ވިލާ މާޓަށް ޒިޔާރަތް ކުރި ދަރިވަރުން. -- ފޮޓޯ: ވިލާ މާޓު
18 ޖެނުއަރީ 2023 - 17:25
އިމާދުއްދީން ސްކޫލުގެ ގްރޭޑު އެކެއްގެ ދަރިވަރުންތަކެއް ރެހެންދި މަގުގައި ހުންނަ ވިލާމާޓަށް ޒިޔާރަތްކޮށްފި އެވެ.
ވިލާ މާޓުން ބުނި ގޮތުގައި އެ ޒިޔާރަތަކީ އެ ދަރިވަރުން ހިސާބު މާއްދާގައި ކިޔަވަމުންދާ ފިލާވަޅެއްގެ މައުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެކެވެ. އެ ޒިޔާރަތުގައި އެ ސްކޫލުގެ ގުރޭޑު އެކެއްގައި ކިޔަވަމުން އަންނަ 121 ކުއްޖަކު ބައިވެރިވި އެވެ.
ވިލާ މާޓަށް ޒިޔާރަތް ކުރި ބައެއް ދަރިވަރުން މާޓު ތެރޭގައި. -- ފޮޓޯ: ވިލާ މާޓު
ވިލާ މާޓުން ބުނީ އެ ޒިޔާރަތުގައި ދަރިވަރުންނަށް ފައިސާގެ މުއާމަލާތްތައް ހިނގާ ގޮތާއި އިގްތިސާދު ކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ހިއްސާކޮށްފައި ވާކަމަށެވެ. އަދި ވިޔަފާރީގައި ހިނގާ އެކިއެކި ކަންތައްތަކުގެމައުލޫމާތު ވެސް ދަރިވަރުންނާ ހިއްސާކުރިކަމަށް ވެސް ބުންޏެވެ.
އިމާދުއްދީން ސްކޫލުގެ ދަރިވަރުންނަށް ވިލާ މާޓުގެ އެކްސްކުލޫސިވް ޕްރޮޑަކްޓްސްތަކާ ގުޅޭ ތަފާތު މައުލޫމާތުތައް ވެސް ހިއްސާކުރި އެވެ. އޭގެ ތެރޭގައި އަލްމަރާއީ، ޓޯނީސް ޗޮކޮލެޓް، ޕްލެއިން ސޮލެއިލް ފަދަ ނަން މަޝްހޫރު ބްރޭންޑް ތަކާ ބެހޭ މައުލޫމާތު ދަރިވަރުންނަށް ދިނެވެ.
އަލްމަރާއީއަކީ މިހާރު ވިލާމާޓުން ހަލުވި ކަމާއެކު ވިކޭ އެންމެ މަގްބޫލު އެއް ބްރޭންޑްއެވެ. މިއީ ސައުދީ އަރަބިއްޔާގެ މަޝްހޫރު އުފެއްދުމެކެވެ.
ވިލާ މާޓުން ބުނި ގޮތުގައި ސްކޫލުތަކާއި ޖައްމިއްޔާތަކުން މައުލޫމާތު ހޯދުމަށް އެ ފަދަ ޒިޔާރަތްތަކަށް އެ ފިހާރައިން މަރުހަބާ ކިޔާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy