ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން އިމާރާތް:ހެލްތުން ދިން ފައިސާއަށް މުދާ ނުދިނުމުން 13.1 މިލިއަން ރުފިޔާ ދައްކަން އެފްޓެކްގެ މައްޗަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައި -- މިހާރު ފައިލް ފޮޓޯ
25 ޖެނުއަރީ 2023 - 14:28
މެޑިކަލް އަދި ލެބޯޓަރީ ކޮންސިއުމަބަލްސް ހޯދަން 2010 ވަނަ އަހަރު ހެލްތު މިނިސްޓްރީން އެފްޓެކް ސޮލިއުޝަން ކުންފުންޏާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ނިންމައި އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް 13.1 މިލިއަން ރުފިޔާ ދިނުމަށް އަންގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މެޑިކަލް އަދި ލެބޯޓަރީ ކޮންސިއުމަބަލްސް ހޯދަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސެޕްޓޭމްބަރު 7، 2010 ގައި އޭރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އާއި އެފްޓެކް ސޮލިއުޝަންް އާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން، އެ ކުންފުންޏަށް ސަރުކާރުން ދޫކުރި 12،784،849ރ. އަށްވާ މުދާ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެ އެވެ.
އެކަމަކު، އެ އެއްބަސްވުމުގެ އަގަށް އެ ކުންފުނިން ފޯރުކޮށްދިނުމަށް އެއްބަސްވި މުދަލުގެ ތެރެއިން 11،852،555ރ. ގެ މުދާ ލިބިފައި ނުވާތީ ހެލްތު މިނިސްޓްރީން އޮގަސްޓް 1، 2019 ގައި އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އެ ފައިސާ އާއި ލިކިއުޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 1،276،484ރ. ހޯދުމަށެވެ.
އެ މައްސަލައިގައި އެފްޓެކްގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެއްބަސްވުމުގެ ޖުމްލަ އަގު ކަމަށްވާ 12،784،849ރ. އެފްޓެކަށް ޖަމާކުރިކަން އެ ކުންފުނީގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓުތަކުން އެނގޭ ކަމަށެވެ.
އެ އެއްބަސްވުމުގައި އެ ކުންފުނިން ފޯރުކޮށްދިނުމަށް އެއްބަސްވި މުދަލުގެ ތެރެއިން ފޯރުކޮށްދީފައި ވަނީ 932،294ރ. އަށް ވާ މުދާކަން އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އަދި 11،852،555ރ.ގެ މުދާ ދީފައި ނުވާއިރު އެ ފައިސާ އަކީ އަނބުރާ ދޭން ޖެހޭ ފައިސާ ކަމަށް ހުކުމުގައިވެ އެވެ.
އޭގެ އިތުރުން، ދެ ފަރާތުގެ ދެމެދުގައި ހެދި އެއްބަސްވުމުގައި، މުދާ ފޯރުކޮށްނުދީފި ނަމަ ލިކިއުޑޭޓެޑް ޑެމޭޖު ނަގާނެ ކަމަށް ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި 1،276،484ރ. އެފްޓެކްއިން ދޭން ޖެހޭ ކަމަށް ކަނޑައެޅި އެވެ.
އެހެންވެ، އެފްޓެކުން ޖުމްލަ 13،131،040ރ. ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކޯޓުން ހުކުމް ކުރި އެވެ. އެ ފައިސާ 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.
އެފްޓެކްގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައިވާ ގޮތުން، އެ ކުންފުނީގެ އެޑްރެހުގައި މިހާރު އެ ކުންފުނީގެ އޮފީހެއް ނެތުމުން ޖަވާބުދާރީވުމަށް އަންގައި ފޮނުވި އަމުރުތައް ރައްދެއް ނުކުރެވެ އެވެ. އަދި ޖަވާބުދާރީވާނެ ފަރާތެއް ނެތް ނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދާނެ ކަމަށް ކޯޓުން އާންމުކޮށް ކުރި އިއުލާނަށް ފަހު ވެސް ކުންފުނިން ޖަވާބުދީފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރިކަން ސާބިތުކޮށްދިނުމަކީ އެފްޓެކްގެ ޒިންމާއެއްކަން ފާހަގަކޮށް ހުކުމުގައި ބުނީ، އެ ކުންފުނިން ޖަވާބުދާރީވެ އެކަން ސާބިތުކޮށްދިނުމާ ހަމައަށް ޝަރީއަތުގެ ކުރިމަތީގައި ބެލެވޭނީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްލުވާހަކަ
28 January 2023
ތިޔަ ހުކުމުގައިވާ ފައިސާ ދައްކަން ޖެހެނީ ކާކު، އެފްޓެކް އެއީ އިނގިރޭސި ނަމެއް ،، މިގޮތަށް ހުކުމް ކުރޭތޯ ، ހުކުމް ތަފްފީޒު ކުރަންޖެހޭ މީހެއް ނެތި ބޭކާރު ވަގުތާ، ވަސީލަތާއި ، ފައިސާ ދިޔުން ނޫން ކަމެއް ތިޔަ ހުކުމަކުން ނުވާނެ..
އެކްސްް
26 January 2023
ސާފު ތާހިރު، ކޮރަޕްޝަނެއްނެތްކަމަށް ދައުވާކުރަމުންދާ މީހެއްގެ ވެރިކަމުގައި ހިންގާލި ކަންކަމުގެ ތެރެއިން މިއީ އަދި ކުޑަވަރެއް..
އެސްޓޭ
26 January 2023
ކޮބާ ހިއްސާދާރުންނަކީ؟
މަހާރަދުން
26 January 2023
ތި ފައިސާއެއް ނުވެސް ލިބޭނެ ..ތިއީ މިނިސްޓުރީ ތެރެއިން ހަމަޔަށް ބައި އަޅާ ނިންމާފަ ކޮންޕެނީވެސް އުވާލާފަ އޮތް މައްލައެއް!!!ދިވެހިންގެ ގުނބޯ ހެދިފަ އަތްޖަހަން ކޮފީއެއް ބަޮއެގެން ތިބޭ!!!ދިވެހިްނަނަށް ހަލާކު ހުރި!!!
ބހޔހޔހޔ
26 January 2023
ކޮބާހޭ ވެންޓިލޭޓަރެއް ގަންނަން ދީގެން މުއްސަނދިވީ ސުކޭމަރުން؟؟؟
ޖައްވަށްފަޒާއަށް
26 January 2023
މީ ހާދަ މަޖާ ޚަބަރެކޭ. ވައިގެ ތެރެއަށް ދޫކޮށްލި ޙުކުމެއް. ކުންފުނީގެ ނަންބޯރޑެެއް ނުވަތަ ކުންފުނީގެ އެޑްރެހެއް އަދި ކިއެއްތަ ކުންފުނި ތަމްޘީލުކުރާ ކުންފުންޏަށް ޒިންމާވާންޖެހޭ މީހަކުވެސް ހުރިކަމަކަށް ނުވޭ. ޝަރީޢަތުގައި އެއްވެސް ގޮތަކަށް އެއިން އެއްވެސް އެފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިނުވޭ. ދެން ހަމަ ހުކުމެއް އިއްވާލީމާ ތި ފައިސާ ލިބޭތަ. ނޫހުންވެސް އަޅެ މިއީ ކޮންބައެއް ރަޖިސްޓްރީކޮށްގެން ހިންގިތަނެއްކަން ވެސް ޖަހާލިނަމަ ދެން ޚަބަރަކަށްވާނީ
ވަރުވާ
25 January 2023
ކޮބާތަ އެފްޓެކްގެ ވަނަވަރު؟ ތިވެސް ނަޝީދުއާ ގުޅޭ ކަމެއްތަ؟
އެމްސް
25 January 2023
ހައްތާވެސް ގުޅިގެން ކުރާހާ ކަންކަން! 2010 ގަ ހިނގި ކަމެކޯ، އެކަމަކު ދަޢުވާ މިކުރަނީ 2019 ގަ، ޙުކުމް 2023 ގަ ކެމްޕެއިން ޙަރަކާތަކަށް!
