ނުކުޅެދުންތެރިަކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރަން ރައީސް އަލިފުއްޓަށް ފުރާވަޑައިގަތުމަށް އެއާޕޯޓުގައި.-- ފޮޓޯ: ރައީސް އޮފީސް
05 ޖެނުއަރީ 2023 - 10:11
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. އަލިފުއްޓަށް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ. މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރާއި މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސް އާއި އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި ރައީސް ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާ ބައްދަލުކުރައްވާނެ އެވެ. އަދި، އަލިފުށީ ސްކޫލްގައި އިމާރާތްކޮށްފައިވާ މަލްޓިޕާޕަސް ހޯލް ހުޅުއްވައި ދެއްވާނެ އެވެ.
ގާނޫނުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. އެ މީހުންނަށް ދޭ އެލަވެންސް ބޮޑުކޮށްދެއްވާނެ ކަމަށް މިދިޔަ އަހަރު ރައީސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ ބޮޑޭ
05 January 2023
ނުކުޅެދުންތެރިކަން ހުންނަމީހުންގެ ދުވަހެއްފާހެއް ފާހަގަކޮއް ރައްރަށައް އެއްވެފާޑުފާޑުގެ އަނގަތެޅުމުން އެމީހުނައް އޮތީކޮންއެއްޗެއްތޯ.މިއަހަރު ފަހުކުއާޓަސްގަ އެމީހުންގެ އިނާޔަތް ބޮޑުކޮއްދޭން ބުނެފަ އެކަންނުކޮއްދީ ކޮންޖަލްސާ އެއްބާއްވަންވީ. އަހަރަކު ހަތަރުދުވަސް ފާހަގަ ކޮއްހަތަރު ޖަލްސާބާއްވަންވީ އޭރުން ތިގޮތައްދަތުރުކޮއް ކެމްޕޭނު ކުރަންފަސޭހަވާނެނުން,
މަބުނީ
05 January 2023
އަލިފުސިގަ އެއަރޕޯރޓް އެޅުން އެންމެ ހާހެއްހާ މީހުން އުޅޭރަށެއްގަ އަތޮޅުގެ އެއްކަނުގަ އެކަހެރި ރަށެއްގަ މީ ބަޖެޓް ބޭކަރުކުރުން
ކިލިޔަން
05 January 2023
ކީއްވެ 500 އޭ ނުބުނީ ނޭނގޭ ވާހަކަ ނުދެއްކުން މާ ރަނގަޅުވާނެ. ދުވާފަރު ނަގާފަ އެންމެ އާބާދީ ބޮޑު ރަށް
@މަބުނ
05 January 2023
ކީއްވެތަ މި އުތީމު ކައިރީ އެއަރުޕޯރޓެއް ނަހަދަނީ އެންމެ ގިނައިން ރާއްޖެގެ އެކި ކަންކޮޅުތަކުން މީހުން އައިސް އުޅޭރަށް
ިސިސިސނސނ
05 January 2023
ކޮބާ ރ & ނ އަތޮޅުގަ ފަށަން ޖެހޭ ރޓލ ކުއްލިއަކަށް އަމިއްލަ އަތޮޅު ޅ ގަ ފަށާފަ ކޮން ކެންޕޭނެއް ކުރާކަށް
މމޫސަ
05 January 2023
އެއީ ހަމަ ވޯޓަށް ،ރ،އަތޮޅަށް ދަނި ދެން ބުނޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް،،ދޭން ބުނީ،އިނާޔަތްތައް ކޮބާ،
މމޫސީ
05 January 2023
މިވަގުތު ޚާއްޞަ ޢިނާޔަތުގަ އިރުކޮއްތު އިރަށް ލިބިގެން ހުންނެވި ބޭފުޅަކީ މަގޯތި އިބުރާހީމް ފުޅު އިރުކޮއްތު އިރަށް ލިބި ފުޓްބޯޅަ ބަލާލުމާ އައުއަހަރަށް އޮޅުދޫކަރައިގެ ހިތްގައިމު މާހައުލުން ހިތަށް ފިނިކަންހޯދާ ޓާކީކާލާ ޗާލާކީ ގޮތުގަ ހަސްތީގައިއުޅެމުންދަނީ މަގޮތި އިބުރާހީމް
ޙަބީބު..
05 January 2023
ދެންއައިސްބުނޭ މެގަ ޕްރޮޖެކްޓެއް ނިންމާ ލެވިއްޖޭ
އެމްސް
05 January 2023
ތިއިން އެއްވެސް ކަމަކުން ދިވެހިންނަަށް އުފެދެނީ ކިތައް ވަޒީފާ ބާ؟
ސައިޚް
05 January 2023
ސަރުކާރު ޚަރަދުގަ ކެމްޕެއިންދަތުރުތަށް ފެށުނީ، މޭކަރާވަރެއްދޯ .؟
ޖިލް
05 January 2023
މަނިކުފާނެކޭ، މަނިކުފާނު ބަޔެއް މިނިސްޓްރީތަކަށް ހަމަ އެކަނި މަނިކުފާނަށް ކެމްޕެއިން ކުރުމުގެ މަގުސަދުގަ ލާފަ ހުރި މީހުންނެކޭ ކޮބާ ތަފާތަކީ؟
އެމްސް
05 January 2023
ޒިއްމާއެއް ނެތް ސްޓޭޓް މިނިސްޓަރުން އިތުރުކުރުމަަށްވުރެ އައިޖީއެމްއެޗް އަަށް ކަންކަމާއި ބެހޭ ޑޮކްޓަރުން އިތުރުކޮށް، ހޮސްޕިޓަލްގެ މެނޭޖްމެންޓް މިހާރަަށްވުރެ ހަރުދަނާ ކުރުން ރަައިއްޔަތުންނަށް މާ ފައިދާވެސް ބޮޑުވާނެ!
ާާއަލިބެ
05 January 2023
ޢަލިފުއްޓަށް ތަންކޮޅެއް ގިނަވެއްޖެ ކިހިނެއްވާ ކަމެއްބާަ
ގުރާ
05 January 2023
ދެން އަހަރެމެން ތިކަމާ ކިހިނެއް ހަދަންވީ ؟
އެމްސް
05 January 2023
ބާރަށް އަތް ޖެހުން ކިހިނެއް؟
ރަދީފު ބިން ރަފައިދާ
05 January 2023
އަނެއްކާ ނައްޓާލީ! ބޯހަލާކު.
އެމްސް
05 January 2023
ނޮވެމްބަރުގެ ކުރިން ވީހާވެސް ގިނަ ރަށަކަށް ގޮސްގެން ވާނީ!