14 ފެބުރުއަރީ 2023 - 10:11
ލ. އަތޮޅު ބޮޑުފިނޮޅު ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ ބަދަލެއް ދީގެން ވެސް އެ ރަށް މިހާރު ސަރުކާރުން އަތުލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ޔުނިވާސިޓީއެއް ނުވަތަ ކޮލެޖެއް ގޮތުގައި ބޮޑުފިނޮޅު ތަރައްގީ ކުރުމަށް ޕްރިމިއާ އެކްޓިވިޓީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާތާ 15 އަހަރެއްހާ ދުވަސްވެފައިވާ އިރު އަދިވެސް މަޝްރޫއު ކުރިއަކަށް ނުގެންދެ އެވެ.
އެކަމާ ގުޅޭ ގޮތުން ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިޝާމް (ސަމްޕަތު) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ، ޕްރިމިއާ އެކްޓިވިޓީ ޕްރައިވެޓް ލިމިޓެޑަށް ބޮޑުފިނޮޅު ތަރައްގީ ކުރެވޭނެ ކަމަށް ލ. އަތޮޅުގެ މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުން އަދި އެ އަތޮޅު ކައުންސިލުން ވެސް ގަބޫލު ނުކުރާ ކަމަށެވެ.
އެ ބިންތަކުގެ "ވޭކަންޓް ޕޮޒިޝަން" ނުލިބުނު ކަމަށް ބުނެ ތަރައްގީ ނުކުރެވޭ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ކޯޓުން ބޭރުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.
އެކަމަކު، ޕްރިމިއާ އެކްޓިވިޓީ ކުންފުނިން ބަދަލުގެ ގޮތުގައި ހުށަހަޅާ ހުށަހެޅުމާއި ސަރުކާރުގެ ހުށަހެޅުމާ މެދު ދެ ފަރާތުން އެއްބަސްނުވެވޭތީ ކޯޓުން ބޭރުން އެ މައްސަލަ ކާމިޔާބު ކުރެވުމާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކުގެ އަލީގައި ތާށިވެފައި މި އޮތީ. ކުރިއަށް ނުކަނޑާ މިހާރަކު،" މައުސޫމް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކުގެ އަލީގައި ތާށިވެފައި މި އޮތީ. ކުރިޔަށް ނުކަނޑާ މިހާރަކު،"--- މައުސޫމް
އޭނާ ވިދާޅުވި ގޮތުގައި ދެން އޮތީ ބޮޑުފިނޮޅު އަތުލަންވީތޯ އުފެދޭ ސުވާލެވެ. ޕްރިމިއާ އެކްޓިވިޓީ ކުންފުންޏަށް 2.7 މިލިއަން ޑޮލަރުގެ ބަދަލެއް ދޭ ގޮތަށް އަތުލުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް މައުސޫމް ވިދާޅުވި އެވެ.
"ވަކި ކޮށްލެވިދާނެ. ކުރިން ވެސް ސިޔާސީ ބޭނުމަށް ވަކި ކޮށްފައި އެބަހުރި. އަޅުގަނޑުމެން ރާއްޖޭގެ ބޮޑު އިންޑަސްޓްރީއެއްގެ ބައެއް ވަކި ކުރަން ޖެހެންޏާ ހުރިހާ ކަމެއް ކުރަން ޖެހޭނެ. އެކަމަކު ވަކި ކުރަން ޖެހިއްޖިއްޔާ ވަކި ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ދެ ރަށް ނުހެދޭ. އެހެންވެ މި އޮތީ ދޭން ޖެހޭ ބަދަލެއް ދިނުމަށް ފަހު ވެސް ވަކި ކުރަން ޖެހޭ ހިސާބަށް ގޮސްފައި."
އެފަދަ މައްސަލަތަކުގައި ސަރުކާރަށް ވެސް ބަދަލެއް ހޯދަން ކުރިމަގުގައި މަސައްކަތް ކުރައްވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.
އޭގެ ސަބަބަކީ އެއާޕޯޓުތައް ހަދަމުން އަންނަ އިރު ރިސޯޓުތައް ވީހާ ވެސް އަވަހަށް ތަރައްގީ ކުރަން ޖެހުމާއި އެކަން ނުވާތީ އިގްތިސާދީ ހަރަކާތްތައް ނުހިނގާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދައުލަތަށް ލިބެން ޖެހޭ ޓެކްސް އާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"މިއީ ވެސް އަޅުގަނޑުމެން ވިސްނާފައި ލިކުއިޑޭޓް ޑެމެޖާސްގެ ބައެއް. މިހާރު އެ ކޮންޓްރެކްޓަރުން އެ ބައި ހިމަނަން މުހިންމު ކަމެއް،" މައުސޫމް ވިދާޅުވި އެވެ.
ބޮޑުފިނޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު ޕްރެމިއާ އެކްޓިވިޓީ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 25 އަހަރުގެ މުއްދަތަކަށެވެ. އެ ރަށުގެ 4.6 ހެކްޓަރު ބިން ތަރައްގީ ކުރަން އޮތީ ހަމަޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
14 February 2023
ސަރުކަާރުގެ އެގުރީމެންޓުތައް ލިޔަންތިބެނީތަންދޮރުނުދަންނަ ގަމާރުންތޯ?މިހެންދަންނަވަންޖެހެނީ,ތިންހަތަރުއަހަރުންނިންމާހުޅުވަން އެގުރީމެންޓުކޮއްފަދޭރަށެއް,ވިހި,ފަންސަވީސްއަހަރުވަންދެންނުހަދާއޮވެގެން އެގުރީމެންޓުއުވާލިއަސްސަރުކާރުން,ކޮންމެބަޔަކައް އެތައްމިލިއަންޑޮލަރެއްގެއްލުމުގެ ބަދަލުދޭންޖެހޭ!ކޮބައިތޯދައުލަތައްލިބުނުގެއްލުން,ކުލިއެތައްބައެއްގެވަޒީފާ,ތީވެސްކަރަޕުސަންގެތެރޭހިމެނޭމަކަރުވެރިބޮޑު ރޭވުމެއް!!
ބޮޑުމީހާ
14 February 2023
15 އަހަރު ވާއިރުވެސް ނުހެދޭ. ބަަދަލުވެސް ދޭން މިޖެހެނީ ދައުލަތުން. މިއަޖައިބެއް ކަހަލަ އެގްރީމެންޓްތަކެއް
ޢެމެރިކާ
14 February 2023
ވިލާ ކުންފުނިން ނަގާފަ ހުރި ރައްތަ ނަގާބަލަ
ޝަފީއޫ
14 February 2023
ބ.ބޮޑުފިނޮޅުވެސް އަތުލަން ފެނޭ.
އުދުހޭ
14 February 2023
އިންތިހާރު ކައިރިވާތީ ބަދަލު ދިނުމުގެ މޫސުން މި ބޯމަތިވަނީ ކެރިބޯވިލާގަނޑެއް ފަދައިންބާ؟
މަހާރާޖަ
14 February 2023
ވަކީލުންގެ ޖަމުއިއްޔާއިން ދައުލަތުގެ އެގްމެންޓްތައް ހަދައިދީ ބަލަހައްޓަން ފައްޓަވާ ދެއްވަންވެއްޖެ. މިފަދަ ކޮންމެ އެގްރިމެންޓަކީ ޖަމުއިއްޔާއަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ހޭދައެއް ކޮށްގެންވެސް ފުލުންނުދާވަރުގެ އެގްރިމެންޓްތައް ހެދެން އެބަޖެހޭ.
ހަޑިގިއްލ
14 February 2023
ޕްރިމިއާ އެކްޓިވިޓީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާތާ 15 އަހަރެއްހާ ދުވަސްވެފައިވާ އިރު އަދިވެސް މަޝްރޫއު ކުރިއަކަށް ނުގެންދެ އެވެ.## ތަންތަން ހަވާލުކުރަނީ މުއްދަތު ނުދީ ކަމަށް ވާނަމަ އެކުރެވެނީ ވެސް ޚިޔާނާތެއް. މުއްދަތުގައި ތަނުގެ ބޭނުން ހިފަން ނުފަށާނަމަ ކުރިޔަށް ނުގެންދެވޭ މަޝްޜޫއުތައް އެހެން ގޮތަކަށް ކުރިޔަށް ގެންދެވެންވާނެ.
ކޮބި
14 February 2023
ޝަންގްރިއްލާ އަތުލަބަލަ ސަހަރޯ
ބަޑިތަކުރު
14 February 2023
އެއްބަސްވުމެއް ހެދީތީ ދައުލަތުން ބޮޑެތި ބަދަލު ދޭންޖެހުމަކީ ހައިރާންވާންޖެހޭ ކަމެކެވެ. ބަދަލު ދެވެންވާނީ އެރަށް ނެގުމުން އެދޭ ބަދަލާ އެއްވަރުގެ ފައިދާއެއް ދައުލަތަށް ލިބޭވަރުގެ އިންވެސްޓްމަންޓެއް އެތާނގައި ކޮށްފައިވަންޏާ ނޫންބާވައެވެ. އެއްވެސް ކަމެއް ނުކޮށް އޮއްވާ އަތުލީމާ އެގްރީމެންޓްގެ މުއްދަތަށް އެފަރާތަށް އެކަން ކޮށްގެން ލިބޭނެ ފައިދާއާ އެއްވަރުގެ ބަދަލެއް ދައުލަތުން ދޭންޖެހޭނަމަ އެއީ އެ އެއްބަސްވުން ހެދުމުގެ މަގްޞަދުކަމަށް ބަލަންޖެހެއެވެ.
ހައިރާންވާ ކަހަލަ
14 February 2023
އަނެއްކާ އައުވާނުން ތަކަކަށް ބަހާލަން ރާވަނީ ދޯ. ކުޅަދާނަ އިނގޭ.