ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ހިޔާލު ތަފާތު ވިޔަސް، މިއީ އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީ އެއްކޮށް ނުކުންނަންވީ ވަގުތު: ރައީސް

މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ހިޔާލު ތަފާތު ވިޔަސް، އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީ އެއްވާން ޖެހޭ ކަމަށް ވިދާޅުވި --- މިހާރު ފޮޓޯ/ނިޝާން އަލީ

ހިޔާލު ތަފާތުވުން ހުއްޓަސް، އެމްޑީޕީ އެކުގައި ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެކަމަށް ދައުވަތު ދެއްވައިފި އެވެ.

ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވި ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް އަރުވަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ހާމަވެގެން ދިޔައީ އެމްޑީޕީއަކީ ތަފާތު ހިޔާލުތަކަށް ޖާގަ އޮތް ޕާޓީއެއް ކަން ކަމަށެވެ. އަދި ޕްރައިމަރީއަށްފަހު ދެން އޮތީ ހިޔާލު ތަފާތު ވިޔަސް، އެންމެން އެކުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ ހިޔާލު ތަފާތުން އެކަހެރިކޮށް ނުވަތަ ހިޔާލު ތަފާތުވުންތައް ހުއްޓަސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެއްވާންވީ ވަގުތު." ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ: އެމްޑީޕީގެ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި އިންތިހާބު ކާމިޔާބުކުރަން ނުކުތުމަށް ގޮވާލެއްވި. --- މިހާރު ފޮޓޯ/ނިޝާން އަލީ

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހަމައެކަނި ބޭނުމަކީ އެމްޑީޕީއަށް ވެރިކަން ހޯދައި ދިނުމެވެ. ސަބަބަކީ ތަފާތު ކުރުމެއް ނެތި އަދި ރައްޔިތުން ބޭނުންވާ ގޮތަށް އިންސާފުން ވެރިކަން ކުރެވޭނީ އަދި ހުއްޓުމެއް ނެތި ތަރައްގީ ގެނެވޭތީ އެމްޑީޕީއަށް ކަމަށްވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމަށްޓަކައި ދެން އެމްޑީޕީން ކުރަންވީ އެންމެ ކަމެއް. އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން. މުޅި އެމްޑީޕީ އާއި މި ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުންނަށް އަޅުގަނޑު މިރޭ މި ދައުވަތު އަރުވަން." ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

މިހާރު ފެންނަމުންދާ ތަރައްގީ ލިބުނީ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުން އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިމަތިވި ކޮންމެ ގޮންޖެހުމަކުން އަރައިގަނެވުނީ ވެސް އެންމެންގެ އެހީތެރިކަމާ އެކު ކަމަށް ވިދާޅުވި އެވެ.

"އެކަމެއް އަޅުގަނޑު ހަނދާނެއް ނުނެތޭނެ. އެކަމަށްޓަކައި އަޅުގަނޑު އެ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެން އޮތީ އިގްތިސާދު ކުރިއަރައި، އެތައް ވަޒީފާގެ ފުރުސަތުތަކާއި ރައްޔިތުންނަށް ތަނަވަސްކަން ލިބޭނެ ދުވަސްތަކެކެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން އަޑުއެހުމަކީ އެމްޑީޕީގެ އަބަދުވެސް ސިޔާސަތެއް ކަމަށް ވިދާޅުވެ، މިފަހަރު ވެސް ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.

"އިންތިޚާބުގެ ކެމްޕެއިނަށް އަޅުގަނޑު ނިކުންނާނީ ތި ބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް ބިނާކޮށް ތައްޔާރުކުރާ މެނިފެސްޓޯ ހިފައިގެން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަހުގެ ތާރީޚުގައި ހިނގަމުން އަންނަ އެންމެ ބޮޑެތި މަޝްރޫއުތައް ދަނީ ކުރިއަށް ކަމަށެވެ. އަދި ރާއްޖެއަށް ތަރައްގީ ގެންނަމުން ދަނީ މާލެ އާއި އަތޮޅު ތެރެއާ އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށާއި އޭގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

29 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސާމުނ

19 February 2023

އމޑޕ ގަ ކިޔަވައިގެން ތިބި ގާބިލު މީހުން ނެތީތަ؟

The name is already taken The name is available. Register?

ހިޔަޅު

19 February 2023

މިއޮއް ހުރިހާދުވަހު ޓިކެޓު ނާރުވާ ލަސްކުރީ އަންނީ ފެކުސަނުގެ ކަމަކައްވާނީ

The name is already taken The name is available. Register?

ވަހީދުބޭބެ

19 February 2023

ތިމާއަށް ވޯޓު ނުދޭނެހެން ހީވި އެންމެން ޕާޓީން ވަކިކޮށް ވޯޓުދޭނެ އެތައް ބަޔަކު ޕާޓީއަށް ވައްދައިގެން ޕްރައިމަރީ ބޭއްވިހަނދާން ނެތުނީތަ؟

The name is already taken The name is available. Register?

އައްޑޫ124

19 February 2023

އެމްޑިޕިޔަ ވޯޓް ދޭނީ ގަމާރުން

The name is already taken The name is available. Register?

ފަލަސްތީން

18 February 2023

އެމްޑިޕީ ހެދިމީހުން މިހާރަކުނެއް. ވަކި އާއިލާއެއް އެމްޑީޕީ ހިސޯރު ކޮއްލީ.

The name is already taken The name is available. Register?

ެހެހހިެހެިހިފހރިފ

18 February 2023

އަސްލުވެސް ތެދެއް! އަކުގައި ނުކުންނަންވީ ހަމަ!!!

The name is already taken The name is available. Register?

ތައުޔާރު

18 February 2023

އިބޫއާއި އަންނިނޫން އެމްޑީޕީގެ ކޮންމެ ކެނޑިޑޭޓާކަށްވެސް ވޯޓްދޭން ތައްާރު

The name is already taken The name is available. Register?

ބޮޑުވަރު

18 February 2023

ރާއްޖެއަށް ތަރައްގީ ގެންނަމުން ދަނީ މާލެ އާއި އަތޮޅު ތެރެއާ އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށާއި އޭގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ ކަޑައެޅިގެން ދޮގު. މުޅި މާލެ ސަރަހައްދު ހިއްކަނީ އާބާދީގެ 3/4 ގެންނަންވެގެން

The name is already taken The name is available. Register?

ފާނަ

18 February 2023

ވެރިން ވިދާޅުވާނީ ރައްޔިތުންގެ ޖަޙާނީ އަތްތިލަ ބަޑި އެ ވަރި ހަމަ އމއ ވިދާޅުވިއަސް މީރާއްޖެ އޭ ދިވެހިންގެ އާދައޭ

The name is already taken The name is available. Register?

މަ ބުނީ

18 February 2023

އަޅުގނޑަކީ އެމް ޑީ ޕީ މެމްބަރެއް އެހެންވީމާ އެމްޑީޕީ ފުޑާލި ކޯލިޝަން ކެނޑިޑޭޓަށް ވޯޓު ދެވޭކަށްނެތް! ވަރަށްސަލާމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454