ޕީއެސްޖީ އަށް ކުޅޭ މެސީ (ކ) އާއި އަލް ނަސްރަށް ބަދަލު ވެފައިވާ ރޮނާލްޑޯ (ވ)، ޕީއެސްޖީ އާ ދެކޮޅަށް ކުޅޭ އޯލްސްޓާ ޓީމުގެ ކެޕްޓަނަކަށް ރޮނާލްޑޯ ވަނީ ހަމަޖައްސައިފައި.-- ފޮޓޯ: އޭއެފްޕީ
17 ޖެނުއަރީ 2023 - 10:07
ރިޔާދު (ޖެނުއަރީ 16) - ބުރާސްފަތި ދުވަހުގެ ރޭ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ކުޅުމަށް ހަމަޖެހިފައިވާ ރިޔާދު ސީޒަން ކަޕް މެޗުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ އަލް ނަސްރާއި އަލް ހިލާލްގެ އޯލްސްޓާ ޓީމުގެ ކެޕްޓަނަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަޖައްސައިފި އެވެ.
އޯލްސްޓާ ޓީމުގެ ކެޕްޓަނަކީ ދާދި ފަހުން އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯ ކަން، ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރުކީ އަލް ޝެއިޚް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ ކްލިޕެއްގައި ޔަގީން ކޮށްދީފަ އެވެ.
الوعد ان شاءالله يوم ١٩ يناير … لقاء فوق الخيال … ومدير الفريق الكابتن خالد الشنيف ان شاءالله والتشكيلة غداً بيعلنها المدرب وخالد … اتمنى يومها ننسى الهلال والنصر ساعتين ونصير كلنا موسم الرياض… وبعد الساعتين نوقف الهدنة 😂🇸🇦❤️ pic.twitter.com/nttB07IgBb
— TURKI ALALSHIKH (@Turki_alalshikh) January 15, 2023
ރޮނާލްޑޯ ޔޫރަޕްގެ ކްލަބް ފުޓްބޯޅަ ދޫކޮށްލިތާ މާ ގިނަ ދުވަހެއް ނުވެ، ފުޓުބޯޅަ ސަޕޯޓަރުންނަށް އަނެއްކާ ވެސް މިވަނީ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ކުރިމަތިލުމެއް ބަލައިލުމުގެ ފުރުސަތު ފަހިވެފަ އެވެ.
ހާއްސަ ފުރުސަތުތަކަކާ އެކު މި މެޗަށް "ބިޔޯންޑް އިމޭޖިނޭޝަން ޓިކެޓް" ނަމުގައި ރަން ޓިކެޓެއް ވެސް ވިއްކަން ވަނީ ހަމަޖެހިފަ އެވެ. ބިޑު ކޮށްގެން ގަންނަން ޖެހޭ މި ޓިކެޓުގެ އަގު ފެށުނީ ދެ މިލިއަން ސައުދީ ރިޔާލް (532،000 އެއްހާ ޔޫއެސް ޑޮލަރު) އިންނެވެ.
މި ޓިކެޓަށް ބިޑް ކުރުމުގެ ފުރުސަތު މާދަމާއާ ހަމައަށް ވަނީ ހުޅުވިފަ އެވެ. މިހާތަނަށް ބިޑް ލީޑް ކުރަމުން އަންނަނީ 10 މިލިއަން ރިޔާލް (2.66 މިލިއަން ޑޮލަރު) ގެ ބިޑެއް ހުށަހަޅާފައިވާ ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިއެކެވެ.
ރަން ޓިކެޓް ކާމިޔާބުކުރާ ފަރާތަކަށް ލިބޭ ހާއްސަ ފުރުސަތުތަކުގެ ތެރޭގައި، ޗެއާމަން ތުރުކީ އަލް ޝެއިޚް އާއެކު މެޗު ފެށުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމާއި، ރޮނާލްޑޯ އާއި މެސީ އަދި އެމްބާޕޭގެ އިތުރުން ނޭމާއާ ބައްދަލު ކޮށްލައި، މެންދުރުގެ ކެއުމުގައި ވެސް ބައިވެރިވުމެވެ.
މީގެ އިތުރުން ދެ ޓީމުގެ ޗޭންޖިން ރޫމް ބަލައިލުމާއި، އިނާމުދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ، މޮޅުވާ ޓީމާ އެކު ގުރޫޕް ފޮޓޯއެއް ނަގަން ވެސް ފުރުސަތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏީރާދު
18 January 2023
މަމެނގެ ޓީމް ގެ ކެޕްޓަނަކީ މަ މެންގެ މޭން. ތަ މެނގެ ގައުމީ ޓީމް ކެޕްޓަން ވަނީ ގަތަރު 2022 ގެ ފުރަތަމަ މެޗުން ލަދުވެތި ގޮތަކަށް ބަލިވެފަ. ވަރަށް ސަލާން.
ޙަމަދު
17 January 2023
ސައޫދީ އަރަބިއްޔާގެ ވެރިރަށަކީ ރިޔާދެއް ނޫން. އެއީ 'އައްރިޔާޟު' ނުވަތަ 'ރިޔާޟު'
ލަރީފް
17 January 2023
ލަދެއްގަ ނުބެދޭތި.