ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހިތަދޫ މެދު ދާއިރާގެ ބައެއް މީހުންނާ ސަލާމް ކުރައްވަނީ.
14 ޖެނުއަރީ 2023 - 13:29
ކުރީގެ ބައެއް ސަރުކާރުތަކުން އައްޑު އަށް ކަމެއް ކޮށްދެވޭތޯ އުޅެފައިވީ ނަމަވެސް އެ ސަރުކާރުތަކުން މިހާތަނަށް ގެނެސްދިނީ ވަގުތީ ހައްލުތަކެއް ކަމަށާއި މި ސަރުކާރުން ފެށި ކަންކަން ނިންމަން އެ މަނިކުފާނަށް އައްޑޫގެ މީހުންގެ ތާއީދު ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
"ސާކް ސަމިޓާ ދިމާކޮށް ވެސް އަޅުގަނޑުމެން ކުރި ކަންތައްތައް ކުރެވިފައި އެ ހުރީކީ ދާއިމީ ހައްލެއް އޭގައި ލިބޭ ގޮތަކަށް ނޫން. މަގު ހެދުން ކަމުގައި ވިޔަސް އަދި އެ ނޫން ކަންތައްތައް ކަމުގައި ވިޔަސް،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް އިއްޔެ ފެއްޓެވި ދަރުފުޅުގައި ހިތަދޫ މެދު ދާއިރާގެ އެ ޕާޓީގެ ބައެއް މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާލުވި އެވެ.
ކުރީގެ ރައީސް އަދި މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑޫގައި ހިންގާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދަތުރުފުޅުގައި ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އޭގެ ތެރޭގައި މަގު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ކަންކަން އެ ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތްތައް ހިމެނެ އެވެ.
...އަދި އަޅުގަނޑުމެން އެކުލަވައިލާ ސަރުކާރުގައި މި ސިޓީގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ،"--- ރައީސް
ނަޝީދުގެ ސަރުކާރަށް ފަހު އައި ސަރުކާރު ފައިބައިގެން ދިޔައީ ރައީސް ވިދާޅުވިގޮތުގައި ސާކް ސަމިޓަށް އައްޑު އަށް ގެނައި "ގޮނޑިކޮޅާއެކު" އެވެ.
"ހަމަ ގައިމު ވެސް އަޅުގަނޑުމެން މި ގެންނަ ތަރައްގީ އަކީ މި ތަނުން އުފުރާލައިގެން ގެންދެވޭނެ އެއްޗެއް ނޫން. ފާހާނާ އާއި ފެނާއި ނަރުދަމާގެ ނިޒާމު ނިމެމުން އެ ދަނީ. މަގުތައް ހެދެމުން އެ ދަނީ. ބަނދަރުތައް ހެދެމުން އެ ދަނީ. އެއާޕޯޓް ތަރައްގީ ވަމުން އެ ދަނީ. ޓޫރިޒަމް މި ތަނަށް ގެންނަނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"މިއީކީ ވެރިކަމެއް ބަދަލުވެެން މި ތަނުން އުފުރާލައިގެން ގެންދެވޭނެ އެއްޗެއް ނޫން. އެހެންވީމާ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން މި ފެށި މަސައްކަތް ނިންމުމަށްޓަކައި ތިޔަބޭފުޅުންގެ ތާއީދު އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން."
ހިތަދޫގެ މެދު ދާއިރާގެ ބައެއް މެމްބަރުންނާއެކު ރައީސް މިއަދު ބޭއްވެވި ކެމްޕެއިން ބަދަލުވުމުގައި އެ މަނިކުފާނުގެ ކެމްޕެއިންގެ ބައެއް އިސް މެމްބަރުން އަދި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން.
ރައީސް ވިދާޅުވިގޮތުގައި މުޅި ރާއްޖެ ތަރައްގީ ކުރަން ވެސް އެ މަނިކުފާނަށް އައްޑޫގެ މީހުންގެ ތާއީދު ބޭނުންވެ އެވެ.
އެ މަނިކުފާނު ވިދާޅުވީ އައްޑޫން ލިބޭ ތާއީދު ބޭކާރު ނުވާނެ ކަމަށެވެ.
"އަދި އަޅުގަނޑުމެން އެކުލަވައިލާ ސަރުކާރުގައި މި ސިޓީގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާސްޓަހެއް
15 January 2023
އެންވީމަ ރައީސް މައުމޫނު ފެއްޓެވި ހުޅުމާލެ ނިންމަވަން އެމަނިކުފާނަށް ދައުރެއް ދޭން އެބަޖެހޭ ހަމަޖެހޭ ވާހަކަ ނުދެއްކޭ ވެރިކަމުގެ ދަވާގަ ޖެހިގެން
ސަފީރު
15 January 2023
ކޮންމެ އަހަރަކު ބަޖެޓް އަހަރު ނިމޭއިެު މަނިކުފާނުގެ ސަރުކާރުން ހުސްކޮއްލާ އަދި އިތުރަށް ބައިވަރު ދަރަނި ނަންގަވާ ދައުރު ނިމޭއިރު ދައުރުގައި ކުރަން ވައުދުވެފައިވާ ކަންތައް ނުކުރެވުނު. ދެން އެ ވައުދުތައް ފުއްދަން އިތުރު ދައުރެއް ބުނާއިރު އެވައުދުތައް ފުއްދަނީ މަނިކުފާނުގެ އަމިއްލަ ޖީބުންތޯ އައްޑޫ ރައްތިތުންނަށް މަނިކުފާނު އެބަ ސާފުކޮށްދޭންޖެހޭ. ދައުލަށް ހިންގަން އެޑް މިމިސްޓްރޭޝަން ހަރަދަށް އާމްދަނީގެ %70 ވެސް މަނިކުފާނަށް އޮތީ ނުފުދިފާ؟
މުޙުއްމާ
15 January 2023
މަނިކުފާނު ކުރެއްވި ކަންތަށް ވަރަށްވެސްގިނަ . ދެކަންތަށް ހައްލުކޮށްފިއްޔާ މަނިކުފާނުވަރގެ ރައީސަކު ނުހުންނާނެ. ފުރަތަމަކަމަކީ ފުލުހުންން އަތުން ނަޝީދު ނެންގެވި ބާރު އަލުން ދެއްވާ އެބޭފުޅުންނަށް ކުށްކުރާ މީހުން ހައްޔަރުކޮށް ރައްޔިތުންނަށް ސަލާމަތްކަން ލިބޭނެގޮތް ހައްދަވައިދެއްވުން. ކޯޓްތަކާނުލާ މީހުން ހައްޔަރުކުރެވެންޖެހޭނެ. ހުރިހާޤައުމަކާވެސް އެއްވަރަކަށް ގުޅުންއޮވެފަ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގަ ތިބެގެން ނުވާނެ.
ނޭފަރު މީހާ
15 January 2023
ހެޔޮނުވާނެ އަމީނީ މަގުގެ އެއްބައި ނަމަވެސް ނިންމަން އަދި 5 އަހަރު ދީ. ބްރިޖްގެ ތަނބެއް ޖަހަން އަދި 5 އަހަރު ދީ. ފްލެޓެއް އަޅަން އަދި 5 އަހަރު ދީ. ނޯ ސޮރީ. ޔާމީނުގެ 5 އަހަރުގައި ހަބޭސް. ސަޅި. އިބޫއަކީ ވެރިކަން ހިންގަން އެނގޭ މީހެއްނޫން. ކަމަކަށް ވާކަހަލ ކަމެއް ނުކުރެވުނު. ނަތީޖާއެއް ނުރެވުނު.
ބޮޑުމީހާ
15 January 2023
ހެޔޮނުވާނެ އަމީނީ މަގުގެ އެއްބައި ނަމަވެސް ނިންމަން އަދި 5 އަހަރު ދީ. ބްރިޖްގެ ތަނބެއް ޖަހަން އަދި 5 އަހަރު ދީ. ފްލެޓެއް އަޅަން އަދި 5 އަހަރު ދީ. މިހާ ސްޕީޑްބާރު ސަރުކާރަކަށް އަދި 30 އަހަރުވެސް ދޭންވީ
ސަސި
14 January 2023
ވެރިކަން ކުރަން 4 އަހަރުވެސް ގިނަކަމަށް ބުނި އިންސާނާ މީހަރު 10 އަހަރުވެސް މަދުވެގެން މި އުޅެނީ
އެމްސް
14 January 2023
ވެރިކަމަކީވެސް މަސްތެއް! ކިތަންމެ ޞޯލިޙަކަސް އޭގައި ޖެހިއްޖެއްޔާ ދުރަކަަށް ނުދެވޭނެ!
ޢަލިބެއްޔާ ގެ އިބުރާ
14 January 2023
ރަން 30 އަހަރުން ފެށިގެން އެވްރެޖުކޮށް އެންމެ ތަރައްޤީ ނުވަނީ އައްޑޫ! އެންމެ ނިކަމެތި ގިނަ ގެދޮރު ހުރީ އައްޑޫގައި! މި 5 އަހަރު ވެސް ނިމުމަކަށް އަންނަނީ! ނުވޭ އެއްކަމެއް ވެސް! ވަރަށް ދެރަ
އެމްސް
14 January 2023
މާލެ ތަރައްޤީ އެބަވޭ ނޫންތޯ! ހުރިހާ އެންމެެންގެ ކުލި ބީއެމްއެލްއަށް ޖަމަޢަވެގެން އެ ބޭންކްވެސް އެބަ ކުރިއަރާ ނޫންތޯ!
ނަދުރު
14 January 2023
ރައީސް ސޯލިހު ކައިރީގައި މި ސުވާލެއް ކޮއްލަދީބަލަ ރާއްޖޭގައި މިހާރު ސާރުކާރުން ހިންގާ ޕްރޮޖެކްޓް ތަކުގައި ސޮއިކޮއްފައި ޕްރޮޖެކްޓްތަށްނިމި އެތަށް މަހެއް ވެގެންދާއިރު ސަރުކާރުން ދޭންޖެހޭ ފައިސާ އެކުންފުނިތަކަށް ނުދީ އެފައިސާތަށް ފޮރުވާފައިވަނީ ކޮންތާކުތޯއެވެ. ފެނަކާގެ ޕުރޮޖެކްޓްތަށް ނިންމާފައިވާއިރު އެފައިސާ ކުންފުނިތަކަށް ނުލިބުމުގެ ސަބަބުން އެދަނީ ދަރަނި ވަމުންނެވެ. ސަރުކާރުން ފައިސާނުދީ ޕވޓ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓް ތަކެއްނޫންތޯމީ ؟
އެމްސް
14 January 2023
ތިޔަކަމާ ފިކުރުބޮޑުވެގެނެއް ނޫންބާ ފިނޭންސް މިނިސްޓަރު ޑޮކްޓަރަށް އެދެއްކީ!
ދަންނަންޖެހޭނެއޭ
14 January 2023
އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ޓެކްސް ބޮޑު ކުރާ ސަރުކާރަށް މަރުހަބާ ކިޔާ ރައްޔިތުން މިހާރު ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުތިބެއޭ އައްޑޫ ކުއްޖާ މެންނަށް އިނގޭނީ އައްޑޫ ކުއްޖާ މެން ވޯޓް ދޭނެ ގޮތް އަންނަ ފެބްރުއަރީ މަހުން ފެށިގެން ތަކެތީގެ އަގު ބޮޑުވަމުން ގޮސް ޖުލައި މަސް އަންނަންވާއިރަށް މިހާރު 10 ރުފިޔާ އަށް ދޭ ކިރުޕެކެޓް ވިއްކާނީ 40 ރުފިޔާ އަށް ކަން އެއީ ހިސާބު އިލްމް ބުނާ ގޮތޭ މިކަން ދަންނަން ޖެހޭނެއޭ ހުރިހާ ރައްޔިތުން ވެސް...
އެމްސް
14 January 2023
މިހާ އަވަހަށްވެސް %50 ބޮޑުކޮށް ހުރި ތަކެތިވެސް އެބަހުރި! ޑޮލަރު ރޭޓްވެސް މައްޗަށް އެދަނީ ރޮކެޓް ސްޕީޑްގަ!
ފެހޭ
14 January 2023
ވަގުތު ފާއިތުވެއްޖެ. ޢައްޑޫ ރައްޔިތުންނަށް މަނިކުފާނު ވީ ބޭވަފާ. ދެން މަނިކުފާނަށް އޮތީ ދޮގު ކަޑަޖެހުން. ކޮބާތޯ ވީ ވައުދުތައް. ޚޮންމެ އަހަރަކު ފާސްކުރި އެތައް ބިލިޔަން ބަޖެޓުން އައްޑޫ ރައްޔިތުންގެ ހިއްސާ. ޢައްޑޫގެ އިގްތިސާދަށް އެއްވެސް ކަމެއް ކޮށެއް ނުދެވުނު. ތަރައްގީވީ ތިބޭފުޅުންގެ ޖީބު