އެމެރިކާގެ ވައްގެ ސަރަހައްދުން ފެނުނު ޖާސޫސީ ފުއްޕާހަން: މި ފުއްހަމަކީ ޗައިނާގެ ފުއްޕާހަމެއް ކަމަށް އެމެރިކާއިން ބުނޭ
03 ފެބުރުއަރީ 2023 - 11:46
ވޮޝިންޓަން (ފެބްރުއަރީ 3) - އެމެރިކާގެ ވައިގެ ސަރަހައްދުން ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އުދުހެމުން ދާތީ އެމެރިކާގެ ޑިފެންސް މިނިސްޓްރީން ސަމާލުވެއްޖެ އެވެ.
އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަންގަން ބުނީ އެ ފުއްޕާހަން އެމެރިކާގެ މަތީގައި އުދުހެމުންދާކަން ފާހަގަކުރެވުނުތާ ދެތިން ދުވަސްވެއްޖެ ކަމަށެވެ. އެ ފުއްޕާހަން އިތުރަށް ދެނެގަތުމުގެ ކުރިން އަސްކަރީ މަތިންދާބޯޓެއްގައި ގޮސް ޓްރެކް ކުރި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އެމެރިކާގެ ނިއުކުލިއަ މިސައިލް އުފައްދާ މޮންޓަނާ ސިޓީގެ މަތިން ވެސް އެ ފުއްޕާހަން އުދުހުނު ކަމަށް ޕެންޓަގަންއިން ބުންޏެވެ. އެ ސަރަހައްދުން އެ ފުއްޕާހަން އުދުހޭން ފެށުމުން މޮންޓަނާގެ އެއާޕޯޓް ވެސް މިދިޔަ ބުދަ ދުވަހު ބަންދު ކުރި އެވެ.
މޮންޓަނާ އަށް ފުއްޕާހަން ދަތުރު ކުރި މަގުމަތީގައި ކެނަޑާގެ ވައިގެ ސަރަހައްދަށް ވެސް އެ ފުއްޕާހަން ވަންކަން ކެނަޑާގެ ދިފާއީ އިދާރާތަކަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. ކެނަޑާގެ ޖާސޫސީ އިދާރާއިން ބުނީ އެ ގައުމުގެ ސިއްރު މައުލޫމާތުތައް ލީކުވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިހާރު ފުއްޕާހަން ހަރަކާތްތެރި ވަނީ ކޮމާޝަލް ފްލައިޓްތައް ހަރަކާތްތެރިވާ ހިސާބުގަ އެވެ. އެކަމަކު އޭގެ ސަބަބިުން ބިމުގައި ތިބޭ ބަޔަކަށް ނުރައްކަލެއް ނެތް ކަމަށް އެމެރިކާގެ ސީއައިއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އެ ފުއްޕާހަމަށް ބަޑިޖަހައި ފަޅާލުމުގެ ވިސްނުމެއް ނުގެންގުޅެނީ ސަލަމާތީ ސަބަބުތަކަށްޓަކައި ކަމަށް ވެސް ޕެންޓަގަންއިން ބުންޏެވެ.
"މިދިޔަ އަހަރުތަކެއްގެ ތެރޭގައި މިފަދަ ފުއްޕާހަން އެކިފަހަރު މަތިން އެމެރިކާގެ ސަރަހައްދުން ވަނީ ފެނިފަ. ފުއްޕާހަން ފެނުމާއެކު އެމެރިކާގެ ސަރުކާރުން ވަނީ މި ގައުމުގެ މުހިންމު ސިއްރުވެރި މައުލޫމާތުތައް ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅާފަ،" ޕެންޓަގަންއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މި ފުއްޕޫހަން އެމެރިކާގެ ސަރަހައްދުން ފެނިފައި ވަނީ އެ ގައުމުގެ ދިފާއީ ވަޒީރު އެންޓޮނީ ބްލިކަން ޗައިނާ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ. އެ ދަތުރުފުޅުގައި އޭނާ ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު އެ ދަތުރުފުޅާ ބެހޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ދެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނދިމަރިޔަނބު
03 February 2023
ތީ ޗައިނާ ފުއްޕާހަމެއްކަން ކިހިނެއް އެނގުނީ؟
އަފްރާސިޔާބު
03 February 2023
ޗައިނާ އިން ބުނެފި އެއީ ތިމަންމެން ޗައިނާއިން ފޮނުވާލި ރިސާރޗް ބެލޫނެކޭ. ބޭނުމަކީ މޫސުމީ ބަދަލުތައް ދެނެގަތުމޭ. ތިކަމާ ކަންބޮޑު ނުވާށޭ އެގައި ގެއްލުންދޭނެ އެއްވެސް ކަމެއް ނުހުންނާނެޔޭ.
ޕިރްލޯ
04 February 2023
މޭޑް އިން ޗައިނާ
އެނދިމަރިޔަނބު ކޮއްކޮ
04 February 2023
ކަލެއާ މަށަށާ ދެމީހުންނަށް ފަހުމް ނުވިޔަސް ބޮޑެތި އަސްކަރީ ބާރުތަކަށް އެ އައި ދިމާ އިނގޭ ވަރަށް ސެޓަލައިޓާ ޒާތްޒާތުގެ ޓެކްނޮލޮޖީ ހުންނަކަން އިނގޭތަ؟
ށަވިޔަނި
03 February 2023
ތިއީ ރާއްޖޭގައި މިއުޅޭ ރުޤްޔާ މީހުން ރުޤްޔާ ހަދާފަ ފޮނުވި އެއްޗެއް ކަމަށް ބެލެވޭ.
ފޮނިކުއްޖާ
03 February 2023
އެމެރިކާ ޕްރޮޖެކްޓިން ސޯ ހާޑް. ބަލަގަ ކަލޯމެން ގޮތައް ނުބެހޭ ތަންތަނައް ބޮން އަޅުމުގައި އަވަދިނެތިވެ، ތާއަބަދު އެކަމުގައި ލާރި ތަޅާބުރުއްސާކައް ނޫޅޭނޭ ހުރިހާ ގައުމެއް. ހަމަ ޖެހިލަބަލަ. ކުޑަކޮއް ނިދާލަބަލަ.