ދިއްދޫމީހާ
25 January 2023
މިވާހަކަ ކުރީދުވަހުވެސް އަހުރެން ބުނީ ނަޝީދު އިނގެރޭސިވިލާތަށް ގޮސްފަ އައިސްފަ ބުނީ އެގައުމުގެ އިންވެސްޓަރުން ރާއްޖެއަ ބޭނުންވާ ބޭސް އެތެރެކުރަން ޝައުގުވެރިކަން އެބަހުއްޓޭ ކިޔާ ވާހަކަ ދައްކާފަ އެބުނާ އިނގެރޭސި ވިލާތުގެ ވިޔަފާރި ވެރިޔާއަކީ ޕްރިޕެއިޑް ޝިއުނާއޭ، ވައްކަން ނުޖުރާނޭ ކިޔާ ރައީސްމީހާ މިހަދާ ގޮތަކީ އައުވާނުންނަ ހުރިހާ ކަމެއް މިކޮއްދެނީ ކޮއްދީފާ މިކިޔަނީ ރައްޔިތުންގެ ލާރިއެ ނުކާނަމޭ،،
އެމްސް
25 January 2023
ނަޝީދު ޑިފޭމް ކުރަން ހާދަ ކަމެއް އެބަ ކުރެވެއޭ! އޭނާގެ ކޮއްކޮ އެކޭ ކިޔައިގެންވެސް ވަރެއް ކޮށްފި! 200 އެތައް ބަޔަކު ހިމެނުނު މަޝްރޫޢެއްގެ އެހެން މީހަކަށް ޝަރީޢަތެއްވެސް ނުހިންގާ! މިއޮތީވާ ޢަދުލުވެރިކަމެއް! މިހާރު ދެން ކުންފުންޏެއްގެ ވާހަކަ، ހަމަ ނަޝީދުއަށް އޮތް ތާއީދު ކުޑަކޮށްލެވޭތޯ! ކޮބައިތޯ ސަރުކާރު ތެރެއިން މިފަދަ ކަންކަމަށް މަގުކޮށާދޭ ބަޔަކީ؟ ފައިސާއަކީ އަބަދުވެސް ފިނޭންސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓަރުތާ! މިހާރު ވިއްޔާ އެއީ އަމީރު ތާ!
އެމްސް
25 January 2023
ކަން 2010 ގަ، ދަޢުވާ މިކުރަނީ 2019 ގަ، ޙުކުމް މި އައީ 2023 ގަ ބބ! ސަޅި!
ޔަގީންޓާރ
25 January 2023
މިހިރީ ވެރިކަމަށް ނަށީދު ނުކުމެގެން އުޅޭއިރުކޮއްފައިވާ ވައްކަންތައް
އެމްސް
25 January 2023
ތިއަށްވުރެ މާބޮޑެއް ނޫންތޯ ތިޔަވަރުގެ ކަމެއް 10 އަހަރުވަންދެން ފޮރުވާ ބާއްވާފަ 2019 ގަ ދަޢުވާއެއް ކުރީމަ!
ހުސެއިންބެ
25 January 2023
ހައިރާންވެއްޖެ. ކިހިނެތް ނުވިއްކާ އެއްޗަކަށް ނުދޭ ޚިދުމަތަކަށް އެޑްވާންސްކޮށް ފައިސާ ނިދީ. އެވެސް 12 މިލިއަން. މިއޮތީވާ ޤައުމެއް. ކޮރަޕްޓްވާނީ މިހާކަށްވަރަށް.
އެމްސް
25 January 2023
އަނެއްކާ 2010 އެއްގަ ހިނގި ކަމަކަށް ދަޢުވާ މިކުރަނީވެސް 2019 ގަ! ވެންޓިލޭޓަރު ކަންތަކުގަ ދަޢުވާ ކުރާނެ ހެނެއްވެސް ހިއެއް ނުވޭ!