަށް ވަރަށް ސްމާޓު ހައްލަކަށެވެ.

ނޯޓު: މިއީ ރެޑްބޮކްސްގެ ޝޮޕްމީ ވެބްސައިޓުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.