މުއިއްޒު: އޭނާގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައި --- ފޮޓޯ/މިހާރު
18 ޖެނުއަރީ 2023 - 14:02
ދޮގު ބަޔާން ދިން ކަމަށް ބުނެ މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަނީ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަންގައި އެ ކުންފުންޏާ އެއްކޮޅަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކުރިޔަސް، އަޑުއެހުން ކެންސަލްކުރީ މުއިއްޒުގެ ފަރާތުން އެދުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެ މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
ނޫމަޑިއާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި 155 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދަން އެ ކުންފުނިން އާބިޓްރޭޝަންގައި ދައުވާ ކުރުމުން ސަރުކާރުން ފަހުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 55 މިލިއަން ޑޮލަރުގެ ބަދަލެއް އެ ކުންފުންޏަށް ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިކި ކިރު
19 January 2023
ބަލަ ކުއްވެރިވާ މީހާ އަށްވެސް ކޯޓަކުން ޙުކުމެއް ކުރަންޏާ އެ ޙުކުމް ލަސް ކޮއްދިނުމަށް އެދި އަދި ޙުކުމުގެ 1/2 ބައި މަޢާފް ކޮއްދިނިމަށް އެދުމުން ކޯޓުން އެގޮތަށް އެމީހާ އެދުނު ގޮތައް ކަންތައްތައް ކޮއްދޭން ޖެހޭނެދޮތަ!
ހުސްނުހީނާ
18 January 2023
މިމީހުންނަށް އެނގޭނެ ޖައްސަންވީ ސްޓަންޓް! އެ ގުއިރޯނުގަ ޖެހޭމީހުންވެސް ތިބޭނެ. އަބަދު ކެންސަލް. ދެންބުނާނީ މިހާރުދެން މާލަސްވެއްޖެޔޭ. ލަސްވީމާ ހަނދާނެއްވެސްނެތޭ. އެއިރުން ހުރިހާކަމެއް ހަމަވީ. އެގޮލާ ސަލާމަތްވީ! ސަޅިދޯ؟ ހަމަގުޅިގެން ރޭވިގެން ހިންގާ ޖަރީމާ!
ގުއިއްޒު
18 January 2023
މީނަގެ މައްސަލަ އޮންނަ ކޮންމެ ދުވަހަކު ކެންސަލް. މީނަވެސް ކެންސަލް ކޮށްލަންވީނުންތަ?
ށަވިޔަނި
18 January 2023
ތިމައްސަލަ ބޭރުކޮށްލާ. މުއިއްޒުގެ ދައުރު ހަމަވީމަ އަލުން ހުށަހަޅާނީ. އެކަމަކު މުއިއްޒަށް ވެރިކަން ނުދޭތި. ޔާމީނުއަކީ އެއްވެސް މީހެއް ނޫންކަން ދައްކާނެ. ގައުމު އެއްކޮށް މިލްކުކޮށްފާނެ.
އާތިފާ
18 January 2023
މުއިއްޒުގެ މައްސަލަ ނަގަން ގޮވާލަން. އެއީ މުސްތަގްބަލްގެ ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް.