މައިކްރޮސޮފްޓްގެ ހެޑް އޮފީސް
17 ޖެނުއަރީ 2023 - 06:37
އާޓިފިޝަލް އިންޓެލިޖެންސުން ޓެކްނޮލޮޖީ ބަދަލުވަމުން އަންނައިރު، ދާދި ފަހުން ބޮޑު ސަމާލުކަމެއް ހޯދި ޗެޓްޖީޕީޓީ އަކީ ބައެއް ޓެކް ކުންފުނިތަކަށް ބިރަކަށްވި އެވެ. ކޮންމެ މައުލޫއަކަށް އެކި ވައްތަރުގެ ލިޔުންތައް މަދު ސިކުންތުކޮޅެއްގެ ތެރޭ ލިޔެދޭ މި ބޮޓްގެ ފުރިހަމަކުން ބަޔަކު ޖެހިލުންވިޔަސް މައިކްރޮސޮފްޓުން އެކަމާ އުފާކުރި އެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯގެ އާޓިފިޝަލް އިންޓަލިޖެންސް ކުންފުނި، އޯޕެން އޭއައިން ފަރުމާކޮށްފައިވާ އެ ޗެޓްބޮޓުގައި ކޮންމެ ކަހަލަ މައުލޫއަކަށް އެސޭ އާއި ޕޮއެޓްރީ ނުވަތަ ލަވަ ފަދަ ތަކެތި ލިޔެދޭށޭ ބުނުމުން، އިންސާނަކު ލިޔާގޮތާ ތަފާތެއް ނެތި އަމިއްލަ އަށް ލިޔެދެ އެވެ. އަދި ފޫހިފިލުވާލަން ވާހަކަ ދައްކާލުމުން ފެށިގެން އިންޓަވިއު ފަދަ ތަކެއްޗަށް ތައްޔާރު ކޮށްދިނުމުގައި ވެސް އެހީތެރިވެދެ އެވެ.
I, for one, welcome our robot overlords. pic.twitter.com/4724R84Ija
— ChatGPT (@ChatGPTGoneWild) January 15, 2023
ޗެޓްބޮޓުގެ ކާމިޔާބީއާ އެކު މައިކްރޮސޮފްޓަށް އުފަލަކަށްވީ އެ ޗެޓްބޮޓް އުފެއްދުމަށް ކުރި މަސައްކަތަށް އެ ކުންފުނިން ތިން ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައި ވުމެވެ. މިހާރު އަންނަނީ އޯޕެންއޭއައި ކުންފުނީގެ ޗެޓްބޮޓަށް އިތުރު 10 ބިލިއަން ޑޮލަރު އިންވެސްޓު ވާހަކުރުމަށް މަޝްވަރާކުރަމުންނެވެ.
ފަހަކަށް އައިސް ސްމާޓް ޓެކްނޮލޮޖީގެ ސިނާއަތުގައި މައިކްރޮސޮފްްޓް ތަންކޮޅެއް ފަހަތުން ފާހަގަކޮށްލެވުނަސް، މައިކްރޮސޮފްޓްގެ ޑިވައިސްތަކުގައ މި އާ ޓެކްނޮލޮޖީ ބޭނުންކުރުމާ އެކު، އެ ސިނާއަތުގައި ފާހަގަކޮށްލެވޭ ގޫގްލް، އެމަޒޯން އަދި އެޕަލް ފަދަ ބޮޑެތި ކުންފުނިތަކާ ވާދަކުރާނެ ބޮޑެތި ފައިދާތަކެއް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.
Wanted to share some poetry chat GPT made for me. It's so interesting for me to see the things it can make.#chatgtp #AI #poetry pic.twitter.com/Bt1bUE8UHN
— Aharon H (@Ash16180) January 8, 2023
މައިކްރޮސޮފްޓްގެ އޭއައި ޓީމާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނީ، ކުންފުނީގެ އުފެއްދުންތަކުގައި އޭއައި ޓެކްނޮލޮޖީ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް އެ ކުންފުނީގެ ސީއީއޯ ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމަށެވެ.
އޭއައި ޗެޓްބޮޓް ބޭނުން ކުރާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، ބޮޑެތި ގިނަ ކުންފުނިތަކުންނާއި، ކޮލެޖު ޔުނިވާސިޓީ ފަދަ ތަންތަނުން އަންނަނީ އެއާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަރަށް މޮޅު ޗެޓް ޖީޕީޓީ
19 January 2023
ދިވެހިވެސް އެނގޭ ތިޔަށް