އެމްޑީޕީ ޕްރައިމަރީ ކެމްޕެއިނަށް ވަޑައިގެން އއ. ތޮއްޑޫގައި ރައީސް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
23 ޖެނުއަރީ 2023 - 18:26
މި ސަރުކާރުން ކުރި ކަންކަމުގެ ރިބަން ކަނޑާ ރަސްމިއްޔާތު ބާއްވަން ވެއްޖެ ނަމަ، މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު ޖެހޭނީ އެކަން ކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް އއ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތޮއްޑު އަށް ވަޑައިގެން، ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްގީ ކުރި ބަނދަރުތަކުގެ ވާހަކަ އެކަނި ދައްކަން ފެށިޔަސް މަދުވެގެން ބައިގަޑިއިރު އެކަމަށް ހޭދަކުރަން ޖެހޭނެ ކަމަށެވެ.
"މި ސަރުކާރުގެ މިހާތަނަށް އައިއިރުގައި ކޮށް ނިންމާފައި ހުރި ކަންތައްތައް ހުޅުވަންޖެހޭ ނަމަ، ރިބަން ކަނޑަންޖެހޭ ނަމަ މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަންޖެހޭނީ އެކަމަށް. އެވަރަށް މަސައްކަތްތައް ނިމިފައި އެބަހުރި،" ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ޖުލައި/އޮގަސްޓާ ހިސާބަށް ދާއިރު ހުރިހާ މަސައްކަތްތަކެއް ހުންނާނީ ނިމިފައި ކަމަށާއި އެހެން ކަމެއް ކުރުމަށް ވަގުތު ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮވިޑްގެ ތެރޭގައި ވެސް މަޝްރޫއުތައް ހުއްޓާ ނުލައި ކުރިއަށް ގެންދިޔަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެކަން އެގޮތަށް ކުރީ ފައިދާތަކެއް ހުރެގެން ކަމަށާއި އެ ދުވަހު އެ މަސައްކަތްތައް ހުއްޓާލައި މުސާރަތައް ކުޑަކޮށް، ބަޖެޓު ހިފެހެއްޓި ނަމަ ރާއްޖެ އޮންނާނީ ލަންކާ މިހާރު އެ އޮތް ހާލަތުގައި ކަމަށެވެ.
މި ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ ޕްރޮޖެކްޓަކީ ވެސް ޕްލޭނަކާއި އަމާޒެއް އޮވެގެން ކުރާ ކަންކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިރި
24 January 2023
ކޯލިޝަން ރުއްސަން 4 އަހަރު ނުމޮށިހުރެފައި މިއޮތް ފެށިވަރެއްދޯ. އިތުރުދައުރަކަށް ހޮވިއްޖެއްޔާ ގުރާކޮށީތެރޭ ނިދަންއޮތުމެކޭ އެއްވަރުވާނެ. މޮށޭވަރުން ލޮލުފިޔަޖަހާނުލެވޭނެ. ނުވިތާކަށް ދައިގަންނަލެއް އެހާބާރުވާނެ.
އަދުު
24 January 2023
މިސަރުކާރުން ކޮށް ނިންމާފައިކަމަށް ބުނަނީ ވެރިކަމަށް އައިސް އަމިއްލަ ދައުރުގައި ފެށި ކަންކަންތޯ ނުވަތަ ކުރީ ދައުރުތަކުން ފެށިގެން ނުނިމި ހުރި ކަންކަން ނިމުނު ވާހަކަތޯ. އެހެން ބަޔަކު ފައްޓާފަ ހުރި ކަންތައްތަކެއް މިދައުރުގައި ނިމުނީމަ ކްރެޑިޓް ހައްގުވަނީ ހަމައެކަނި މިދައުރަކަށް ނޫން. މިދައުރުގަ ފެށި މެގަ ޕްރޮޖެކްޓްތައް ދާ ސްޕީޑް އެންމެންނަށްވެސް އެބަ ފެނޭ.
ސްޓިންސަން
24 January 2023
ދޮގު ހެދުމާ، ވައުދު ނުފުއްދުމާ، ސޭކުންތަކެއް ރުއްސަން މިލިޔަން އެޅުމާ، ބަދަލުގެ ގޮތުގައި ބައިތުލް މާލު ބަހާލުން ނޫން ކޮންކަމެއް މަނިކުފާނު ކުރެއްވީ؟
ބޮޑުމީހާ
24 January 2023
ރިބަން ކަނޑާ ވާހަކަ މަނިކްފާނު ދައްކާއިރު މަނިކްފާނު އޮފީހަށް އެންމެ ފަހުން ވަނީ ކޮންދުވަހަކުކަން ހަނދާން އެބަހުރިތޯ؟ ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯގައި އޮތީ ކޯއްޗެއްކަން އެގިލައްވާތޯ. މަނިކްފާނު ވެރިކަމަށް އައިއިރު މިގައުމުގެ ދަރަނި ހުރީ 40 ބިލިއަން، މިއަދު 60 ބިލިއަން، މިވެރިކަމުގަ ގޯއްޗެއް ނުދެވޭ ފްލެޓެއް ނުދެވޭ، ކޮރަޕްޝަނެއް ނުހުއްޓުނު، ހޮސްޕިޓަލެއް ނުހިންގުނު ދެން ރިބަން ކަނޑަނީ ކޮންތާކު؟
ކަސްއަނދުވާނި
24 January 2023
ރިބަން ކަނޑަން ޖެހޭވަރަށް ބަދަލޭ ކިޔައި ދައުލަތުގެ ފައިސާވެސް އެކި މީސްމީހުން ގެއަށްގެން ގޮއްސިއެވެ. ނުހައްގުން ނެތްވަޒީފާތަކަށް ވެސް މީހުން ލައިފިއެވެ. ދައުލަތަށް އެތެއް ގެއްލުމެއް ލިބިއްޖެއެވެ. ފެނަކަ ސްޓެލްކޯ ކުންފިތަކުގެ ވެރިންނަށް މަނިކުފާނު ލައިގެން ތިޔައުޅޭވެރިންނަށް ބެލިއަސް ރިބަން ކަނޑަން ޖެހެއެވެ. ދެން އެކުން ބޮޑަށް ތިޔަވާހަކަ ނުދައްކާ ހުންނަވާށެވެ.
ޕްރީޒީ
24 January 2023
މަސްތުވާ ތަކެއްޗާ ކޮރޮޕްޝަންގެ ރިބަން ކަނޑާ. ޢެކަން އެއޮތީ ދޮންވެ ފައްކާ ވެފަ. ދެން އޮތީ ދޮގު ޖާޑިޔާ ތަކުގެ ރިބަން ގިނައިން ކަނޑަ ކަނޑާފާ އަޗާ ތެޅުން
އެމްސް
24 January 2023
ގުންޑާއިންނާއި، ޑްރަގްލޯޑުންނާއި، ބިދޭސީންގެ ކިއްލާތަކުގެ ރިބަންތައްވެސް ކަނޑަންވީ!
ޗޯރު
23 January 2023
ރިބަން ކަނޑާލަބަލަ ރިސޯޓު ކުލި ނުދައްކާ މީހުން ކެމްޕޭނުގެ ބޮޑުންނަށް ހެދިކަމަށް
ފާޒަރު
23 January 2023
ފާޑުފާޑުގެ ވާހަކަ ނުދައްކާ ރިޔާސީ މެނިފެސްޓޯ އާއި އައްޑުއަށް ވައުދުވި ވައުދުނާމާ މަނިކުފާނު އެއްލާލާފާ އޮތްތަނަކުން ގެނެސް ރައްތިތުން ކުރިމަތީގާ ކިޔާބަލަ ފުރަތަމަ. ރިބަން އެންމެ ރިބަން ފަށެއްވެސް ކަނޑާނެ ފުރުސަތެއް އިންތޯ؟ ހުރިހާ ރައްޔިތުން ތިބީކީ ވާނުވާގަ ބީތާ ވެފަކަމަށް ކީކޮށްގެން ނުވާނެ.
ޓޯކީ
23 January 2023
ރިޔާސީ ވައުދު ނުފުއްދާ ގައުމު ދަރުވާލާފާ ކިތަންމެ ވަރަކަށް ރިބަން ކެނޑިޔަސް މަނިކުފާނު ވަނީ ބޮޑުތަނުން ފެއިލްވެފާ. ތާހިރު ވެރިކަމެއް ކުރަން ހުރިހާ ގޮތަކުން ރައްޔިތުން ވަނީ މަނިކުފާނަށް ފުރުސަތު ދީފާ. ނަމަވެސް މަނިކުފާނު ވަޑައިގެންނެވީ އެހެންމަގަކުން. ކަމަކުނުދޭ
ހޭބައްޔަ
23 January 2023
ފުރަތަމަ ވެސް ކަނޑަންފެށީ ރޔާމީން އައްސާފަ ހުރި ރިބަން
އެމްސް
24 January 2023
ގިނައިން ކެނޑެނީ އަދި ނުވެސް އައްސާހުރި ރިބަން!