އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި، ޕްރައިމަރީ އިލެކްޝަންގެ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
02 ފެބުރުއަރީ 2023 - 13:18
ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން" ނަމުގައި ގޮފި ހެދުމަކީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅުވުމެއް ނޫން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކުރަން ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުވީ ވެސް، ނާކާމިޔާބީއަށް ފަހު ނަޝީދު މިހާރު ފައްޓަވާފައިވާ މަސައްކަތްތަކަށެވެ.
އެ މަނިކުފާނު ވަނީ، ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުނުކުރާނެކަން ހާމަކުރައްވައި، ރިޔާސީ ޕްރައިމަރީގައި ބޭނުންކުރެއްވި ސްލޯގަން، "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ހަރަކާތެއް ހިންގަވަމުންނެވެ. އެ ޕާޓީގެ ވަކި ގޮތްޕެއް ރަޖިސްޓްރީކުރުމަށް މީހުން އަންނަނީ ސޮއިކުރަމުންނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާނެ ފޯމިއުލާއެއް ކަނޑައަޅާނީ އެ ގޮފީގައި 50،000 މީހުން ރަޖިސްޓްރީވެ، އަންނަ ޖުލައި މަހު ހިސާބުގަ އެވެ.
އެކަމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ ގޮތްޕެއް ހެދުމަކީ ކެންޑިޑޭޓާ އިދިކޮޅަށް ކަމެއް ކުރުން ކަމަށް ނުބަލާ ކަމަށެވެ.
ނަމަވެސް، ބަލަންޖެހޭ ކަމަކީ ގޮފި އުފައްދައިގެން ކުރާ ކަމެއް ކަމަށާއި ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތްކުރާ ތަން ނުފެންނަ ކަމަށް އިބްރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި، ޕްރައިމަރީ އިލެކްޝަންގެ ކޮމިޓީގެ މުޣައްރިރު އަދި ޕާޓީގެ ޑެޕިއުޓީ ޗެއާ އިބްރޭ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް، އެ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް އެއްވެސް ކަމެއް ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
"[ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް]ކުރައްވަންޏާ އަޅުގަނޑުމެން އެންމެންނަށް ފެންނާނެ. އެހެންވިއްޖެއްޔާ ގަވައިދުގެ ތެރެއިން އަޅުގަނޑުމެން އެކަމަށް ހައްލު ކުރާނަން." އިބްރޭ ވިދާޅުވި އެވެ.
ފިކުރެއްގެ ދިރުން ނަމުގައި މިހާރު ފުރަމުން އަންނަ ފޯމުތަކުގައި އެޑްރެހަކަށް ޖަހާފައި އޮތީ ނަޝީދުގެ އަމިއްލަފުޅު އެޑްރެސް، ގ. ކެނެރީގެ އެވެ.
އިބްރޭ ވިދާޅުވީ ކެނެރީގޭގެ ނަމުގައި ފޯމު ފުރައިގެން ގޮފި އުފައްދަން އޮންނަ ގޮތަށް ހުށަހެޅުމުން ޕާޓީގައި ރަޖިސްޓްރީ ކޮށްދޭނެ ކަަމަށެވެ. ޕާޓީގެ އަސާސީ ގަވައިދު އޮންނަ ގޮތުން، ގޮފިތަކުގެ ރައީސަކަށް ވާނީ އެ ގޮފި އުފައްދާ ބޭފުޅަކު ކަމަށެވެ.
ފިކުރެއްގެ ދިރުންގެ ގޮފި އުފައްދާ ފޯމުގައި އެޑްރެހަކަށް ޖަހާފައި އޮތީ ކެނެރީގެއަށް ވާތީ، ގަލޮޅު އުތުރުގެ ގޮތްޕެއްގެ ގޮތުގައި އެ ގޮފި ރަޖިސްޓްރީކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޮތްޕެއްގެ ގޮތުގައި ގެންނަންޏާ ރަޖިސްޓްރީކުރެވޭނެ. އެއީ އެއްވެސް މައްސަލައެއް ނޫން." އިބްރޭ ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި ވާދަވެރި ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ 24،572 ވޯޓުންނެވެ. އެ މަނިކުފާނާ ވާދަކުރެއްވި ކުރީގެ ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
23 January 2024
އައްޑޫ ބުރިޖާއިމެދު ތިގޮތަށް ވާހަކަދައްކާން ޖެހުނުސަބަބާއިމެދު ވިސްނާލެއްވިންތޯ!؟ ޗައިނާގެކުންފުނިތަކަށް ކ.އަތޮޅު މާލޭގައިކުރާންޖެހޭ ހުރިހާމަސައްކަތް ތަކެއްހެން ޙަވާލުކޮށް ފައިސާހަމަޖައްސާފައި އަދި ޗައިނާއިންދިން 130 މިލިޔަން ޑޮލަރުވެސް ތިޔަ މުޤައްދަސް ރަށްކޮޅަށް ތަލާލަންނިންމާފައި ޗައިނާއިންވަޑައިގެން ވިދާޅުވީ "އައްޑޫ ބްރިޖް ސާވޭކުރަން މިސްރު ކުންފުންޏަކުން ޝައުގެވެރިވެގެން އެމީހުން ހުށަހަޅި" ކަމަށް!؟ އެހެން އައްޑޫމީހުން ބުނަނީ ތިކަންނުކުރާނެއޭ.
އޮނަރަބްލް އަފީފު ދީދީ
21 December 2023
މިދައުލަތުގެ މަސްލަހަތަށްވުރެން އެހެންފަރާތަކަށް ގޮތްނިންމާން ފުރުސަތުދިނުމަކީވެސް ގޯހެއް. އެމްބަސީ މެދުވެރިވެގެންވެސް ވަގަށްއެތެރެވެފައިތިބި މީހުން މިހާރުވެސް ރާއްޖޭގައިއެބަތިބި. އަދި ލިޔެކިއުމެއްނެތި އުޅޭނެ ދުވަހަކުއުޅެފައި ފުރަން ބޭނުންވެއްޖެނަމަ (އެވެސް އެމީހުން އަމިއްލައަށް) ތިޔަވިދާޅުވާ އެމްބަސީއަށް ގޮސް އެމީހުން އެދަނީ އާ ޕާސްޕޯޓް ހައްދަމުން. މިކަންކަން އޮތީ ކުޅޭކުޅޭ ކަމެއްގެ ގޮތަށް. ތިޔަވިދާޅުވަނީ ވަކި މޮޅު ހައްލުތަކެއްގެ ވާހަކައެއްނޫން.
ައަލީއަލީ
03 February 2023
އަންނި ބުނެފިއްޔާ ދުވާލު ރޭގަނޑަށް ބަދަލުވާނެ ކަމަށް ގަބޫލުކުރާ ޒާތުގެ ބައިގަނޑެއް ތީ!!!
ގައުމީ ލޯބި
02 February 2023
ސޮއިކުރާ މީހުންނާއި ރައްޔަތުންނަށް އެގޭބާ މީ ކޮންފިކުރެއްކަން.. މިކިޔާ އެއްޗެއް ސާފުނުވަނީސް މިސްތަކުން އެއަށް ހެއްލުން ބުއްދިވެރިތޯ؟ ކަމެއް ނުކުރަން ބުނެފިތަ ސީދާ އިދިކޮޅަށް އެކަމެއް ހިގަނީ! ވޯޓަކުން ބަލިވެއްޖެނަމަ ގޭގައި ހުންނަ ބުނީ އިހައްދުވަހު..؟ ވީމާ، ތިކިޔާ ފިކުރަކީ ކޯޗެއްކަން ވަރަށް ސާފުކޮށް ލިޔެ ސިއްކަން ޖެހެން އެބަޖެހޭ! ނޫނީ : ދީނާ އިދިކީލަ ފިކުރުތޯ؟ ނޫނީ ފަރަންޖީން ރުހޭގޮތަށް ބައްޓަން ކުރާ ފިކުރެއްތޯ؟ ވުން ވަރަށް ވެސް ގާތް
ބޮޑުމީހާ
02 February 2023
ސްލޯލިހު ލައިގެން މިގައުމުގައި ކުރެވޭނެ ކަމަކީ ބަތްކަކާ ކުޅުމާއި ބަޖެޓް ބެހެން. އަންނިއާއި ޔާމިނަކީ ހިންގުންތެރި ލީޑަރުން. އެމީހުންގެ ވިސްނުމާއި އެއްގޮތަށް ގައުމު ކުރިއަށް ގެންދާނެ. އިބޫގެ ވިސްނުމަކީ އެބުރޭވަހުތާނެއް ކަހަލަ ކަމެއް. އެކަންވެސް ރަގަޅު، މިކަންވެސް ރަގަޅު
ޖެކް
02 February 2023
ނަޝީދު ރިޔާސީ ކެންޑިޑޭގެ ފޯމް އީސީއަށް ހުށަހެޅީމަވެސް އެއީ ދެކޮޅުވުމެއް ނޫނަކަން ކަލޭމެން ބުނާނެ ދުވަސްވެސް އަންނާނެ!
ފިކުރެއްގެދިރުން
02 February 2023
ތިޔަ ބޭފުޅުންނަށް މާރަގަޅަށް މާސާފުކޮށް އެނގިވަޑާގަންނަވަންވާނެ ފިކުރެއްގެ ދިރުން ނުހުއްޓޭނެކަމާއި، އަސޭމިރުސް ދުމާއި ކުރަނަގޭހާއި ރަބަރުވަޒަނަކަށް ނުސިހޭނެކަން. މިރާއްޖޭގައި ތާހިރު ދިރިއުޅުމެއް ހޯދާނެ މަގަކީ ކެޕިޓަލިސްޓަކާއި ވެރިކަން ހަވާލު ކުރުން. ރާއްޖޭގެ ބޮތެ މަހުޖަނުންގެ އަގު ވަޒަންނުކޮށް މިރާއްޖޭގެ އާމްދަނީ އިތުރެއް ނުކުރެވޭނެ. ލިބޭފައިސާ މިގައުމަކު ނުހިފެހެއްޓޭނެ
ސަސ
02 February 2023
ނަސީދު ވީމަ އެޅޭނެ ފިޔަވަޅެއް، އަޅާނެ ފިޔަވަޅެއް ނޯންނާނެ، އެބުނާ ފިކުރު ފެކްސަނުން 50000 މީހުން ހަމަ ކޮއްފަ ކެނޑިޑޭޓެއް ނެރޭ ވާހަކަ އެއީ މިހާރުގެ ކެނޑިޑޭޓާ ދެކޮޅަށް ކުރާ ކަމެއް.
އަހުމަދުބޭ
02 February 2023
ތިޔަބުނީ ކޮއްފައިނެ ކަމެއްގެ ވާހަކަ އެކަމަކު އަދިއެއްނުކުރޭ އެމް ޑީ ޕީ ގެ ގަވައިދު އޮންނަގޮތުން ގޮފިތަށް ހެދޭ، ހަމަ އެގަވައިދުގައި ބުނޭ ޕާޓީގެ ކެނޑިޑޭޓަށް ތާއީދު ކުރަންޖެހޭ ވާހަކަ، ނުކުރާނަމޭ ބުނާހިސާބުން އަދި އެކަން އެގޮތަށް ކުރަންއުޅުމުން ދެން އެވީ އެއްކަލަ އަންނިގެ ފެކްސަން ޕާރޓީން ވަކިކުރަން ދެން އެހިސާބަށް ދާއިރު މިއޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ދޮރުބަންދުވެފައި މިވާނުވާ އަންނި އަކަށް އަދި އަންނިގެ މީހުންނަކަށް ނޭގޭ.