22 ފެބުރުއަރީ 2023 - 13:24
އީފާސް އެޕް މެދުވެރިކޮށް ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންކުރާ އީފާސްގެ ޓުވީޓެއްގައި ބުނީ އެންޑްރޮއިޑް ޑިވައިސްތައް ގެންގުޅޭ 500 މީހަކަށް އެ ފުރުސަތު ދޭން އެންސީއައިޓީން ނިންމާފައިވާ ކަމަށެވެ. އެ ފުރުސަތު ދޭނީ އެންމެ ފުރަތަމަ އެކަމަށް އެދޭ މީހުންގެ ތަރުތީބުން ކަމަށް ޓުވީޓްގައި ބުންޏެވެ.
އެންސީއައިޓީން އެ ފުރުސަތު ހުޅުވާލީ އެއްފަހަރާ ގިނަ ބަޔަކު މި ހިދުމަތް ބޭނުންކުރަން ފެށުމުން އަންނާނެ ބަދަލުތައް ދެނެގަނެ، ރަނގަޅުކުރަން ޖެހޭ ކަންތައްތައް ބެލުމަށެވެ. މިހާރު ވެސް 180 މީހަކަށް ޑިޖިޓަލް އައިޑީ ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި ހުޅުމާލޭގައި ބޭއްވި ފެއާއެއްގައި ވެސް ޑިޖިޓަލް އައިޑީކާޑު ތަޖުރިބާކޮށްމުގެ ފުރުސަތު އާންމުންނަށް ދިނެވެ.
ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށައިފި https://t.co/Uzekp1q7D5
— Mihaaru (@Mihaarunews) December 1, 2022
އެ ހިދުމަތް ތައާރަފުކުރުމުން ކޮންމެހެން އަތުގައި ފިޒިކަލް އައިޑީކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށިޔަސް، ބޭނުންނަމަ ކާޑު ޕްރިންޓް ވެސް ކުރެވޭ ގޮތަށް ހަދަން ސަރުކާރުން އޮތީ ޕްލޭންކޮށްފަ އެވެ.
ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން އެ މީހެއްގެ މުހިންމު އެހެން މައުލޫމާތުތައް ވެސް އީފާސްގެ ތެރެއިން ފެންނަ ގޮތަށް ހެދުމަށް ޓެކްނޮލޮޖީ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މުހިންމު ބައެއް ސެޓްފިކެޓްތައް ވެސް ހިމެނެ އެވެ.
މި މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ފިޒިކަލް ލައިސަންސް ކާޑު ހެދުން ހުއްޓާލައި، ޑިޖިޓަލް ކާޑު ތައާރަފުކޮށްފަ އެވެ. އީފާސް އަދި ޕޮލިސް އެޕް މެދުވެރިކޮށް ޑިޖިޓަލް ލައިސަންސް ކާޑު ބަލައިލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
20000
23 February 2023
ދިވެހި ގައުމީ ބޭންކުގައި އުމުރު ދުވަހަށް ރައްކާކުރި ފައިސާ ފެންފޮދެއް ބޯލާހާ ފަސޭހައި ކަހާލާ ގައުމެއްގައި ތިޔަފަދަ ކަމެއް ކޮށްގެން މުޅި ރައްޔިތުންގެ މައުލޫމާތު އުޖަޑު ބުޖަޑު ވާނީ. އައިސަ ވާނީ މުހަންމަދަށް ފާތިމަ ވާނީ ދަލޭކައަށް. ދެން ވާނެ ގޮތަކީ ބޭންކު އޮފް މޯލްޑިވްސް އަށް ދާއިރަށް ފާތިމަ އެކައުންޓްގައި ހުްނނަ ލާރިކޮޅު ފާތުމަށް ދީ ހުސް ކޮށްލާނީ
ނުރަބޯ
23 February 2023
ވަރަށް ރަގަޅު ކޮމެންޓެއް.
ސަލީމު އިދުރީސް
23 February 2023
މިހާރު މިއޮތްގޮތައް ކާޑުގެ ބޭނުން ކުރެވޭހާ ދުވަހު ތިހިދުމަތް ނުހޯދާނައް
ފަލަސްތީން
22 February 2023
ސުވާލަކީ އިންޑިޔާ އިސްނެގީ ކީއްކުރަންތަ؟ މީގޯހެެއް.
ޢެމެރިކާ
22 February 2023
އިންޑިޔާ އަޑީގަ އޮވެ ހަދާ އައިޑިކާޑު ހެދުމަކީ ވަރައް ބޮޑު ގޯހެއް.
މަޖީދު
22 February 2023
ޑިޖިޓަލް ހިދުމަތުގެ ޒަރީއާއިން ކުރާކަމަކީ މީހުންނަށް ލަނޑުދިނުން. ތިޔައީ ކަމުދާ ހިދުމަތެއްނޫން
މުރާލި
22 February 2023
ތިޔަ އީފާސް އަކަށް ރަޖިސްޓްރީ ނުވެގެން މިއުޅެނީ. ކޮންމެ ފަހަރަކު ބުނާނެ ޕާސްވޯރޑް ކަމަކު ނުދެޔޭ. ދެން ޕާސްވޯރޑް ރިސެޓްކުރަން ބުނީމަ ބުނާނެ ތިޔަ ނަންބަރަކަށް އެސްއެމްއެސް ނުފޮނުވެޔޭ. ދެން މިވަރުވީމަ އިތުބާރުކުރެވޭތަ؟؟
ޓްރިކް
22 February 2023
ދިވެހި ބޭންކްގައި ހުންނަ ފައިސާކޮޅު ދަމައިގަންނާނެ މަޢުލޫމާތުވެސް ވަގުންނަށް، "ލިބޭގޮތަކަށް" ލިބޭ ގައުމެއްގައި، ބާރުގައި ތިބޭ މީހުންނަށް ތިޔަ ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ބޭނުން އަދަދަކަށް ނުސިޔާނު ވޯޓް ހޯދިދާނެއެވެ! އޭގެ އެއްގޮތަކީ، އަލީ މޫސާ، އެކްސް ރަށު، ވައި ގެ، ފޮޓޯ އިންގޮތަށް ޑިޖިޓަލް އައިޑީ ގައި ބައިންދާފައި، ނަމާ އެޑްރެސް އަދި އައިޑީ ނަންބަރު، ކޮންޓްރޯލުކުރާ ކޮމްޕިޔުޓަރތައް ކައިރީގައި ތިބޭ މީހުން ބަދަލު ކޮށްކޮށްފައި ފޯނަށް ފޮނުވަ ފޮނުވާ ތިބެންވީއެވެ! މީގެ ކިތަށް ސަތޭކަ ވޯޓް އައްޑޫ، ލާމު، ގއ، ގދ، ތ، މާލެ، ބ، ރ، ށ، ހދ އަދި ހއ ގެ އަވަހަށް ދެވޭނެ ރަށް ރަށާއި ގުޅިފައި ހުންނަ ރަށްރަށުގައި ހުންނަ ވޯޓްފޮށިތަކަށް މީގެ ވޯޓް ބޭނުންވަރަކަށް ލާންވީއެވެ. ޕްރިންޓްކޮށްފައިވާ ވޯޓަރސް ލިސްޓުތަކަށް ފޭކް ވޯޓަރސް ކުރިން ލާފައި ހުއްޓަސް ޑިޓެކްޓްއެއް ނުކުރެވޭއެވެ.
މާކުންބޭ
22 February 2023
އިލެކްޓްރޯނިކް އައިޑީ ގެ ވާހަކަ އަންނަންް ޖެހުނީ ރިޔާސީ އިންތިހާބު 2023 އަށް އަމާޒްކުރެވިގެން، ވޯޓް ވައްކަން ކުރަން. މިފަހަރު ގޯސްޓް ދިވެހިން އަދި އިންޑިއަން އެކްސްޕެޓްން ވެސް ވޯޓް އަޅާނެ.
އެމެޗަރ އައިސީޓީ
22 February 2023
ތިޔަ ދޮންކުރަނީ، އަންނަ ރިޔާސީ އިންތިޚާބަށް ސައްޙަ ނޫން އެތައްހާސް ވޯޓްއަޅަންކަން، އައިސީޓީގެ ކިރިޔާ ވެސް ނޮލެޖެއް ހުރި މީހަކަށް ވެއްޖިއްޔާ އެނގޭނެ! ރިޔާސީ އިންތިޚާބުގައި، އިލެކްޓްރޮނިކް ވޯޓިންގ އާއިއެކު ޑިޖިޓަލް އައިޑީ ވެސް ބޭނުންކުރެވޭނެ ކަމަށް ނިންމައިފި ނަމަ، މި ބުނިއެތި 100 ޕަސެންޓް ދިމާވީ! އެހެންޏާ ފަހެ، މި ރާއްޖޭގެ ވޯޓްލެވޭ މުޅި އާބާދީ ވެސް މިއުޅެނީ 0.3 މިލިއަން އަށް ވެސް ނާރައިގެން! މީގެ އިތުރުން މި ރާއްޖޭގެ އެންމެހާ ސެންސިޓިވް ޑޭޓާއަށް ބެކްއެންޑުން އަވަށްޓެރި ގައުމަކަށް އެކްސަސް އޮންނަކަން އެއީ، ގިނަ ބަޔަކު ދަންނަ "ބޮޑު ސިއްރު"
ބޮސްގެ ބޮސް
22 February 2023
އެދެންވީ ގޮތެއްވެސް ބުނެެލި ނަމަ...؟