މި އޮޓް ހޮސްޕިޓަލް. އެ ހޮސްޕިޓަލަކީ އިންޑިއާގެ ޗެންނާއީ ގައި ހުންނަ ހޮސްޕިޓަލެއް. އެ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ފަރުވާ ހޯދޭ.
23 ފެބުރުއަރީ 2023 - 15:18
އިންޑިއާގެ މިއޮޓް އިންޓަނޭޝަނަލް ހޮސްޕިޓަލްގެ ކަށީގެ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން ދި ކްލިނިކް އެންޑް އިމޭޖް ސެންޓަރުގައި މި މަހު 28 އާއި މާޗް 1 ގައި ބެއްލެވުމަށް ހަމަޖެހިއްޖެ އެވެ.
އެ ކްލިނިކުގައި މި މަހު ބައްލަވާ ދެ ޑޮކްޓަރަންނަކީ ކަށީގެ ބަލިތަކުގެ އޮޕަރޭޝަން ޑޮކްޓަރު ޑރ. އުމޭޝް ކުމާރު ސިންގާއި މައިބަދައިގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރު ޗަރަންޖިތް ސިންގް ދިލޮން އެވެ.
އެ ދެ ޑޮކްޓަރުން ބައްލަވާ ކަށީގެ މައްސަލަތަކުގެ ތެރޭގައި އުފެދުމުގަ އާއި އެކްސިޑެންޓުގެ ސަބަބުން ދިމާވެފައިވާ ޑީފޯމެޓީސްތަކާއި، ކޮނޑު، އުޅަނބޮށި، ބުޑު ކަށިގަނޑު އަދި ކަކުލުގެ ހުޅު ބަދަލު ކުރުމާއި ކުޅިވަރު ކުޅުމުގައި ދިމާވެފައި ހުރި އިންޖަރީތައް ހިމެނެ އެވެ. އަދި ކައްޓާ ގުޅުން ހުރި ޓިއުމަރާއި ޑިޖެނެރެޓިވް ބޯން މައްސަލަތަކާއި ކައްޓަށް ދިމާވެފައިވާ އެކި މައްސަލަތަކަށް ވެސް ފަރުވާ ދެއްވާނެ އެވެ.
މިއޮޓް ހޮސްޕިޓަލުން ބުނި ގޮތުގައި މިހާރު ފަރުވާ ހޯދަމުން އަންނަ މީހުންނަށް، ކަށީގެ މައްސަލައަކަށް ތަޖުރިބާކާރު އިތުރު ޑޮކްޓަރެއްގެ ލަފާ ހޯދުމުގެ ގޮތުން ވެސް ދެއްކޭނެ އެވެ. އަދި އެކި ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކުން ޑޮކްޓަރަށް ދެއްކުމަށް ފަހު އިތުރު ފަރުވާއަށް އެ ހޮސްޕިޓަލަށް ދާނެ ޖެހޭ ނަމަ، ޑޮކްޓަރު ދެއްވާ ރިފަރަލް ލެޓައާ އެކު ހުށަހެޅުމުން އެ ހޮސްޕިޓަލުގައި އާސަންދައިގެ ދަށުން ފަރުވާ ލިބޭނެ އެވެ.
މިއޮޓް ހޮސްޕިޓަލުގެ، މައިބަދައަށް ހާއްސަ އޮޕަރޭޝަން ޑޮކްޓަރު ޗަރަންޖީތު ސިންގް ދިލޮން އަކީ އެ ހޮސްޕިޓަލުގެ "އޭ ޓު ޒީ ބޯން ކުލިނިކު"ގެ ޑިރެކްޓަރެވެ. އޭނާ އަކީ 17 އަހަރަށް ވުރެ ގިނަ ދުވަސްވީ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. އޭނާ ވަނީ އިންޑިއާގެ އިތުރުން ޔޫރަޕުގެ ގައުމުތަކާއި އެމެރިކާއިން ވެސް މައިބަދައިގެ ސާޖަރީތަކާ ގުޅުން ހުރި ޓްރެއިނިންތައް ފުރިހަމަކޮށްފަ އެވެ.
މިއޮޓް ހޮސްޕިޓަލްގެ ކަށީގެ ބަލިތަކުގެ އޮޕަރޭޝަން ޑޮކްޓަރު އުމޭޝް އަކީ މިއޮޓް ހޮސްޕިޓަލުގެ "އޭ ޓު ޒީ ބޯން ކުލިނިކު"ގެ ސީނިއާ ޑޮކްޓަރެކެވެ. އޭނާ އަކީ 13 އަހަރަށް ވުރެ ގިނަ ދުވަސްވީ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. އޭނާ ވަނީ މިހާތަނަށް 400 އަށް ވުރެ ގިނަ ކޮމްޕްލެކްސް އަދި ޕޮލިޓްރޯމާ ސާޖަރީ ކޮށްފަ އެވެ. މިހާތަނަށް ގާތްގަނޑަކަށް 3000 އެއްހާ ސާޖަރީ އޭނާ ކޮށްފައިވެ އެވެ.
މިއޮޓްގެ އެ ދެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ. ގުޅައިގެން އެޕޮއިންޓުމަންޓް ހެއްދޭނީ 333488 އިންނެވެ. ވައިބަ މެދުވެރިކޮށް އެޕޮއިންޓްމަންޓު ހެއްދޭނީ 9477294 ނަމްބަރުންނެވެ.
ދި ކްލިނިކާއި މިއޮޓް ހޮސްޕިޓަލާއި ދެމެދުވެފައިވާ ޕާޓްނާޝިޕުގެ ދަށުން ކޮންމެ މަހަކު ވެސް އެކި ބަލިތަކަށް ހާއްސަ އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބަލިމީހުން ބެލުމަށް ޒިޔާރަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy