ވިޔަފާރި / ޓީވީ ޗެނަލް

ގިނަ ޗެނަލްތަކެއް ފާސްކުރުމަށް އެސްއެސްނެޓުން ބްރޯޑްކޮމްއަށް ހުށަހަޅައިފި

ސަން ސިޔާމް މީޑިއާ ގްރޫޕްގެ ސީއީއޯ މުހައްމަދު އާސިފް (މ) އެ މީޑިއާގެ ބައެއް މުވައްޒަފުންނާ އެކު -- ފޮޓޯ: ސަން ސިޔާމް މީޑިއާ

29 ޖެނުއަރީ 2023 - 18:11

8 comments

އަލަށް ކޭބަލް ޓީވީގެ ހިދުމަތް ފަށާ އެސްއެސްނެޓުން ސަތޭކައަށްވުރެ ގިނަ ޓީވީ ޗެނަލް ފާސް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެސްއެސްނެޓުން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗެނަލްތައް ފާސްކުރުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވި މިހާތަނަށް ބްރޯޑްކޮމްއަށް ހުށަހެޅި ޗެނަލްތަކުގެ ތެރެއިން 48 ޗެނަލެއް ފާސްކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޗެނަލްތަކުގެ އިތުރުން ދިވެހިން އާންމުކޮށް ބަލާ ސޮނީ އާއި ޒީގެ ޗެނަލްތަކާއި ސިނަމަޗީގެ ޗެނަލްތަކާއި ބީފޯޔޫ، ސްޓިންގްރޭ، ލަވްނޭޗަ ފޯކޭ، އައުޓްޑޯ އަދި ޒޫމޫ ފަދަ ދިވެހިންގެ ތެރޭގައި މަޝްހޫރު ޗެނަލްތައް ހިމެނޭކަމަށް މޮންދު ވިދާޅުވި އެވެ.

އެސްއެސްނެޓުން ބުނީ މިހާރު ފާސްކޮށްދީފައިވާ 48 ޗެނަލްގެ އިތުރުން 71 ޗެނަލެއް ފާސްކޮށްދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ. ހަބަރު ޗެނަލްތަކުގެ ގޮތުގައި ސީއެންއެން، ބީބީސީ، ސްކައި ނިއުސް، އަލް ޖަޒީރާ، ފްރާންސް 24، އާރްޓީ، އޭބީސީ އޮސްޓްރޭލިއާ ފަދަ ޗެނަލްތައް ހިމެނެ އެވެ.

ވިޔަފާރީގެ ޚަބަރާއި މައުލޫމާތު ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ބްލޫމްބާގް އާއި ސީއެންބީސީ ފަދަ މަޝްހޫރު ޗެނަލްތައް ހިމެނެ އެވެ. ކުޑަކުދިންގެ މަގްބޫލުކަން ހޯދާފައިވާ ކާޓޫން ނެޓްވަކް އާއި ނިކަލޯޑިއަން އާއި ކާޓޫން ޗެނަލްގެ އިތުރުން ސްޓާ އާއި ޑިސްކަވަރީގެ ޗެނަލްތަކާއި ސިނަމާ ވޯލްޑާއި ކޮމެޑީ ސެންޓްރަލް އާއި ކަލާސްގެ ޗެނަލްތަކާއި އެމްޓީވީ ހިމެނެ އެވެ. މިހާރު ފާސްކުރުމުގެ މަގުމަތީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި އަލް ގުރްއާނާއި ސައުދީ އަރަބިއްޔާގެ އެހެން ޗެނަލްތައް ހިމެނެ އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން އެސްއެސްނެޓްގެ ހިދުމަތް މިރޭ ދަންވަރު ފެށެންވާއިރަށް ބްރޯޑްކޮމް އިން ހުރިހާ ޗެނަލެއް މިއަދު ފާސްކޮށްދެއްވާނެކަމަށް. މިހާތަނަށް ވެސް ކޮމިޝަނުން ވަނީ ރީބްރޯޑްކާސްޓަރުންނަށް ފަހިވާނެ އަދި ފަސޭހަވާނެ ގޮތަށް މަސައްކަތްތައް ކޮށްދެއްވާފައި،" މޮންދު ވިދާޅުވި އެވެ.

ދިރާގު ޓީވީ މިރޭ 12:00 ގައި ހުއްޓާލާއިރު އެސްއެސްނެޓްގެ ޚިދުމަތް ދިރާގުޓީވީ ނެޓްވޯކްގެ ތެރެއިން އެސްއެސްނެޓް ފަށާނެ އެވެ. ދިރާގު ޓީވީގެ ކަސްޓަމަރުންގެ ތެރެއިން އެތައް ހާސް ކަސްޓަމަރުންނެއް މިހާރު ވަނީ އެސްއެސްނެޓަށް ބަދަލުވެފަ އެވެ.

