30 ޖެނުއަރީ 2023 - 12:57
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު މެންދުރު ކެއުމެއް މިހާރު ކުރިއަށް އެބަގެންދަވަ އެވެ.
ދޮންމަނިކު ސްކައި ވިއުގައި ބާއްވާ އެ ކެއުމުގައި ނަޝީދުގެ ކެމްޕެއިން ޓީމުތަކުގެ ވަރަށް ގިނަ މެމްބަރުން އެބަތިއްބެވެ.
މިއީ ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު ނަޝީދު، އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު އާންމު ތަނަކުން ފެނުނު ފުރަތަމަ ފަހަރެވެ.
ރައީސް ނަޝީދު #ފިކުރެއްގެދިރުން ކެމްޕެއިން ޓީމްތަކާއި އެކު ވަގުތުކޮޅެއް 💛#FikureggeDhirun pic.twitter.com/c8reFk9xIA
— Sim (@Simwarr) January 30, 2023
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވަނީ ޕްރައިމަރީގެ ވޯޓުގެ ނަތީޖާ ގަބޫލު ކުރައްވައިފަ އެވެ. އެކަމަކު އެއާ ވިއްދައިގެން ވިދާޅުވީ، ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ "އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ އެވެ. އެކަމަކު ނަޝީދު ވިދާޅުވީ ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށެވެ.
"އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
"ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޔާ
01 February 2023
ބަރުލަމާނީ ޕެޓިޝަނަށް 2 ލައްކައަށްވުރެ ގިނަ ސޮއި ހޯދާފަ، އެޕެޓިޝަން ފޮރުވައިގެން އުޅެނިކޮށް ނެގި ޕްރައިމަރީ ވޯޓުން ނަޝީދަށް 15000 ވޯޓް ނުލިބުމަކީ އެމްޑީޕީއިން ވޯޓް އޮޅުވާލިކަމުގެ ހެއްކެއް. ޕެޓިޝަން ރައީސާއި ހަވާލުނުކުރީ ނަޝީދުގެ ހިތްތިރިކަމުން...
މުހައްމަދ
31 January 2023
ޑިމޮކްރަސީގެ ބައްޕަ އޭ ކިޔައިގެން އުޅޭ ޑިމޮކްރަސީގެ ދޮން ބައްޕަ އަދި ހިޔެއްނުވޭ މިވާގޮތް އެބޭފުލާޔަށް ތިލަވާވަރު ވާހެނެއް. މެމްބަރުން އެބުނީ މަނިކުފާނު ވެރިކަން ކުރަން ކަމަކު ނުދެޔޭ އެކަމަކު އޮޕޮޒިށަން އެކްޓިވެސްޓަކަށް ހަމަ ރަގަޅެވެ.
ބޮނޑިބެ
31 January 2023
މިގޮތަށް އުސޫލެއްގެ ދަށުން ވައްކަންކުރުމާއި ރިސްވަތުނެގުން ވެސް ހުއްދަ ކުރެވިދާނެ. ނަމަވެސް އިލާހީ ޤާނޫނާ ކުޅެވޭނެ އެއްވެސް އިންސާނަކު ނުހުންނާނެ!
އަހައްމަދޫ
31 January 2023
ނަޝިދު ޕާޓީ ގަނޑުން ވަކިކުރާށޭ ފިޔަވަޅު އަޅާށޭ ކިޔަކިޔާ ތިބެނީ އެކަކުގެވެސް ނެތް އެހިތްވަރެއް
މޮޔަ ހުސޭނު
31 January 2023
ފިކުރެއްގެ ދިރުމެއް ނުހިގާނެ. އެއްޗެއް މައްޗަށް އެއްލީމަ މައްޗަށް އެރުމުގެބާރު ކެނޑުނީމަ ދެން ވެއްޓޭނީ. މިހާރު އެވަނީ އެހެން. މިހާރު ނަޝީދު ވަށަައިގެން އެބުރެނީ ބޯގޯސް ބައިގަޑެއް.
