ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހްމަދު މަގުގައި ޕާކުކުރުން ހުއްޓުވުމަށް ފުލުހުން "ނޯ ޕާކިން" ޓޭޕް ދަމައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ފެބުރުއަރީ 2023 - 12:22
ސަރުކާރުގެ އޮފީސްތައް އެންމެ ގިނައިން ހުންނަ ވެލާނާ ބިލްޑިންގްގެ ކުރިމަތީގައި ގަވާއިދާ ހިލާފަށް ރަސްމީ ގަޑީގައި ޕާކް ކޮށްފައި ހުރި، ހުރިހާ ސައިކަލެއްގައި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ސްޓިކާ ޖެހުމުން، އެ ތަނުގައި ސައިކަލް ޕާކް ކުރުން ހުއްޓާލައިފި އެވެ.
ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހްމަދު މަގުން، އެ ބިލްޑިންގްގެ ކުރިމަތީގައި ވެހިކަލް ޕާކުކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެ ސަރަހައްދުގައި ސައިކަލް ޕާކް ކުރުމަކީ އާންމު ކަމެކެވެ. މިހާތަނަށް ފުލުހުން އެ ކަން ހުއްޓުވަން މާ ބޮޑު ސަމާލުކަމެއް ނުދިނަސް މިދިޔަ އާދިއްތަ ދުވަހުގެ ރަސްމީ ގަޑީގައި ފުލުހުން ނުކުމެ ވަނީ އެ ތަނުގައި ހުރި ހުރިހާ ސައިކަލެއްގައި "ބަރިބަރިއަށް" ސްޓިކާ ޖަހައިފަ އެވެ.
ފުލުހުންގެ އެ އަމަލާ ގުޅިގެން ވެލާނާގެ ބިލްޑިންގްގެ ކުރިމަތީގައި ސަރުކާރުގެ ރަސްމީ ގަޑީގައި ޕާކްކުރުން ވަނީ ހުއްޓިފަ އެވެ. ފުލުހުން މިހާރު ވަނީ އެތަނުގައި ޕާކްކުރުން މަނާ ކަމަށް އަންގައި "ނޯ ޕާކިން" ޓޭޕް ދަމައިފަ އެވެ. އެކަމަކު، ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައި އަދިވެސް އެ ތަނުގައި ޕާކް ކޮށްފައި ހުރެ އެވެ.
ވެލާނާގެ ވަށައިގެންވާ ސަރަހައްދުގައި ޕާކިން ޒޯނުތައް ހަދާފައި ހުރި ނަމަވެސް ރަސްމީ ގަޑީގައި ޖާގަ ލިބުން ވަރަށް ދަތިކަމުގެ ޝަކުވާ ވެސް އަބަދު ކުރެ އެވެ.
ވެލާނާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހައިފައި -- ފޮޓޯ: ރާއިފް ޔޫސުފް | ފޭސްބުކް
ޕާކްކުރުން މަނާ ތަންތަނުގައި ހުންނަ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަން މި ފެށީ އެކަން ނުކުރާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.
ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހްމަދު މަގުގައި ޕާކުކުރުން ހުއްޓުވުމަށް ފުލުހުން "ނޯ ޕާކިން" ޓޭޕް ދަމައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދު ބުނާގޮތުގައި، އުޅަނދެއްގައި ސްޓިކާ ޖަހާ ކޮންމެ ފަހަރު، އެ އުޅަނދުގެ ވެރިފަރާތް 250ރ. އިން ޖޫރިމަނާކުރާނެ އެވެ. ޓްރެފިކްގެ އެހެން ކުށްތަކުގައި ކޮންމެ ފަހަރަކު 750ރ. އިން ޖޫރިމަނާކުރާނެ އެވެ.