އެސްއެސްނެޓުން ބުނީ ބްރޯޑްކޮމް އިން ހުރިހާ ޗެނަލެއް ފާސްކޮށްދެއްވައިފިނަމަ އެސްއެސްނެޓްގެ ހިދުމަތް ފެށޭއިރު ޖުމްލަ 119 ޗެނަލް އެސްއެސްނެޓް ފަށާ ދުވަހު ވެސް ކަސްޓަމަރުންނަށް ހިލޭ ލިބޭނެ އެވެ. އަދި އާންމު ހުރިހާ ކަސްޓަމަރުންނަށް ފެބްރުއަރީ މަހުގެ ނިޔަލަށް ހިލޭ އެސްއެސްނެޓްގެ ހިދުމަތް ލިބޭނެ އެވެ.

8 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 43%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާކުންބޭ

30 January 2023

އަހަރެމެންނަށް އެނގޭ ދިރާގު މެނެޖްމަންޓުން އެއްއިރެއްގަ ވެސް މީޑިއާނެޓާ ކޮމްޕީޓްކުރަން ބޭނުން ނޫންކަން، ނުކިއްސަރުގޮތެއްގައި ދިރާގުން މިކަންތައް މިކުރީ ސީދާ މީޑިއާނެޓަށް ފައިދާކުރަން. މިކަން ސާބިތުވަނީ ދިވެހިންގެ މަޤަބޫލު އެތަކެއް ޗެނަލްތަކެއް ދިރާގުން ޚިދުމަތްދިން އިރުވެސް ނުނެގީމަ، އެނގޭކަމަކީ ދިރާގުން ރަގަޅު ނިޔަތެއްގައި މަސައްކަތްކުރެވުނު ނަމަ މީޑިއާނެޓަށް މާރކެޓްގައި ލީޑްނުކުރެވޭނެކަން، އެހެންތާވާނީ އެއްގެއެއްގެ ތެރެއިންހިންގާ ދެތަންވީމަ.

The name is already taken The name is available. Register?

ޖަލީލީ

30 January 2023

މިހާ ގައުމީވަންތަކަމާއި އަމިއްލަވަންތަކަން ބޮޑުވެގެން އުޅޭބަޔަކު ދިރާގުޓީވީ ބޭރުކޮށްފަ އިންޑިއާ ފައިބުޑަށް ވެއްޓިގަނެގެން އުޅޭތީ ހައިރާންވޭ

The name is already taken The name is available. Register?

2023

30 January 2023

ޢަގުހެޔޮވާނެތަ؟ ބޮއިހަލަކި

The name is already taken The name is available. Register?

ތުނޑުހަސަނު

30 January 2023

ކޮބާ ސްޕޯޓްސް ޗެނަލްސް.

The name is already taken The name is available. Register?

ވޯލް

30 January 2023

ރައްޔިތުންގެ ފައިސާއިން މުސާރަ ނާގާގެން ތިބެ ގަވާއިދު ބަދަލުކޮށްގެން ކިދުމަތް ދެމުންދިޔަ ކުންފުނީގެ ޚިދުމަތް ހުއްޓުވާލާފަ، ދެން އެހެން ބަޔަކު އެޚިދުމަތް ދިނުމަށް މަސައްކަތް ކުރާއިރު، އެމީހުންނަށް ލިބެންވާ ފުރިހަމަ އެއްބާރުލުން ނުދިނީމަ ގެއްލުން މިވަނީ ރައްޔިތު މީހާއަށް. ބީބީސީީސީ ފަދަ ޗެނަލް ފާސްކުރުން އެއީ 1 ގަޑިއިރު ތެރަެ ކޮށްދޭންޖެހޭނެ ކަމެއް. ބްރޯޑްކޮމްގެ މެމްބަރުންގެ މުސާރަ ހަލާލު ނުވާނެ.

The name is already taken The name is available. Register?

ވެބޫ

29 January 2023

މިފަދަ ނާތަހުޒީބު ކަންކަން މިކުރަނީ ހެޔޮއަގުގަ ބަޔަކު ކޮއްކޮއްތިއްބާ މަޖިލީހުން ސައްތައިން ސައްތަ ދިވެހިންނަށޭ ތިކަންކުރެވޭނީ ކިޔާ ފާސްކޮއް ހިލާލި ހިލުން ގަނޑެއް

The name is already taken The name is available. Register?

ދިރާގު ޓީވީ

29 January 2023

ދިރާގު ޓީވީ އަލުން ގެނެސް ދީ?

The name is already taken The name is available. Register?

ދެކޮޅުވެރިޔާ

29 January 2023

ފާސްކޮށދީފި ނަމަ އޭ ފާސްނުކޮށްތޯ ތިޔަ ފަށަނީ؟ ތިބޭފުލުންނާއި މީޑިއާ ނެޓް ގުޅިގެން ހިންގި ޖަރީމާއެއްތޯ ދިރާގު ޓީވީ ހުއްޓުވުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454