ޚަބަރު / ސްޓެލްކޯ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ސްޓެލްކޯގެ ކަލަންޑަރުން

އިމާދުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކު ކުރަހާފައިވާ ކުރެހުމެއް.-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން މިއަހަރު ހެދި އަހަރީ ކަލަންޑަރު ތަފާތު ވާ ސަބަބަކީ މިއެވެ؛ އިމާދުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ބައެއް ދަރިވަރުން ކުރާހާފައިވާ ކުރެހުންތަކާއި އެ ކުދިންގެ ހުނަރު ފެންނާނެ ކުރެހުންތައް ކަލަންޑަރުގައި ހިމަނާފައި ވާތީ އެވެ. ހުނަރުވެރި ނަމަވެސް، އެ ހުނަރު ދެއްކޭނެ މާ ގިނަ ފުރުސަތެއް ނުލިބިފައި ތިބި ދަރިވަރުންނަށް މިއީ ރަނގަޅު ފުރުސަތެކެވެ.

އިމާދުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކު ކުރަހާފައިވާ ކުރެހުމެއް، ސްޓެލްކޯގެ ކަލަންޑަރުގައި ހިމަނާފައިވާ-- ފޮޓޯ: ސްޓެލްކޯ

މި ކަލަންޑަރުން އިމާދުއްދީން ސްކޫލުގެ ސްޕެޝަން އެޑިއުކޭޝަނަލް ނީޑްސް (ސެން) ގައި ކިޔަވަމުން އަންނަ 12 ދަރިވަރެއްގެ ކުރެހުން ފެންނާނެ އެވެ. ކޮންމެ މަހެއްގެ ގަނޑެއްގައި ވެސް އާ ކުރެހުމެއް ހިމަނާފައިވަނީ، އެ ކުރެހުމަކާ ގުޅޭ މެސެޖަކާއެކުގަ އެވެ.

އިމާދުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކު ކުރަހާފައިވާ ކުރެހުމެއް، ސްޓެލްކޯގެ ކަލަންޑަރުގައި ހިމަނާފައިވާ-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު އަބްދުﷲ ނާޒިރު މިއަދު ވިދާޅުވީ އެ ކުންފުނީގެ މިއަހަރުގެ ކަލަންޑަރު ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ކުރީ، އެ ކުދިންގެ ހުނަރު ވީހާ ވެސް ގިނަ ބަޔަކަށް ދެއްކުމުގެ މަގުސަދުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ކަލަންޑަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވާނެ އެއްޗެހި. މީގެ އިތުރުން މިނިސްޓްރީތަކާއި މުއައްސަސާތަކަށް ވެސް ފޮނުވާނެ. އެހެންކަމުން ގިނަ ބަޔަކަށް ފެނިގެންދާނެ އެ ދަރިވަރުންގެ ހުނަރުތައް،" ނާޒިރު ވިދާޅުވި އެެވެ.

އިމާދުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކު ކުރަހާފައިވާ ކުރެހުމެއް، ސްޓެލްކޯގެ ކަލަންޑަރުގައި ހިމަނާފައިވާ-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ކަލަންޑަރުގައި ހިމަނާފައިވާ ކުރެހުންތައް ކުރަހާފައިވާ ދަރިވަރުންނަށް މިއަދު ވަނީ އެކަން އަގުވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓް ވެސް ދީފަ އެވެ. އިމާދުއްދީން ސްކޫލުގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝަކޫރު ވަނީ، އެ ދަރިވަރުން ތައުލީމު ހާސިލްކުރާ މަރުކަޒަށް މިވަގުތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަން އިއުލާންކުރައްވާފައިކަމަށް ނާޒިރު ވިދާޅުވި އެވެ.

"އެމްޑީ ވިދާޅުވީ، އެ ދަރިވަރުން ކިޔަވާ މަރުކަޒުގައި ހެއްލާ އުނދޯލިތަކެއް ބެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް. އެއީ އެ ދަރިވަރުންނަށް އެއިން ވެސް ރަނގަޅު އަސަރުތަކެއް ކުރޭ،" ނާޒިރު ވިދާޅުވި އެވެ.

ސްޓެލްކޯގެ ކަލަންޑަރުގައި ހިމަނާފައިވާ ކުރެހުންތައް ކުރެހި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް އިމާދުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ސްޓެލްކޯ

އެ ދަރިވަރުންގެ ކުރެހުންތަކުގެ ތެރޭގައި، ކޮޓަރި ތެރޭގައި ލެޕްޓޮޕާ ކުޅެން އިންނަ ކުރެހުމާއި ދަރިވަރެއްގެ ހުވަފެނީ ދުނިޔެ ސިފަކޮށްދީފައިވާ ކުރެހުމެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެ ދަރިވަރުންގެ ބަގީޗާ ފަދަ ކުރެހުންތައް ސްޓެލްކޯގެ ކަލަންޑަރުން ފެންނާނެ އެވެ.

"ކަލަންޑަރުގައި ހިމަނާލަން ވަރަށް ހިތްގައިމު ފޮޓޯތަކެއް މިއީ. ހުނަރުވެރި މޮޅު ދަރިވަރުންތަކެއް އެއީ،" ނާޒިރު ވިދާޅުވި އެވެ.

އިމާދުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުން ދަރިވަރަކު ކުރަހާފައިވާ ކުރެހުމެއް، ސްޓެލްކޯގެ އޮގަސްޓް މަހުގެ ގަނޑުގައި ހިމަނާފައި: މި ކުރެހުމުން ދައްކުވައިދެނީ ހަޔާތުގެ ކުލަތައް.-- ފޮޓޯ: ސްޓެލްކޯ

"އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ، އެ ކުދިންގެ ހުނަރު އަޅުގަނޑުމެން ބަލައިގެންފީމޭ. ދެން އާއްމުން ވެސް އެ ހުނަރުތައް ބަލައިގަންނާށޭ. އެއީ މުޖުތަމައުގެ ލޯތްބާއި ހާއްސަ އެހީ ބޭނުންވެފައި ތިބި ކުދިންނޭ،" ނާޒިރު ވިދާޅުވި އެވެ.

3 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

16 January 2017

ސްޓެލްކޯގެ ކަލަންޑަރުގަ 200000 ޑޮލަރަށް ވީގޮތް އެބައޮތްބާ؟؟؟

The name is already taken The name is available. Register?

ހުސެން ބޭބެ

16 January 2017

ކަލޯ ހުސޭނާ ކޮންމެ ކަމެއް ސިޔާސީ ކުރަން ނޫޅެބަލަ، މާދަމާ ކަލޭ ކުރަހައިގެން، ފޮޓޯ ލާން ޖެހިދާނެ.

The name is already taken The name is available. Register?

ފްރޮމްދިސް

15 January 2017

ސްޓެލްކޯގެ ކަލަންޑަރު ގައި ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ހުނަރު ހުރީ އެއީ ރާއްޖޭގެ ހިސްޓްރީ ބުކް ޕޭޖްގައި ވެސް ފުރަތަމަ ފަހަރަށް މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަަމް އެން ފްލޯލެސް ވެރިކަމުގައޭ މަމެން ބުނަން ނެތީމު ދޯ. ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާ ކަލަންޑަރު ސްޓެލްކޯ އިން ގަންނަން ލިބޭ ގޮތް ހަދާ އަދި ބުކް ޝޮޕްސް ތަކުން އެކަލަންޑަރު ގަންނަން ލިބޭ ގޮތް ހަދަންވީއެވެ. ފްރޮމް ދިސް މޯމެންޓް އޮން އަ ނިއު ލައިފް ހޭޒް ބިގަން، ފްރޮމް ދިސް މޯމެންޓް އޮން، ފްރޮމް ދިސް މޯމެންޓް އޮން އައި ލިވް އޮންލީ ފޯރ ޔުއަރ ހެޕިނެސް.. އައި ގިވް މައި ހޭންޑް ޓު ޔޫ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454