ސްޓީކާ ޖަހާ މައްސަލާގައި ފުލުހުންނަށް އާންމުން ފާޑުކިޔަމުން ދަނިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ހިނގައިބިނގާވެ އުޅޭ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް މާލޭގެ މަގުތައް ތަރުތީބު ކުރުމާއި ޓްރެފިކް ފްލޯ އަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިން ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުރިން ހުރަވީ ބިލްޑިން ހުރި ބިމުގައި ހަދާފައިވާ ޕާކިން ޒޯން: އޮފީސް ގަޑިޔަކުގައި އެތަން ވެސް ފުރި ޕާކިން ޖާގަ އޮންނަނީ ނުލިބިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރުު
"މި މަސައްކަތުގެ ތެރެއިން، އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނެ އެވެ. އަދި އެ ސަރަހައްދުތަކުގެ މަގުތައް ތަރުތީބުކުރުމަށް މަސައްކަތްތައް ފެށުމުގެ ކުރިން، އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ކަމާ ގުޅޭ މައުލޫމާތާއި މަގުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައި ދެވޭނެ އެވެ،" އެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ މާލޭގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގައިބިނގާވެ އުޅުމަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގާނެ ކަމަށެވެ. އަދި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެ ނޫން ވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން، ކަމާ ގުޅުން ހުރި އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހްމަދު މަގުގައި ޕާކުކުރުން ހުއްޓުވުމަށް ފުލުހުން "ނޯ ޕާކިން" ޓޭޕް ދަމައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެއްގަމު އުޅަނދުފަހަރު ގިނަވެ، މާލެއިން ޕާކްކުރާނެ ޖާގަ ނުލިބުމަކީ މިހާރު ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ.
ޓްރެފިކް ވަޔަލޭޝަން ހިމެނޭ ގޮތަށް، އެކި ޖޫރިމަނާތަކުގެ ގޮތުގައި މިދިޔަ މަހު އެކަނި ވެސް ދައުލަތަށް 10 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލްޒ
15 February 2023
ބައެއް ސަރަހައްދު ތަކުގަ ގަޑި ބަހައިގެން ޕާކު ކުރެވޭގޮތަށް ހެދިދާނެ. މިސާލަކަށް އޮފީސްތައް ހުންނަ ސަރަހައްދުތަކުގައި ރޭގަނޑުންފެށިގެން ހެނދުނާ ހަމައަށް ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރަން ހުއްދަދެވިދާނެ. އޭގެ ފަހުން ސްޓިކާ ޖަހަންވީ. ރޭގަނޑު ރަށުތެރޭގަ ހަމައެކަނި ސައިކަލު ޕާކުކުރެވޭ ގޮތައްވެސް ހެދިދާނެ. ޕްލޭން ކުރަން ނޭނގިގެން ތިއޮތީ އަތައް ގޮވާފަ. ދެން ޖެހޭނީ މެނޭޖް ކުރަން. ސްޓިކާ ޖަހާކަށް ނޫން. މީކީ އުޅަނދު ދުއްވާ މީހުންގެ ކުށެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
15 February 2023
މާފަންނު ބަސް ސްޓޝަނާއި ކާނިވާ ބަސް ސްޓޭންޑް ސަރަހައްދުގައި 1000 ހަކަށް ސައިކަލް ޕާކްކުރެވޭނެސަރަހައްދު ހެދުމަށްފަހު އެއަރޕޯޓްގައިމަސައްކަތްކުރާ MACL އާއި އިމިޤރޭޝަން، ކަސްޓަމްފަދަ ހުޅުލޭގައި ވަޒީފާއަދާކުރާފަރާތްތަކަށް "ހިލޭ" ދަތުރުކުރެވޭގޮތަށް ސަރުކާރާއި މިފަދަ އޮފީސްތަކުން ހަމަޖައްސާފައިވާ ފެރީގެހިދުމަތް ހުއްޓާލުމަށްފަހު އެފަދަ މުވައްޒިފުންނަށް މިދެންނެވި ދެތަނުން ބަހުގައިދެވޭގޮތަށްހަމަޖައްސައިފިނަމަ ބޮޑުތަކުރުފާނުމަގު ޕާކިންއަށް ހައްލު ހޯދޭނެ.
