ފަރެއް ކައިރީގައި މީހަކު ފީނަނީ: މި އަހަރު ވެސް ގާ ހުދުވެފައިވާ ތަންތަން ފެންނަން ވަނީ ފަށައިފައި.-- ފޮޓޯ: އޭއެފްޕީ
17 މާޗް 2024 - 12:22
ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް މި އަހަރު ވެސް ހިނގައިފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިއަދު ދީފި އެވެ.
މިދިޔަ އަހަރު ވެސް ހަމަ މި ދުވަސްވަރު ވަނީ ގާ ހުދުވެފައިވާ ތަންތަން ފެންނަން ފަށައިފަ އެވެ.
ގާ ހުދުވުމުގެ ހާދިސާއެއް ދިމާވާނެ ކަމަށް ލަފާކޮށް ނެރޭ ފޯކާސްޓްގައި ރާއްޖެ މިހާރު އޮތީ "ވޮޗް ލެވަލް"ގަ އެވެ. ކުރިއަށް އޮތް 12 ވަރަކަށް ހަފުތާގެ ތެރޭގައި، ވަރަށް ނުރައްކާތެރި ދަރަޖައަކަށް އަރާނެ ކަމަށް އެމްއެމްއާރްއައި އިން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖެއަށް އެންމެ ހޫނުގަދަވާ ފެބްރުއަރީ - މޭ ދުވަސްވަރު މި އައި އިންޒާރާ އެކު، އެމްއެމްއާރްއައި އިން ބުނީ ގާ ހުދުވާކަން ފާހަގަވެއްޖެ ނަމަ، އީމެއިލް ނުވަތަ އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.
We have noticed that localized bleaching has started in some places in the Maldives. The current NOAA forecast is looking dire over the next few weeks. If you are observing signs of bleaching in your reefs, please share with us via https://t.co/YXIllSZFtZ pic.twitter.com/nrF6CVIdMc
— Maldives Marine Research Institute (@MMRI_Maldives) March 17, 2024
ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު، އާދަޔާ ހިލާފަށް ދުނިޔެ ހޫނުވުމެވެ.
މިފަދަ ހާދިސާއަކުން ލިބޭ ގެއްލުން ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެބަހުއްޓެވެ. އެމްއެމްއާރްއައި އިން ކުރިން ބުނެފައިވާ ގޮތުގައި، ހާއްސަކޮށް ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގަމުންދިއުމަކީ ގާ ހުދުވުމުގެ ހާދިސާއަކަށް ފަހު ފަރުތައް އަލުން އިއާދަވާން ހުރަސްއަޅައިފާނެ ކަމެކެވެ. އެހެންވެ، އެފަދަ މަޝްރޫއުތައް ހިންގުމުގައި މިކަމަށް ސަމާލުވާންޖެހެ އެވެ.
އެ އިދާރާއިން "މިހާރު" އަށް ކުރިން ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998ގައި ފާހަގަކުރެވުނު ފަހުން އެފަދަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ.
ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ އެ ފަހަރެވެ. އެ ދިރާސާއަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި 73 ޕަސެންޓް މުރަކަ ހުދުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެއްސު
17 March 2024
ތިކަންވެސް މުއިއްޒު ހައްލުކުރާނެ. ތިކަމަށް ބޭނުންވާ ޑްރޯން ސެންތިނަލް އައިލެންޑްުން އެބަގެނޭ.
ރަނގަޅު ކުރުސީ
17 March 2024
މުރަކަ ހުދު ވުމަކީ އަދި މުރަކަ މަރުވުމެއްނޫން
ރޮނޑުހަން
17 March 2024
ގާ ވިއްޔާ މަރުވެސް ނުވާންވީތަ. މީހުންވެސް މަރުވަނީ. އެހެން ދިރޭއެއްޗެހިވެސް މަރުވާނެ. އާ އެއްޗެހި ދިރެންވެސް ދިރޭނެ. އަގައިބެއް ހަމަ.
ގަލެއ ނޫން
17 March 2024
ދިވެހި ބަހުން ބޭނުންކޮށް އުޅޭ ލަފުޒަކީ މުރަކަ
މިސައިލް
17 March 2024
ކީއްކުރާނީ ދޯ. އަހަރެމެން އިންސާނުންގެ ސަބަބުން ދުނިޔެ މިއޮށްދަނީ އަހަރަކަށް ވުރެ އަހަރެއް ހޫނުވަމުން.ĺ.. ގާވެސް ހުދުވާނެ.. އެހެން ހުރިހާ އެއްޗެއްވެސް ހުދުވާނެ.
ޏަނާ
17 March 2024
އިހު ޒަމާނުގައިވެސް ގާ ހުދުވޭ! އެ ހުދުވެފަ ދެން ފަޅާއިރު މާ ރީތި. މިހާރު މާ ކައިރި ކައިރީގައި ގާ ހުދުވާތީ ދެން އިތުރަށް ފަޅާ އެއްޗެހިވެސް ހުދުވަނީ! މިހެންވެ ފަރުތަކުގެ ދިރުން ދަށަށް ދޭ!