ގާ ހުދުވުމުގެ ހާދިސާތައް ދުރާ ލަފާކުރާ އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އިން ރާއްޖޭގެ މި ދަނޑިވަޅުގެ ހާލަތު އަންދާޒާކުރާ ގޮތް.-- ފޮޓޯ: ނޮއާ
23 ފެބުރުއަރީ 2023 - 18:53
ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް އަނެއްކާވެސް ހިނގައިފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިއަދު ދީފި އެވެ.
ގާ ހުދުވުމުގެ ހާދިސާއެއް ދިމާވާނެ ކަމަށް ލަފާކޮށް ނެރޭ ފޯކާސްޓްގައި ރާއްޖެ މިހާރު އޮތީ "ނޯ ސްޓްރެސް ލެވެލް" ގަ އެވެ. ކުރިއަށް އޮތް ނުވަ ވަރަކަށް ހަފުތާގެ ތެރޭގައި، ނުރައްކާތެރި ދަރަޖައަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
މި އަހަރު ގާ ހުދުވެފައިވާ ތަންތަން މިހާރު ވެސް ފެންނަން ފަށާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް ވެސް އެމްއެމްއާރްއައި އިން ބުންޏެވެ.
ރާއްޖެއަށް އެންމެ ހޫނުގަދަވާ ފެބްރުއަރީ - މޭ ދުވަސްވަރު މި އައި އިންޒާރާ އެކު، އެމްއެމްއާރްއައި އިން ބުނީ ގާ ހުދުވާކަން ފާހަގަވެއްޖެ ނަމަ، އެކަމަށް ހާއްސަކޮށްގެން އެ އިދާރާއިން ހަދާފައިވާ ގޫގުލް ފޯމާއި ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.
NOAA predictions indicate we're once more heading into coral bleaching season. We're already getting some reports of observations.
— Maldives Marine Research Institute (@MMRI_Maldives) February 23, 2023
If you observe any bleaching, please let us know via our reporting forms or through SM: https://t.co/mvTmMWMewl pic.twitter.com/aNKApiiEdW
ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް އެންމެފަހުން ހިންގާފައި ވަނީ 2019 ވަނަ އަހަރު އެވެ.
ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު، އާދަޔާ ހިލާފަށް ދުނިޔެ ހޫނުވުމެވެ.
މިފަދަ ހާދިސާއަކުން ލިބޭ ގެއްލުން ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެބަހުއްޓެވެ. އެމްއެމްއާރްއައި އިން ކުރިން ބުނެފައިވާ ގޮތުގައި، ހާއްސަކޮށް ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގަމުންދިއުމަކީ ގާ ހުދުވުމުގެ ހާދިސާއަކަށް ފަހު ފަރުތައް އަލުން އިއާދަވާން ހުރަސްއަޅައިފާނެ ކަމެކެވެ. އެހެންވެ، އެފަދަ މަޝްރޫއުތައް ހިންގުމުގައި މިކަމަށް ސަމާލުވާންޖެހެ އެވެ.
އެ އިދާރާއިން "މިހާރު" އަށް ކުރިން ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998ގައި ފާހަގަކުރެވުނު ފަހުން އެފަދަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ.
ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ އެ ފަހަރެވެ. އެ ދިރާސާއަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި 73 ޕަސެންޓް މުރަކަ ހުދުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާ ހުދު
26 February 2023
ޚަބަރުގަ ނެތީމަ ބުނެލަފާނަނއ. ގާ ހުދުވުމުން ފަރުތައް އަލުން އިއާދަ ނުވެ ފަރުތައް މަރުވޭ. ރަށްތައް ވަށައިގެން ހުންނަ ފަރުތައް މަރުވީމަ ގެއްލުން ލިބޭނީވެސް ހަމަ ރަށްރަށުގައި އުޅޭ މީހުންނަށް، އަސްލު ޚަބަރު ޖަހާއިރު ގާ ހުދުވުމުން ލިބޭ ގެއްލުން ބުނެލަން ރަނގަޅު،. ކޮމެންޓްތައް ކިޔާލީމަވެސް އިނގޭ އެންމެނަށް މީ ކިހާ ބޮޑުކަމެއްކަން ނޭންގޭކަން
ޕޮޕިލަރީ
25 February 2023
ހޫނު ގަދަވުމުން އިންސާނުންނަށް ކުރާ އަސަރު ބޮޑުވާނެ މިހެން މިކަން އޮތް ނަމަވެސް އެގްރިކަލްޗަރަކީ ގަސްއިންދަން ކަމެއް ކުރާ ތަނެއް ނޫން އެއީ ރުއްލަކުޑި ކަނޑަށް ސިތީ ދޫކުރަން ހަދާފަ ހުރި ވަޒާރާއެއް
މަނިކެ
24 February 2023
ހުދުވީމަ ކޮބާތޯ މައްސަލައަކީ؟ ހަމަ ނޭންގޭތީ އަހާލަނީ
ހަސަނު
24 February 2023
ގަ ހުދު ވެފައ އެ ހުދުކން ފިލާތޯ؟ ކިހާ ދުވަހެއް ނަގާތޯ؟
ޔާނީ
24 February 2023
މިހާރު ފަޅުހެދުމާއި ބިންހިއްކުން ކުރިއަށް ގެންދަން ލާރި ނެތީމަ އަބުރާ ގޭސްގަޑަކާވަރަށްވައްތަރު މީގެކުރިން އިމާރާތްބިނާކުރީ ވެއްޔާއި ގަލާއި އަކިރިނަގާގެން މިހާރުއެމަސައްކަތް ހުއްޓުވާލީ ވަކިބައެއްގެވިޔަފާރކުރިއަރުވަން ގުދުރަތީ ކަންތަކާއި ނުކުޅެވޭނެ ކޮބާ ފަރުފަރަށްގެއްލުންވެއްޖޭކިޔާފަނަގާހާލާރި ކޮންތާކަށްއަޅަނީ
އަޖީބ
24 February 2023
ތިއީ މައްސަލައެއްކަމަށް ނުފެނޭ، ތި މުރަކަތަކާއި ގާތައް ހުދުވެގެން ދޯ، މިތާގެ ގޮނޑުދޮށްތަކަށް ދޮންވެލިއާއި ހުދު ގާ ތައް ލައްގައި މިހާ ހުދުކޮށް މި އޮންނަނީ. މުރަކަތަކާއި ގާތަކުގެ ވެސް ލައިފް ސައިކަލެއް އޮންނާނެ. އިރުގެ ހޫނު ގެ ސަބަބުން ގާތައް ހުދުވަމުން ދާނީކީ މިއަދަކު އިއްޔެއަކު ނޫން. އެއީ ގުދުރަތުގެ ނިޡާމްގައި ދުނިޔެ އުފެއްދެވީސުރެ ލައްވަވާފައިވާ ކަންކަން.
އެސްޓީ
24 February 2023
ފޮތެއް ހުޅުވާލަބަލަ ތިހެން އުޅެމުން...
ރުޝްދީ
24 February 2023
މިނަށްވުރެ ގަމާރުވީމާ ތިޔަކަހަލަ ވާހަކަ ދެއްކޭނެ.
އަމަރު
23 February 2023
ހުދުކުލައަކީ ވ ރީތި ކުލައެއް. ހުދުވެގެން މައްސަލައެއް ނެތް
އަހުމަދުު
24 February 2023
ސްކޫލަށް ދިޔައިންތަ؟