ނުޣުނީ
31 January 2023
ފިކުރެއްގެ ދިރުން ފެންނަނީ ހުވަފެނެއް. އެއީ ލިބުނު 15600 ވޯޓާ ކަނޑައިލިކަމަށްކިޔާ 39000 މީހުނއގެ ވޯޓާއެކު ޖުމުލަ ކުރީމާ ލިބޭ 54600 ވޯޓު އަންނާނެ ފޯމިއުލަރ ހިސާބު ޖަހައިގެން . މިހުރިހައިމީހުން އެއްކޮށްގެން ލިބެ ހިސާބު ޖުމުލަ ރަނގަޅު. ޢެކަމަކު މި މަނިކުފާނުގެ ބުއްދި ކުރާ ޖުމުލަ އަދަދަކީ ލިބޭނެ ވޯޓެއްނޫން. ހަކުރުގައި މެހިބުރާހެން ކައިރީގައި އުޅޭ ކުދިންނަށް މިކުޅެންއުޅޭ ކުޅި ނުވިސްނޭނެ ކަމަށް ހަމަ ވެދާނެ.
އެނަލިސްޓް 1
30 January 2023
މިހާރު ނަޝީދު އެ އުޅުއްވަނީ ޕާޓީ ތެރޭ ހުންނަވައިގެން ނެގުނު ވަރަކަށް މީހުން ނަގާ ފަހުން ރަސްމީ ވަކި ޕާޓީ އެއް ހަދަން. އެއީ އެމްޑީޕީ އަކުން 2 ޓިކެޓެއް ނުނެރެވޭނެ. 2 ބައި ވަކިން ވޯޓަށް ގޮއްސިއްޔާ ބަލިވާނެ. ރައީސް އިބޫ އަށް އޮތީ ހިތްވަރު ގަދަ ނިންމުމެއް ނިންމުން. އެއީ ނަޝީދު ވަކި ކުރެއްވުން.
ފައްކެޑި
30 January 2023
ތިކަން ކޮއްފުއްޔާ އިބުރާ ބެއްޔަ ހޮވެން ޖެހޭނީ އެކޮޅުކޮޅުން
ވަހީދުބޭބެ
30 January 2023
މީނަ ދައްކާވާހަކަ ގަބޫލުކުރަން ހެޔޮނުވާނެ. ބޭކާރުވަގުތުދާނީ.
ބަރަބޮގެ
30 January 2023
ދެން ކައެ ކީބެޔޯ ތިކިޔާހަ ކޮމެންޓު ކުރަނީ؟
ކޮރަލް
30 January 2023
ގޭގަ ހުންނާނަމޭ ބުނެފިނަމަ ބޭރަށް ދާނެ އެވެ، ބޭރަށް ދާނަމޭ ބުނެފިނަމަ ހުންނާނީ ގޭގަ އެވެ. ދެން ވެރިކަމަށް އައިސް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ އެވެ.
ޗރ
30 January 2023
ދެން ކަލޭމެން ނަށް އޭނާއާ ނުބެހި ނުތިބެވޭނެއެވެ. އެހެންވިމަ އޭނާގެ ރެލަވަންޓިކަން އެބައިގެއެވެ
ބޮޑުމީހާ
30 January 2023
އެމްޑީޕީގައި މިހާރު އޮތީ އެމްޑީޕީ ފިކުރެއް ނޫން. އެމްޑީޕީ ފިކުުރު އޮޔާގޮސްފި. މިހާރު އޮތީ އަތުޖެހުނު ތަނަކުން ކެއުމާއި، އިންތިހާބުތަކަށް ކަނޑަޖެހުމާއި، ހިތުހުރިވަރަކަށް ސިޔާސީ މަގާމު އުފެއްދުމާއި، ކޮރަޕްޝަން ނުބެލުމާއި، ތިޔައީ ޒައީމޭ ކިޔުން. އަންނިއަށް ރަގަޅުވާނީ އެހެން ސިޔާސީ ޕާޓީއެއް ހެދުން
ރައްޒާގު
31 January 2023
އަންނިގެ ތަރި އޮއްސިއްޖެ. ތެދުތެދަށް ބުނާނަމަ ދެން ނަޝީދަށް މިގައުމަށް ކޮއްދެވޭނެ މާބޮޑުކަމެއްނެތް. ކުދިންކޮޅު ގޮވައިގެން މަގުމައްޗަށް ނުކުންނަން ރަގަޅުވާނެ.