ކުޅިވަރު / ޗެމްޕިއަންސް ލީގު

ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް

ވިނީޝިއަސް ޖޫނިއާ ރެއާލަށް ގޯލެއް ޖެހުމަށް ފަހު، ރެއާލުން މެޗުގެ ނަތީޖާ އަނބުރާލުމުގައި އޭނާގެ ދައުރު ބޮޑު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (ފެބްރުއަރީ 22) - ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި 5-2 އިން ރެއާލް މެޑްރިޑް މެޗު ކާމިޔާބު ކޮށްފި އެވެ.

ލިވަޕޫލާއި ރެއާލް މެޑްރިޑަކީ މިދިޔަ އަހަރުގެ ފައިނަލް ގައި ވެސް ވާދަކުރި ދެ ޓީމެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓުގައި ލިވަޕޫލުން ލީޑު ނެގީ މުހައްމަދު ސަލާހުގެ ހުރަހެއް ބެކްހީލުން ޖަހައި ޑާވިން ނޫނޭޒް ކާމިޔާބު ކުރި ގޯލުންނެވެ. އޭގެ 10 މިނިޓު ފަހުން ކީޕަރު ތިބައު ކޯޓުއާ އަތުން ދޫވި ބޯޅައަކުން ލީޑް ފުޅާ ކޮށްދިނީ ސަލާހެވެ.

ލިވަޕޫލުން ފޯރީގައި މެޗް ފެށި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލުން ވަނީ ވިނީޝިއަސް ޖޫނިއާގެ ދެ ގޯލުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ފުރަތަމަ ލަނޑު 21 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިންއިރު އެއްވަރު ކުރީ 36 ވަނަ މިނިޓުގައި އެލިސަން ބެކާ ކުރިއަށް ޖެހި ބޯޅަ ވިނީޝިއަސް ފައިގައި ޖެހިފައި ގޯލަށް އޮއްސުނު ބޯޅައިންނެވެ.

ދެވަނަ ހާފުގައި ވެސް ޗެމްޕިއަން ރެއާލުން ހުއްޓައެއް ނުލި އެވެ. އެގޮތުން ދެވަނަ މިނިޓުގައި އޭރިއާ ރޮނގާ ކައިރިން އަރިމަތިން ވިނީޝިއަސް ވައްޓާލުމުން ދިން ހިލޭޖެހުން ފޮނުވާލީ ލޫކާ މޮޑްރިކެވެ. ރެއާލުން ފުރަތަމަ ލީޑު ނެގީ މޮޑްރިކް ހުރަސްކޮށްލި ބޯޅަ އެޑާ މިލިޓާއޯ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ އަށް މިނިޓު ފަހުން ބެންޒެމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޖޯ ގޯމޭޒް ފައިގައި ޖެހުމުން ކީޕަރަށް އޮޅުނީމަ އެވެ. ބެންޒެމާގެ ދެވަނަ ލަނޑު ޖެހީ 67 ވަނަ މިނިޓުގަ އެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލާ ދެކޮޅަށް އެންމެ ފަހުން ލިވަޕޫލް ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުހޯދެ އެވެ. ރެއާލް ވަނީ އޭގެ ތެރެއިން ހަތް މެޗު ކާމިޔާބު ކޮށްފަ އެވެ.

ރޭގެ ނަތީޖާއާ އެކު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން ލިވަޕޫލުން ކުރަން ޖެހޭ މަސައްކަތް މިވަނީ އިތުރު ވެފަ އެވެ. މުބާރާތުގައި އޮންނަން ބޭނުން ނަމަ ދެވަނަ ލެގުގައި އެޓީމުން ހަތަރު ގޯލުގެ ތަފާތަކުން ރެއާލްގެ ދަނޑުގައި ރެއާލް ބަލިކުރަން ޖެހެ އެވެ.

އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕުން ވެސް ކަޓާފައިވާ ލިވަޕޫލް ލީގުގައި މިވަގުތު އޮތީ ލީގުގެ އަށްވަނައިގަ އެވެ. ލީގުގައި ދަށް ނަތީޖާތަކެއް ލިބެމުން ދިޔަ ނަމަވެސް އެޓީމުން ވަނީ މި ފަހުން ނަތީޖާތައް ރަނގަޅުކޮށް އަލުން ގަދަ ހަތަރަކަށް އެރޭނެ ކަމުގެ އުންމީދު ހޯދައިފަ އެވެ. ސްޕެއިން ލީގުގެ ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއާ އަށް ޕޮއިންޓް ފަހަތުގަ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ދެވަނަ މެޗުގައި، ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓާ ވާދަކޮށް 2-0 އިން ކާމިޔާބު ކުރީ އިޓަލީ ލީގުގައި ރަސްކަން ކުރަމުން އަންނަ ނަޕޯލީ އެވެ.

ލީޑު ނަގަން ނަޕޯލީ އަށް ލިބުނު ޕެނަލްޓީ ފްރޭންކްފާޓްގެ ކީޕަރު ކެވިން ޓްރަޕް ދިފާއު ކުރި ނަމަވެސް ވިކްޓާ އޮސީމެން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގައިދީފަ އެވެ. އޮސީމެން އަކީ އިޓަލީ ލީގުގެ ވެސް ލަނޑު ލިސްޓު ލީޑު ކުރާ ކުޅުންތެރިޔާ އެވެ.

ދެވަނަ ހާފުގައި ފްރޭންކްފާޓްގެ ސްޓްރައިކަރު ރަންޑަލް ކޯލޯ މުއާނީ އަށް ރަތް ކާޑެއް ދައްކާފައި ވަނިކޮށް ނަޕޯލީގެ ދެވަނަ ލަނޑު ޖަހައިދިނީ ޖިއޮވާނީ ޑި ލޮރެންޒޯ އެވެ.

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގވތތ

22 February 2023

ލިވަރޕޫލަށް ޕެނެލްޓީ އެއް ނުލިބި ދިޔަ( ނޫނެޒް ކޮއްޕާލިތަން) އަދި ރ.މ އިން އޮފްސައިޑް ކަމަށް ބެލެވޭ ގޯލަކުން މެޗުގެ ލީޑްނެގި...ރ.މ އަށް ޗެމްޕިއަންސް ލީގުގަ ވަރަށް ފޭވާ ކުރޭ އަސްލު..މިހެން ބުނީމާ މަ ކާލާނީއެއް ނޫން/

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

22 February 2023

ތިޔާ ބުނީ ވަރަށް ބޮޑު ތެދެއް.މަގޭ އެކުވެރި @ލިވާބުރޯގެ ހިތާމައިގަ ބައިވެރިވަން.13 ކުޅުންތެރިން ނިކުމެ 11 އާއި ކުޅެން އުޅެފިނަމަ އަބަދުވެސް 13 މޮޅުވޭ.

The name is already taken The name is available. Register?

ޖސދިޒުއެނދހިވގ6ތގޔ6ުހ

22 February 2023

ތިބުނާ އިންސިޑެންޓްގަ އެ ފައުލަކަށް ވާނެ ހަމައެކަނި ހާލަތަކީ ވެއްޓުނު ޕްލޭޔާރ އަކީ ރިއަލްމެޑްރިޑު ކުޅުންތެރިޔަކަށް ވުން. ޕެނެލްޓީ ޗެކް ނުކުރީ ކީއްވެކަން އިނގޭނު. މިކަންކަމަށް ތާރީހުން ހެކިދޭ

The name is already taken The name is available. Register?

ލިވާބުރޯ

22 February 2023

ތިބުނީ ތެދު ވާހަކަ އެއް ރިއާލް ކައިރިއަކު ނުވާނެ ޔޫސީއެލް ރެފްރީ ހުއްޓަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454