ހުުޅުމާލޭގައި 73 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން އެމްޑީ ސައިމަން (ވ-2) އަދި ޖައުސާގެ އެމްޑީ ޖަހުދާން (ކ-2) މިއަދު ސޮއިކުރައްވަނީ.--- ފޮޓޯ:؛ އެޗްޑީސީ
18 ޖެނުއަރީ 2017 - 12:23
ހުޅުމާލޭގައި 73 މިކްސްޑް ރެސިޑެންޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޖައުސާ އިންވެސްޓްމަންޓާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ޖައުސާ އިން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޖައުސާގެ ވެރިޔާ ޖައުފަރު އީސާ އާދަމްގެ ދަރިފުޅު އަހުމަދު ޖަހުދާން ޖައުފަރެވެ. މި ރަސްމިއްޔާތުގައި ޖައުފަރު ވެސް ބައިވެރިވެވަޑައިގަތެވެ.
މި ފްލެޓްތައް އެޅުމަށް ނިންމާފައިވާނީ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގަ އެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން، އަޅާ ހައުސިން ޔުނިޓުތަކުގައި ވިޔަފާރީގެ އުސޫލުން އެއްބައި ބޭނުން ކުރެވޭ އިރު މީހުން ދިރިއުޅޭ ގޮތަށް ވެސް ފްލެޓްގެ ބައެއް ތަރައްގީ ކުރާނެ ކަމަށެވެ. އަދި 26 މަސް ތެރޭގައި ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
ހުޅުމާލޭގައި ގިނަ ފްލެޓްތައް އެޅުމަށް މިދިޔަ އަހަރުގެ ތެރޭގައި ވެސް ގިނަ ބަޔަކާ ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި އެކި ފަންތީގެ ފްލެޓްތައް އެޅުމަށް ބެޗް ކޮންސްޓްރަކްޝަނާއި ދަމާސް އާއި އެޕޯލޯ ހޯލްޑިންގްސްގެ އިތުރުން އިންޑިއާގެ ކުންފުންޏެއް ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލަތު
18 January 2017
ވެރިކަމުގެ ފުރަތަމަ ހައެއްކަ މަސްތެެރޭގައި ފުލެޓަށް އެދި ހުށަހެޅި 15 ހާސް އާއިލާއަށް ބޯހިޔާވަހިކަމެއްގެ އުއްމީދެއް ނެތެވެ. މި ބައިމީހުން ދިރި ނެތީ ހެއްޔެވެ. ދިރުމެއް ނުވަނީ ހެއްޔެވެ. ދިރުމެއް ވައްޏާ އުއްމީދެއް އޮންނާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ކިބިކާށި
18 January 2017
100 ފުލެޓްވެސް އަޅަންވީ މީ ހިލޭ ކޮއްދޭ ކަމެއްތަ 2018 ކިހާވަރަކުން ދާނެބާ
މުހައްމާ
18 January 2017
ހުދު ކާފޫރުންތަ ތިހަދަނީ. ތީގެން ތަނަކަށް ދުވަހަކު މީހަކަށް ވަދެވޭވަރެއް ނުވޭ.
ފޫހި
18 January 2017
މުއްސަދިންނަށް ބިންތަށްދީ ހުސްކުރޭ. ނިކަމެންތިންނަށް އޮތީ ޢުމުރު ދުވަހު ބޮޑުކުލި ދައްކައިގެން އުޅުން. ތިޔައިން ކޮންމެ ފްލެޓެއް ވިއްކަނީ އިންތިހާއަށް އަގުބޮޑުކޮށް. ފްލެޓް އެޅުމުން ދެރަމީހާއަށް އޮތީ ކޮން ހިންހަމަޖެހުމެއް.
