ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތިނަދޫގައި ވާހަކަފުޅު ދައްކަވަނީ.
22 ޖެނުއަރީ 2023 - 11:44
ގދ. ތިނަދޫ ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަނީ ސިޓީއެއްގެ ދަރަޖަ ދިނުމަށް ވިސްނައިގެން ކަމަށާއި އެ މަނިކުފާނު ދެން މި ރަށަށް ވަޑައިގަންނަވާނީ އެ ދަރަޖަ ދޭ ރަސްމިއްޔާތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ތިނަދު އަށް ވަޑައިގެން ރައީސް ވިދާޅުވީ، މި ރަށަށް ފުރަތަމަ ކަނޑައެޅީ 100 ހައުސިން ޔުނިޓް ނަމަވެސް 200 ޔުނިޓަށް ބަދަލުކޮށް، ހިއްކި ބިމުން ގޯތި ދޭން ލަސްތަކެއް ނުވެ ކައުންސިލުން އިއުލާން ކުރާނެ ކަމަށެވެ.
"މަގު ހެދުން ކުރިއަށް އެ ދަނީ. ފެން ހިންދާ ނިޒާމު ގާއިމު ކުރެވެމުން އެ ދަނީ. އިންޖީނުގެ އެޅުން ކުރިއަށް ދަނީ. މިހެން ގޮސް އަޅުގަނޑަށް މި ލިސްޓް ކިއިދާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދުއަކީ މުހިންމު ރަށެކެވެ. ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މި ރަށުގައި ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓަކާއި ތިނަދޫ ކައިރީގައި އެއާޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޓޫރިޒަމަށް ބަލާއިރު މި އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި އެންމެ ފައްކާ ރަށްތައް އެބަހުރި. ބޭނުންވަނީ ވަސީލަތްތަކާއެކު މަގުފަހިކުރުން. އެހެންވެ އަޅުގަނޑުމެން މި ތަނުގައި އިންޓަނޭޝަނަލް އެއާޕޯޓަކާއި ކޮމާޝަލް ޕޯޓަކާއި ބޭނުންވާ އަސާސީ ހިދުމަތްތަކާއި ސިއްހީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ފަށައިގެން މި އުޅެނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްތާޒް
23 January 2023
ކާޑެއްދޫ އެއާޕޯރޓު ބޮލަށް ވެއްޓެނީ.. ބާވެ ވީރާނާވެގެން.. ސިޓީގެ ދަރަޖަ ދިނީމަ ނިމުނީތަ؟
ގުނބޯ، ގުނބޯ، ހުސް ގުނބޯލިން
23 January 2023
އާދެ އާދެ ފެހިރައް، ނޫރައް، ހުދުރައް، ސާފުރައް.
އޮނަރަބްލް އަފީފު ދީދީ
23 January 2023
ބޭޅާގެ ވެރިކަމުގައި ތިޔަ ދަރަޖަ ދީފިނަމަ ހުވަދު އަތޮޅު ތިނަދުއަށް The Guinness World Records ފޮތުން ގިނައަދަދެއްގެ ޖާގަ ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ. # އޭގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރެއްނެތް ސިޓީ، މަހު މުސާރަލިބޭ ސަރުކާރުގެ 50 މުވައްޒިފުންނެތް ސިޓީ، ބޮލަކަށް 2 ޑޮލަރު ނުޖެހޭ އާބާދީއެއް އޮތް ސިޓީ، ވަޒަންވެރިންގެ އާބާދީގެ ޒުވާންއާބާދީ ސިޓީން ބޭރުގައި ދިރިއުޅެންޖެހިފައިވާ ސިޓީ ފަދަ ޝަރަފުވެރި އެތައް މަޤާމެއް ހިމެނޭނެ.
ކީކޭ
22 January 2023
ކޮންމެ ރަށަކު އެއާޕޯޓެއް އަޅާފަ ބަހައްޓާ މީދެން ކޮން ދުއްޕާނެއް. 5 މިނިޓުން އެއޮތީ ކާނޑެއްދޫ. ދެން ބުނަނީ ލޯނު ނަގައިގެން ތަރއގީއޭ ތިޔައް ކިޔަންވީ އިސްރާފު ނޫނީ ކަޓުއަޅަން ލޯނުނެގުން
ގަމޫދީ
22 January 2023
ހިންނަވަރަށްވެސް ސިޓީގެ ދަރަޖަދީ، އަމިއްލަރަށުގެ ވޯޓުހޯދަން ދައުލަތުގެ މާލިއްޔަތުވެސް އެބަހުސްކުރަމެއްނު.
ތިނަދުވާ
22 January 2023
ސިޓީގެ ދަރަޖަ ދިނީމަ ވަނީ ކޮނކަމެކޯ؟
ނަންވެ ކަން ވުން
22 January 2023
އިރާދަ ކުރެއވިޔާ ނަން ވެސް ލިބި ކަން ވެސް ވާނެ. ހިއްކާފަ އޮތްތަން އަދި މުޅި ރަށާއި އަތޮޅު ޑިވެލޮޕް ވާނެ. އިންކަމް އިތުރުވެ ޖީބް ތައް ފުރޭނެ.
?ހެހެހެ
22 January 2023
ސިޓީ ލިޔަންނުޖެހޭނީ.. ދެން ޖެހޭނީ އީމެއިލްކުރަން..
ސަންފާތި
22 January 2023
ސިޓީ އަކަށޭ! ފުރަތަމަ ކުރަން ޖެހޭ ކަންތައްތައް ކޮށްބަލަ. ކޮރަޕްޝަން ހުއްޓުވުން، ބިން ދޫ ކުރުން، އަމިއްލަ ވަޒަނުން 40 މައްޗަށް ދާ އިރު ބޯހިޔާވަހިކަން ނުލިބިގެން މި ތެޅެން ޖެހެނީ. އެންމެން ފުނި ޖެހިގެން މާލޭ ގޮޅީގަ އުޅޭހެން އުޅެން ޖެހިފަ މިތިބީ.
އޯވަ 40
22 January 2023
މި ފަހަރު ލިބޭ ނެ. ބިން އޮތީ ހިއްކާ ފަ. ބިލްދޑް ކުރަން ރެޑީވޭ.
ބޮޑުމީހާ
22 January 2023
ޔާމީނު ހިއްކާފަ އޮތް ބިމަކުން އިބޫއަށް 5 އަހަރު ނިމިގެން ދާއިރު ގޯތްޗެއް ނުދެވުނު. މިވަރުވީމަ ދެން ރައްޔިތުން ވިސްނަންއެބަޖެހޭ މީ ވެރިން ގަސްތުގައި ކުރާކަންތައްކަން. ވޯޓަކާއި ޖެހުނީމަ، ގޯތިދޭން ފެށޭ، މަހުގެ އަގު ބޮޑުކުރެވޭ، ދެންހުރި ކަމެއްވެސް ވޭ....ރައްޔިތުން ހޭއަރައި މިފަދަ މީހުންނަށް ނޯ ބުންނަންޖެހޭ. ވެރިކަންކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން. ރައްޔިތުންނަށް ހިދުމަތެއް ނުދެވެންޏާ އެ މީހެއްގެ ބޭނުަކީ ޮކޮބާ؟
އަމުރު
22 January 2023
ބޭސް ސިޓީއެއްތަ؟
ދެހާސްފަންސާސް
22 January 2023
އެއީ 2050 ގައި ތޯ؟