އޮނަރަބްލް އަފީފު ދީދީ
15 February 2023
ވަރަށް ރަނގަޅު. މިގޮތަށް ރާޅުގަނޑު ސަރަހައްދުންފެށިގެން އެމްއެމްއޭ އާއި ހަމައަށް ބޮޑުތަކުރުފާނުމަގުގައި ހެދުނު ހަޔަކުން ރޭގަނޑު 12 އާއިހަމައަށް އެއްވެސްކަހަލަ އުޅަނދެއް ޕާކުކުރުން މަނާކޮށް މިދެންނެވި ގަނޑިނޫން އެހެންގަނޑިތަކުގައި ޕާކްކުރާ އުޅަނދުތަކަށް އިތުރުފުރުސަތެއްނުދީ ޓޯކުރުން މުހިންމު. # މިފަދަ ގޮތަކަށް ޓްރެފިކް ޤަވާއިދު ތަންފީޒު ކުރަން ފުލުހުން ނިކުމެ އެކަންކޮށްގެން މެނުވީ ވެހިކަލުން ފުރިފައިއޮތް މާލޭގެ ޓްރެފިކް މައްސަލަ ހައްލު ނުކުރެވޭނެ.
ކާތިބު
15 February 2023
ކުރިން ހުރަވީ ބިލްޑިން ހުރި ބިމުގައި 5 ބުރީގެ ޕާކިންގ ބިލްޑިންގެއް އަޅާފަ ޕާކިންގ ފީއެއް ނަގަންވީ. ލާރި ދީގެން ޕާކު ނުކުރަންޏާ ބަހުގަ ދަތުރުކުރަންވީ. ވެލާނާ ބިލްޑިންގ ކައިރިޔަށް ދަތުރުކުރާ ބަސް އިތުރުކުރުމުން ވެސް މިކަމަށް ހައްލު އަންނާނެ.
ޕިކަޕު
14 February 2023
ކީއްވެތަ ޕިކަޕުތަކުގައި ސްޓިކާ ނުޖަހަންވީ ސައިކަލު ޒޯންގަ ޕާކު ކުރީމަވެސް.
ދުސްތޫރު
14 February 2023
ވަރަށް ރަނގަޅު. އޮބި އަޅުވައިގެން ނޫނީ މައިތިރިވާކަހަލަ ބަޔެއްނޫން މިތާ މިއުޅެނީ.
ރަދީފްއޮފިޝަލް
14 February 2023
ސާބަހޭ ދިވެހި ފުލުހުން.މިއީ އަހަރެން އަބަދު މިދައްކާވާކަ.ގާނޫނުތައް ރަނގަޅަށް ތަންފީޒްކޮށް ރައްޔަތުން ހަމަމަގަށް އަޅުވަން ޖެހޭ.ތިއީ އަހަރެން އެދޭ ފުލުހުންގެ ހިދްމަތް.ވ.ވެދުން
ހާސަރު
14 February 2023
މަގުތަކުގަ ހިގަންއޮންނަ ކުޑަކުޑަ ދުވާރުތަކަށް އަރުވާ ފާރުކައިރިންވެސް ހިގާނުލެވޭ ގޮތަށް މާލޭގެ އެތަންމިތާ ޕާރކްކޮށްފަ ހުރިހާ ކާރުތައް ޓޯޔާޑަށް ގެންގޮސްބަލަ .
އަލީ!
14 February 2023
ޤާނޫނާ ހިލާފަށް އުޅޭ ބިދޭސީން މަގުތަކަށް ނުކިކޮތަޅުނެރެބަހައްޓާއިރު އެކަމެއް ނުހުއްޓުވޭ.
ރެޓޭ
14 February 2023
މިރާއްޖޭގަ ހުރި އެއްމެމޮޅު ރޯނުއެދުރު އަސްލަންޓޭ ރައީސް އޮފީސް ކުރިމަތީ ހެދި ޕާކިންޒޯނުގަ މިހާރު ޕާކުކުރެވެނީ ކުރިން އެތަނުގަ ޕާކު ކުރި ވަރުގެ %20 ހަމައެކަނި! ބޯހަލާކު!