ނޮޓްއިނަފް
18 January 2017
ހުޅުމާލޭގައި 73 މިކްސްޑް ރެސިޑެންޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޖައުސާ އިންވެސްޓްމަންޓާ މިއަދު ހަވާލު ކުރުން އެއީ މަމެން ވަރަށް އުފާވާ ކަމެކެވެ. ދިވެހި އެންމެ މުއްސަނދި އަމިއްލަ ކުންފުނި ތަކުން ހުޅުމާލޭގައި އަހަރަކު 2000 ހައުސިންގް ޔުނިޓްސް އަޅާ ކުރިއަށް އޮތް 10 އަހަރު ދުވަސް ވަން ދެން ބާޒާރަށް ނެރުމަށް ޓަކައި އެފަދަ ކުންފުންނަށް އެބަޖެހެ އެއް ނޫންތޯ ހުޅުމާލޭން ބޮޑު ބިމެއް ދީގެން އެކަން ކުރަން. އަދި އެޗްޑީސީން ސޯޝަލް ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް ތައް 3 ބުރިއަށް އިމާރާތް ކުރަނީ ހަމަ ނޭގިގެން ގަމާރު ކަމުން ތޯ މަމެން ބުނަން ނެތީމު އެވެ. ލިފްޓް ލައިގެން 25 ބުރިއަށް ނެހެދެންވީ އެއީ ކީއްވެގެންތޯއެވެ. މިއުސޫލުން ނޫން ތޯ ދެން ހުޅުމާލޭގައި ފްލެޓްސް ތައް އިމާރާތް ކުރަންވީ. މިކަން ކަން ކުރެވޭތޯ އަޅެ އެޗްޑީސީ ބޯރޑް އިން ވިސްނާ މިފަދަ ކަންކަން ރަނގަޅު ކުރަންވީ ނޫންތޯއެވެ. އެއްގޮތަކަށް ވެސް މިހާރު އެޗްޑީސީން ތިޔާ ގެންދާ ސްޕީޑް އިން މާލެ ސަރަހައްދުން ފްލެޓްސް ބޭނުންވާ މީހުންނަށް ފްލެޓސް ނުދެވޭނެ ކުރިއަށް އޮތް 100 އަހަރު ދުވަހުން ވެސް.
ދިސްވޭ
18 January 2017
ހުޅުމާލޭގައި 73 ހައުސިން ޔުނިޓް އަޅަން ޖައުސާއާ ހަވާލު ކުރުން އެއީ ވަރަށް ރަނގަޅު ކަމެކެވެ. ޖައުސާ އަށް ހުޅުމާލޭގައި ފްލެޓްސް ތައް ބިނާ ކުރެވޭއިރު ކީއްވެގެންތޯ އެމްޓީސީސީ އަށް ހުޅުމާލޭގައި 15000 ހައުސިންގް ޔުނިޓްސް ބިނާ ނުކުރެވެންވީ ބީއެމްއެލް އިން ލޯނެއް ނަގައިގެން. އެމްޓީސީސީ އަށް ސަރުކާރުން ސޮވެރިންގް ގެރެންޓީ އެއް ދެވޭނެ ނޫންތޯއެވެ. މިއުސޫލުން މިކަން ކުރެވޭތޯ ބައްލަވަންވީ އެވެ. 73 ހައުސިންގް ޔުނިޓްސް އަކުން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. މީގެ މިސާލަކީ ތަނެއްގެ ބިލަށް އަރާ 15 ހާސް ރުފިޔާ ލިބޭ ދުވަހު ބަޔަކު ގޮވައިގެން ހޮޓަލަކަށް ވަދެ ސައި ބޮއި ފައި ބިލަށް އެރި 73 ރުފިޔާ ދައްކާލަން ފައިސާ ލިބުނު މީހާ އެއްވެސް ޖެހިލުމެއް ނުވުމެވެ. ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މާލެ ސަރަހައްދުގައި ފްލެޓްސް ތައް އެޅުމަށް ޓަކައި ނެރެންވީ އެމްޓީސީސީ އެގްރެސިވް ކޮށް. އެމްޓީސީސީ އަށް މިކަން ވާނެ ކަމުގެ މިސާލު އެއޮތީ ވަގްފު ބިލްޑިންގް މުއްދަތަށް ނިންމާ އެކުންފުނިން ނަމޫނާ ދައްކާފައެވެ.