އެސްޓީއޯގެ ކާޑު ގުދަނުން ކާޑު ނެރެނީ: ސަބްސިޑީގެ ބޮޑު ބައެއް ކާޑުގެ އަގު ކޮންޓްރޯލްކުރުމަށް ހޭދަކުރޭ. -- ފައިލް ފޮޓޯ/މިހާރު
22 ފެބުރުއަރީ 2023 - 14:35
ސަބްސިޑީއަށް ދޮޅު މަސް ތެރޭ ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި އާސަންދައަށް މިހާތަނަށް 390 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ އާސަންދައަށް ކަނޑައެޅި އަދަދުގެ 30 ޕަސެންޓެވެ. އަދި އެހެނިހެން ސަބްސިޑީތަކުގެ ގޮތުގައި 720 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފިއުލް ސަބްސިޑީ އާއި ނަރުދަމާގެ ހިދުމަތާއި ދަތުރުފަތުރާއި ކެނިމެނޭޖްކުރުމާއި މަސްވެރިންނަށް ދޭ ސަބްސިޑީ ވެސް ހިމެނެ އެވެ.
މިއަހަރުގެ ބަޖެޓުގައި ދައުލަތުން ސަބްސިޑީއަށް ވަނީ 6.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން މިހާތަނަށް ވަނީ 20 ޕަސެންޓު ހޭދަކޮށްފަ އެވެ. މި ރޭޓުގައި ކޮންމެ މަހަކު ސަބްސިޑީއަށް ހޭދަކުރާ ނަމަ، މިހާރު ކަނޑައަޅާފައިވާ ސަބްސިޑީ ބަޖެޓު ހަ މަސް ތެރޭ ހުސްވުމުގެ ފުރުސަތު އެބަ އޮތެވެ.
މިދިޔަ އަހަރު ވެސް ވަނީ ބަޖެޓުގައި ކަނޑައަޅާފައި އޮތް މިންވަރަށް ވުރެ އިތުރަށް ސަބްސިޑީ ހަރަދު އިތުރުވެފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ތެލަށް ކުރި ހޭދަ ބޮޑުވުމެވެ. މިދިޔަ އަހަރު 8.4 ބިލިއަން ސަބްސިޑީއަށް ހޭދަކުރި އިރު އޭގެ ތެރެއިން ތެލުގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިއަހަރު ތެލުގެ ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 588 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ، ހަރަދު އިތުރާ މިންވަރު ހަލުއިވުމަކީ ބަޖެޓު ތަންފީޒުކުރުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮން ޖެހުމެވެ. ހަރަދުތައް ބޮޑުވާ އެންމެ ބޮޑު އެއް ސަބަބަކީ ސަބްސިޑީގެ ގޮތުގައި އެކި ކަންކަމަށް ކުރަން ޖެހޭ ހަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވުމެވެ. ސަބްސިޑީއަށް ކުރާ ހޭދަ ކުރުމަށް މާލީ އިދާރާތައް ކަމުގައިވާ ވޯލްޑް ބޭންކާއި އައިއެމްއެފް އިން ވަނީ ސަރުކާރަށް ލަފާދީފަ އެވެ.
ސަބްސިޑީތައް މުރާޖާކޮށް މިހާރަށް ވުރެ އެ ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައި އޮތް ނަމަވެސް މިހާތަނަށް އެކަމުގެ މަސައްކަތްތަކެއް ކުރެވިފަ އެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
23 February 2023
މިފެންނަނީ ހެޔޮވެރިކަމުގެ ނަތީޖާއެވެ. ހުރިހާ ކަމެއް ކޮށްދޭންޖެހެނީ ދައުލަތުންނެވެ. ރައްޔިތުން ގައުމަށްޓަކައި ކޮށްދޭންޖެހޭކަމެއް މަދުވަނީއެވެ. ކުރީގައި ދައުލަތުން އެއްޗެއް ނުދޭއިރު ރަށްރަށުގެ އާންމުހުރިހާތަނެއް ކުނިކަހާ ސާފުކުރަނީ ރައްޔިތުން ހިލޭ ސާބަހަށެވެ. އޮފީހާއި ސްކޫލެއް އެކަނި ހުންނައިރު އެތަންތަންވެސް ތަކެތި ދިނީމާ ހުރިހާ މަސައްކަތެއް ކުރީ ރައްޔިތުންނެވެ. ލިބޭނެ އާކޮޅުތަކެއް ނުހޯދުނަސް ބެހުންވަނީ ގިނައެވެ. މިކަންނުކުރެވޭނީ ކާކަށްބާވައެވެ.
އޮނަރަބްލް އަފީފު ދީދީ
22 February 2023
މިކަމުގައި ސައުތުކޮރެއާ، ޤަތަރު، ސިންގަޕޯރ ފަދަޤައުމުތަކުގައި ކަންކުރާގޮތް އަހަރުމެން ނަކަލުކުރާއިރު އެޤައުމުތަކުގެ ދައުލަތްތައް އެހިސާބަށްއައުމަށް ކުރިމަސައްކަތާއި ވެފައިވާޤުރުބާނީއާއި، ދައުލަތްހިންގުމަށް ޙަވާލުވިސަރުކާރުތަކުގެ ވެރިންގެކިބައިގައިހުރިފަދަ "ތެދުވެރިކަމާއި އިޙްލާސްތެރިކަން" އަހަރުމެން ނަކަލުނުކުރީ ކީއްވެ؟ މިޤައުމުގެވަސީލަތްބޭނުންކޮށް ވަކިވަކިފަރުދުން ބިލިޔަނަރުންނަށްވީއިރު ދިވެހިދައުލަތްވަނީ ބަޤުރޫޓްވުމުގެ މަގުމަތީގައި.
ކޮރަލް
22 February 2023
ސަބްސިޑީއަށް ދޮޅު މަސް ތެރޭ ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ. ސަބްސިޑި އަކީ ނިކަމެތީން ނަށް ދޭން ޖެހޭ އެއްޗެކެވެ. އެކަމު މައްސލަ އަކީ ހައްގު ނޫން ގިނަ ބަޔަކަށް ސަބްސިޑީ ދޭތީ އެވެ. އަދި ސިބްސިޑީ އަށް ހިދުމަތުން ވައްކަން ކުރާ ތީ އެވެ. ވައްކަން ކުރިއަސް އެބަޔަކަށް އަދަދބު ނުދޭތީ އެވެ.
މައިހާބބބބ
22 February 2023
ކޮން ސަބްސިޑީއެއްތޯ މި ދެނީ އަސާގަނޑު ދޫކޮށްލާ ހިތްދެމިލެވޭނެ ގާބިލްވާން ޖެހޭ
ބޮޑުމީހާ
22 February 2023
ސަބްސިޑީ މިކުރަނީ ރައްޔިތަކަށް ހެޔޮއެދޭތީ ނޫން. ރައްޔިތުން އަޅުވެތިކުރަން ކުރާކަމެއް ތީ. ރާއްޖެއިން ބޭރުގަ ދިރިއުޅޭ މީހުންނަށް އާސަންދަ ދޭންޖެހޭ ސަަބަބެއް އުޅެއުޅެ ނުވިސްނޭ، މީގެ އިތުރުން އާސަންދައިން 390 މިލިއަން ޚަރަދުކުރާއިރު ރާއްޖޭގައި ހިދުމަތްތައް ގާއިމުކުރަން ޚަރަދުކުރަނީ ކިހާވަރެއްބާ؟ އަދި ކާޑުގެ ސަބްސިޑީ ހައްދެއްނެތި އެންމެނަށް އެއް މިންގަޑަކުން ލިބުމަކީވެސް ހަމަޖެހޭކަމެއް ނޫން.
އެމްސް
22 February 2023
ނުވިތާކަށް މިޤައުމުގަ ދިރިއުޅޭ ބައިމިލިޔަނެއްހާ ބިދޭސީން މައްޗަށްވެސް ތިޔަ ސަބްސިޑީޒް އެބަ އޮވޭ!
ޣަނީއަ
22 February 2023
މަސްވެރިންނަށް މިހާރުދޭ ސަބުސިޓީއެއް ބިނެބަލަދީބަލަ
އޮނަރަބްލް އަފީފު ދީދީ
22 February 2023
ޤައުމު ބަޤުރޫޓްވުމުގެކުރިން ސަބްސިޑައިޒް ނިޒާމް (ޙާއްސަކޮށް އާސަންދަ) ރީސްޓްރަކްޗަރ ކުރަންޖެހޭ. # މިގޮތުން ހުރިހާ ވިޔަފާރިތައްހިމެނޭގޮތަށް (ޙާއްސަކޮށް ރިސޯޓް) އަހަރަކު 1 މިލިޔަން ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކުން އެފަރާތްތަކުގެ މުވައްޒިފުން އަހަރަކަށް 50 ޑޮލަރު ކަވަރުކުރާ މެޑިކަލް އިންޝްއަރަންސް ސްކީމެއްގައިބައިވެރިކުރަން ލާޒިމްކޮށް އެފަދަމުވައްޒިފުނަށް އާސަންދަ ބޭނުންކުރެވޭނީ އިންޝްއަރެންސް ފައިސާ ހަމަވުމުންކަމަށް ޤާނޫނުގައި ކަޑައަޅާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
22 February 2023
ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނިން އެތެރެކުރާހާ ކާޑާއި ތެލަށް ދައުލަތުން ސަބްސިޑައިޒް ކުރުމަކީ ވަރަށްބޮޑު ގޯހެއް. # ދައުލަތުން ސަބްސިޑައިޒް ކުރާންވާނީ "ދައުލަތުގެ އެހީތެރިކަން ލިބިގެން ނޫންގޮތަކަށް ދިރިއުޅުމުގެ ކަންކަން ހަމަޖެހެންނެތް" ނިކަމެތިންނަށާއި އެފަދަ އާއިލާތަކަށް އެކަނި. # ފަތުރުވެރިންނާއި ބިދޭސިން ހިމެނޭގޮތަށް ޤައުމުގައި އުޅޭ އެންމެނަށް ދައުލަތުގެ ޙަޒާނާއިން މިގޮތަށް ޙަރަދުކޮށްގެން ނުވާނެ. ވީހާ އަވަހަކަށް މިކަން ހުއްޓާލަންޖެހޭ.
އެކަލޯ
22 February 2023
ސަބްސިޑީ ނުކިޔަސް، ރައްޔިތުންގެ ފައިސާއިން "ހިލޭ ޑިގްރީ" އޭ ކިޔާފައި ބުރުއްސާ މިލިއަންތައް! ދުނިޔޭގެ ގިނަ ގައުމު ތަކުގައި ޓަރޝަރީ ތަޢުލީމަށް ދޭނީ ލޯނު. މި ކިޔެވުމަށް ފަހު ވަޒީފާ ގަނޑެއް ވެސް ލިބެނީކީނޫން! މުޅިން ގެއްލުމުގައި، ތިމާ މެނަށް ވޯޓްތަކެއް ލިބޭނޭ ހިތާ ހިންގާ ދަތުރު ފަތުރުގެ ނިޒާމަށް ވެސް 700،000،000.00ރ ސަބުސިޑީއަށް ބަޖެޓްގައި ވޭ! މީގެ ތެރޭގައި މާލޭގައި ދުއްވާ، ގިނަ ފަހަރު ހުސްކޮށް ދުއްވާ، ވިހަ ދުން އަރުވާ، މާލެކަހަލަ ތާކަށް ނުގުޅޭ ބޮޑެތިބަސްތައް ވެސް ހިމެނޭ! ދެން އެ އުޅެނީ ރައްޔިތުން ބިލިއަނުން ދަރުވާފައި މާކެޓް އަގަށް ވުރެ އެތައް ތަނެއް އަގުބޮޑުކޮށް ކަޓްލިބޭ ގޮތަށް ބިން ހިއްކަން! އަދި ކޮބާ 10،023،000،000.00 (ދިހަ ވިލިއަން ތޭވީސް މިލިއަން) ރ އިން ރައްޔިތުން ދަރުވާލާފައި ކަނޑު މެދަށް މާލޭގެ ހުޅަނގު ފަރާތުގައި އަޅާ ބްރިޖް! ހެއްވާކަމަކީ،
އެމްސް
22 February 2023
މިޤައުމުގަ %90 ވަޒީފާތަކުގަ ތިބީ ބިދޭސީން! އޭގެ އިތުރުން އެތަކެއް ވަގުވިޔަފާރިއެއްވެސް ބިދޭސީން ހިންގާ! ދިވެހިން ބޯހިޔާވަހިކަމަށާއި ވަޒީފާއަށް އެހާބޮޑަށް ޖެހިފަވަނީ މިޤައުުމުގަ ދިރިއުޅޭ ބައިމިލިޔަނެއްހާ ބިދޭސީންނާއި ހުރެ!
ޔޫސޭ ދޮންބެ
22 February 2023
ގައުމު ދަރުވާލުން ދައުލަތް ލޫޓުވުން . ސޯލިހް ނޫން ގޮތެއް
ލަންޑަން
22 February 2023
ސޯލިހު ނޫނަސް ދެން ކޮންމެ މީހަކު އަޔަސް، އެކަންކަމަށް ޑިމާންޑުކުރަންޏާ ހަމަ ޓެކުސް ބޮޑުކޮށްފަ އެއީ ކުރާނެ ކަމަކީ. އެ ހެޔޮ ނަސީރު ވެރިކަމަށް ގެނަޔަސް